Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

ސްވިޒަލެންޑު މެޗާ ކުރިމަތިލީއިރު ވެސް، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2024 | އަންގާރަ 05:55
މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު ހަތަރެއްގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ސްޕެއިން މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 3-2ންނެވެ. މެޗުގައި ދެ ފަހަރެއްގެ މަތިން ސްޕެއިން އިން ލީޑު ނެގި ނަމަވެސް، ސްވިޒަލެންޑުން ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ސްޕެއިން ވަނީ މޮޅުވެފަ އެެވެ.

މެޗު ފަށައިގެން 32 ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ނަގައިދިނީ ޔެރެމީ ޕީނޯ އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ޕެޑްރީ ފޮނުވާލި ބޯޅަ ރީބައުންސް އަށް އައި ވަގުތު، ބޯޅަ ގޯލަށް ވައްދާލައިގެން ޕީނޯ ޖެހި ލަނޑެކެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ސްވިޒަލެންޑުން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުގެ 63 ވަނަ މިނެޓުގައި ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޖޮއެލް މޮންޓިއޭރޯ އެވެ.

ސްވިޒަލެންޑުން ނަތީޖާ ހަމަހަމަ ކުރިތާ ފަސް މިނެޓުގެ ތެރޭގައި، ސްޕެއިން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި އަނެއްކާ ވެސް ލީޑު ނަގައިފަ އެވެ. އެ ލަނޑު ސްޕެއިން އަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ބްރާޔަން ހިލް އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ސްވިޒަލެންޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ދެ ވަނަ ފަހަރަށް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންޑީ ޒެކީރީ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ސްޕެއިން އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މެޗުން އެ ޓީމު މޮޅުކޮށްދިނީ ބްރަޔާން ޒަރަގޯޒާ އެވެ.

ސްވިޒަލެންޑު މެޗާ ކުރިމަތިލީއިރު ވެސް، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ. މި ގުރޫޕުގައި ކުޅުނު ހަ މެޗުން ސްޕެއިން އަށް ލިބެނީ 16 ޕޮއިންޓެވެ. ފަސް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ސްޕެއިން އަތުން ވީ ބައްޔާ އެކު ސްވިޒަލެންޑު އޮތީ ހަ މެޗުން ދެ ޕޮއިންޓާ އެކު މި ގުރޫޕުގެ އެންމެ ފުލުގަ އެވެ.

ޔުއެފާ ނޭޝަންސް ލީގުސްޕެއިން ފުޓުބޯޅަ ޓީމުސްވިޒަރލެންޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު