Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކޮމްގެ މެމްބަރުން މުވައްޒަފުންނަަށް ނުފޫޒު ފޯރުވާ، މަސްއޫލިއްޔަތު އަދާކުރުމަަަށް ދަތިކުރާތީ މަޖިލީހަށް ޕެޓިޝަނެއް

އެ މައްސަލަ، ރައްޔިތުންގެ މަޖިލީހުން ބައްލަވައިދެއްވައި، މިކަންތަކަށް އެކަށީގެންވާ ރަނގަޅު ހައްލުތަކެއް ގެނެސްދެއްވުމަަށް މެމްބަރު އެދިލެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 މެއި 2025 | ހޯމަ 04:49
ބްރޯޑްކާސްޓިންގ ކޮމިޝަން ގެ މެމްބަރުން

ބްރޯޑްކާސްޓިންގ ކޮމިޝަން ގެ މެމްބަރުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތަކާއި ގުޅިގެން ރަައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަން ހުށަހަޅުއްވާފައި ވަނީ އާދީއްތަ ދުވަހު, ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ޕެޓިޝަންގައި ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވެއެވެ.

އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް އާއި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅޭގޮތަށް ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް ކޮމިޝަން މެންބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ އެންމެހާ ކަންކަމާއި ވަކި ޙައްދެއް ޙުދޫދެއް ނެތި، އިދާރީ އޮނިގަނޑަށް އިހްތިރާމް ކުރުމެއް ނެތި، ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅަމުންގެންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް މަސައްކަތް ކުރުމަށް އެކަށީގެންވާ ވަގުތު ނުދީ، ބައެއް ކަންކަން މާލިއްޔަތު ގަވައިދާއި އެއްގޮތްވާގޮތުގެ މަތީން ކުރުމަށް ލަފާދިނުމުންނާއި އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ލަފާ ހޯދަންޖެހޭ ކަމާއި އެފަދަކަންކަމަށް މަޑުކުރަން އެދުމުންވެސް އެކަންކަން އެގޮތަށް ނުކޮށް، މާލިއްޔަތު ގަވައިދާއި ފުށުއަރާނެ ގޮތަށް މަސައްކަތް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރުވާ މައްސަލަ ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ މުވައްޒަފުން ލައްވާ ގޭގައި މަސައްކަތް ކުރުވާ އިރު އޯވާޓައިމް ފައިސާ ދެވެން ކޮމިޝަނުގެ ބަޖެޓުގައި ނެތްއިރުވެސް، މުވައްޒަފުން ލައްވާ މަސައްކަތްކުރުވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

މަސައްކަތް ނިންމުމަށް އެކަށީގެންވާ ވަގުތު ނުދީ ހިނދުން ހިނދަށް މަސައްކަތް ނިންމުމަށް ޕްރެޝަރކުރަމުން ދިއުމުގެ މައްސަލަ އަށް ވެސް އެ ޕެޓިޝަންގައި ވަނީ އަލިއަޅުވާލާފައެވެ.

އެ ޕެޓިޝަންގައި ކޮމިޝަންގެ ކުރީގެ ނައިބު ރައީސްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބިގެން އެކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މުވައްޒަފަކު ހުށަހެޅިފަހުން، އެކަން ކުރި ނައިބު ރައީސް އަމިއްލަ އަށް އިސްތިއުފާ ދިނުމުންވެސް، އަނިޔާ ލިބުނު މުވައްޒަފު އޭނާ އަދާކުރަމުންދިޔަ ޒިންމާތަކުން އޭނާގެ ނުރުހުމުގައި އެކަހެރިކޮށް، އޭނާއާމެދު ބަދަލު ހިފުމުގެ ރޫހުގައި އޭނާގެ ޑިޕާޓްމަންޓް ބަދަލުކޮށް މަސައްކަތުން އެކަހެރިކޮށް އޭނާއަށް ޑަބަލް ވިކްޓިމައިޒް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ހަމައެހެންމެ ހުރިހާ މުވައްޒަފުންގެ ހާޒިރުގައި ކޮމިޝަނުގެ އިއްތިފާޤުން އައްޔަންކޮށްފައިވާ އިދާރީ ހިންގުމާއި ހަވާލުވެ ހުރި އެންމެ އިސްފަރާތުގެ ޤަދަރާއި ހައިބަތު ކުޑަވާގޮތަށް މުޢާމަލާތްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ކޮމިޝަންގެ ދާއިމީ ކޮމިޓީ ތަކުން ކަންކަން ނިންމާގޮތް ޔައުމިއްޔާކޮށް ފާސްކޮށް ރަސްމީކޮށް ކޮމިޝަނަރސް ބިއުރޯ އަށް މެމޯ ޒަރިއްޔާއިން ހުށަހެޅުމުން، ޕެނަލްގެ މެމްބަރުން ކޮމިޝަނަރުންގެ ބައްދަލުވުމަކަށް ވަކިވަކިން ހާޒިރުކޮށް ޕެނަލްގައި މަޝްވަރާކުރެވުނު ގޮތް އޮޅުން ފިލުވައި އެ ނިންމި ނިންމުމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާތީ އެކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ފާހަގަކޮަށްފައިވާ ކަންކަމުގެ ތެރޭގައި ކޮމިޝަންގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމުގެ ގޮތުން ތަފާތު ގިނަ ކަންކަން ކުރުން ހިމެނެއެވެ. މިގޮތުން މުވައްޒަފުންގެ ވަޒީފާ ބަޔާން ހޯދާ، ދީފައިވާ އެކްސަސް ކަނޑާލާ އަދި މުވައްޒަފުންގެ ޒާތީ މައުލޫމާތައް އެހެން މުވައްޒަފުންގެ ކުރިމަތީ ހާމަކުރުން ޢާންމުވުމާއި، ވަކި ވަކި މުވައްޒަފުންގެ ޕާފޯމަންސް އެޕްރެއިސަލް އިން ލިބުނު މާކްސްތައް އެއް ފަންތިއެއްގެ މުވައްޒަފުން ކުރިމަތީ ހާމަކޮށް އެމުވައްޒަފު ސުޕަވައިޒަ ކޮށްފައިވާ ގޮތާއިމެދު ހިތްހަމަނުޖެހި ކޮމިޝަނުގެ ރައީސް އަދި ބައެއް މެންބަރުން ސުވާލުއުފެއްދުމާއި، މުވައްޒަފަކަށް ކުޑައިމީސްކޮށް، މަލާމަތްކޮށް ވަކި މުވައްޒަފަކު ހުންނަ ގޮތަކުން އޭނާ ވަޒީފާ އިން ވަކި ކުރުމަށް ބޭނުންވާކަމަށް ބުނެއުޅުން ހިމެނެއެވެ.

މީގެ އިތުރުން ކޮމިޝަންގެ ހިންގާ ގަވައިދާއި ހިލާފަށް، މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅާ، ކަނޑައެޅިފައިވާ އިޖުރާތްތައް ފުރިހަމަ ނުކޮށް ވަކި މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެޗްއާރު ޕެނަލަށް އެންގުމުގެ މައްސަލަ ދިމާވާ ކަމަށް ބުނެފައިވެއެވެ. ވަޒީފާއާ ބެހޭ ޤާނޫނާއި ކޮމިޝަންގެ ހިންގާ ޤަވާއިދާ އެއްގޮތަށް މުވައްޒަފުންނާ މެދު އަމަލު ކުރަންވީ ގޮތް އެޗް.އާރު. ޕެނަލުން ނިންމި ނަމަވެސް، އެ ނިންމުމަކީ ކޮމިޝަނަރުން ޤަބޫލުކުރާގޮތް ނޫން ނަމަ، އެޗްއާރު ޕެނަލްގެ ނިންމުން ކޮމިޝަނަރުން ބަލައިނުގަތުމަށް ވެސް ޕެޓިޝަންގައި ހިމަނާފައިވެއެވެ.

އަދި ސެކްރެޓަރީ ޖެނެރަލް އަށް އިހްތިރާމް ކުޑަކޮށް އޭނާގެ އިދާރީ މަސައްކަތްތަކާއި، އިދާރީ އޮނިގަނޑާއި ޚިލާފަށް ފުށުއަރާގޮތަށް ސިޔާސީގޮތުން ނުފޫޒުފޯރުވުމާއި، މުވައްޒަފުން ކުރަމުންގެންދާ މަސައްކަތުގެ އަގު ވަޒަން ނުކޮށް، ތަނުގެ ހިންގުމާއި މެދު ގޮތް ކިޔައި ބާރު ފޯރުވަމުން ގެންދާ ކަމަަށް ބުނެފައިވެއެވެ.

ކޮމިޝަނުގެ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ނިންމާނިންމުންތަކާއި ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ޢާންމުންގެ ތެރެއަށް ބޭޒާރުކުރާކަށް ތުޙުމަތުކޮށް، މުވައްޒަފުންގެ ނަޒާޙަތްތެރިކަމާއިމެދު ސުވާލުއުފެއްދުން ހިމެނެއެވެ.

ކޮމިޝަނުގެ މުވައްޒަފުންނަށް ވިސިލްބްލޯގެ ދަށުން ލިބިދޭ ޙައްޤުތައް ހަނިވާގޮތަށް ނުފޫޒްފޯރުވާތީ އެކަން ވެސް ސަމާލުކަމަށް ގެނެސްފައިވެއެވެ.

އެހެންކަމުން ކޮމިޝަންގެ ރައީސް، ނައިބު ރައީސް އަދި ކޮމިޝަނަރުންގެ ފަރާތުން މުވައްޒަފުން އެދޭ ކަންކަން ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާ ތަރައްގީ ކުރުމަށް ޕޮލިސީ ލެވެލްގައި ހަރުދަނާ މަސައްކަތްކުރުމާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައިވާ ގޮތުގެމަތީން އިދާރީ ހިންގުމުގެ ތެރެއަށް ނުފޫޒުނުފޯރުވާ އަދި ސެކްރެޓަރީ ޖެނެރަލް އާއި ތަނުގެ ވެރިންނަށް މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.

ހަމައެހެންމެ މުވައްޒަފުންނާއި ގުޅުން ހުރި ކަންކަން ނިންމުމުގައި އަދި އެހެން ވެސް މަސައްކަތްތައް ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީ ތަކުގައި ޤާނޫނާއި ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތައް ނިންމާ ނިންމުންތަކަށް އިޙްތިރާމްކުރުމާއި، މުވައްޒަފުން މެދުވެރިކޮށް މުވައްޒަފުންނާއި އިދާރީ ވެރިންނަށް ފާރަނުލުން؛ ރުޅިވެރިކަމާއި، ޒާތީ ވުމާއި މުވައްޒަފުންނާ ޖައްސާލުމާއި މުވައްޒަފުންނަށް ނަފްސާނީ ގޮތުން ކުރާ ގޯނާ ހުއްޓާލުން؛ މުވައްޒަފުން ލައްވާ އިތުރުގަޑީގައި، ގޭގައިމަސައްކަތް ކުރުވާ ނަމަ އެ މަސައްކަތެއް ގޭގައި ހުރެގެން ކުރެވޭނެ ފަދަ ވަޞީލަތްލަތްތަށް ހުރިކަން ޔަޤީންކޮށް އެކަމަށް ދޭންވާ ހައްގު އުޖޫރަ ދެވޭނެކަން ކަށަވަރުކުރުމަށްފަހު މަސައްކަތް ކުރުވުން ފަދަ ކަންކަމަށް ވަނީ އެދިފައެވެ

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި ރާއްޖޭގައި ޢަމަލުކުރަމުންދާ އެކިއެކި ޤާނޫނުތަކާއި ޤަވަޢިދުތަކާއި އުސޫލުތަކަށް ކޮމިޝަންގެ ރައީސް، ނައިބު ރައީސް އަދި ބައެއް މެންބަރުން މިހާރަށްވުރެ ފުޅާކޮށް ހޭލުންތެރިވުމަށް ވެސް އެދިފައިވެއެވެ.

އެ މައްސަލަ، ރައްޔިތުންގެ މަޖިލީހުން ބައްލަވައިދެއްވައި، މިކަންތަކަށް އެކަށީގެންވާ ރަނގަޅު ހައްލުތަކެއް ގެނެސްދެއްވުމަަށް މެމްބަރު އެދިލެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު