Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ޕީޕީއެމްގެ މައްސަލަ

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

މިހާރު ވެސް ޕީޕީއެމް ތަމްސީލް ކުރަމުންދާ ކައުންސިލަރުންނަށް ފުރުސަތު ދީފައެއް ނުވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 26 ޖެނުއަރީ 2017 | ބުރާސްފަތި 20:37
ރައީސް މައުމޫން ފެކްޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެެރެއިން

ރައީސް މައުމޫން ފެކްޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެެރެއިން

އެޕްރީލް މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕީޕީއެމްގެ ޕްރައިމެރީގައި އިންތިހާބް ނުބާއްވަން ނިންމި ދާއިރާތަކުން އެކިފަރާތްތަކަށް ޕާޓީގެ ޓިކެޓް ދިނީ ވަކި ބައެއްގެ ނުފޫޒުން ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ބުނެފިއެވެ.

ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ޕީޕީއެމްގެ ޕްރައިމެރީއާ ބެހޭ ގޮތުން ރައީސް މައުމޫން ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕީ.ޕީ.އެމް ގެ ޕްރައިމަރީގައި ވާދަކުރުމަށް އެދި 276 ދާއިރާ އަކުން މެންބަރުން ކުރިމަތި ލާފައިވާއިރު 212 ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވާ ޓިކެޓް ދީފައިވަނީ ވަކި ބައެއް ނުފޫޒުން ކަމަށެވެ.

Advertisement - newsAdvertisement

ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕީ.ޕީ.އެމް ޕްރައިމަރީގައި ވާދަކުރުމަށްޓަކައި، ޕީ.ޕީ.އެމް އުފެދުނީއްސުރެ ޕާޓީއަށް ވަރަށް ގިނަ ގުނަ ޚިދުމަތް ކުރައްވައި، މިހާރުވެސް އެތައް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ މެންބަރުން ކުރިމަތިލައްވާފައި ވެއެވެ. އަދި ކުރީ އަހަރު ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީ.ޕީ.އެމްގެ ޓިކެޓްގައި ވާދަކޮށް އިންތިޚާބުވެފައިވާ ފަރާތްތައްވެސް މިފަހަރު ވާދަކުރުމަށްޓަކައި ފޯމް ހުށަހަޅާފައިވާ ކަަމށާއި ނަަމަވެސް އެ ފަރާތްތަކަށް ޕާޓީގެ ޓިކެޓް ނުދީ ވަކިބަޔަކު ބޭނުންވާ ބަޔަކަށް ޕާޓީގެ ޓިކެޓް ދީފައިވާތީ އެކަމާ ނުހަނު ކަންބޮޑުވާ ކަަމަށް ބަޔާނުގައި ބުނެފައިވެއެވެ،

ބަޔާނުގައި ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލް އަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން، ޕީ.ޕީ.އެމް ނަމުގައި ލޯކަލް ކައުންސިލުން އިންތިޚާބަށް ކުރިމަތިލާން ފުރުސަތު ހުޅުވައި، އަދި ޕްރައިމެރީގެ އިންތިޚާބު މިމަހު 27 ގައި ބޭއްވުމަށް ނިންމައި، ޕީ.ޕީ.އެމް ޕްރައިމަރީ ގައި ބައިވެރިވުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕްރައިމަރީގައި ވާދަކުރެވޭނީ ވަކި ވަރަކަށް ޕޮއިންޓު ލިބިފައިވާ ފަރާތްތަކަކަށް ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދަވާ ފަރާތުން ހާމަކޮށްފައިވާ ފަދައިން ޕޮއިންޓް ދޭ އުސޫލުން ޕޮއިންޓް ދިނުމަށްފަހު، މިހާރުވެސް ކައުންސިލްތަކުގައި ޕީ.ޕީ.އެމް ތަމްސީލު ކުރަށްވަމުން ގެންދަވާ އެތައް ފަރާތްތަކަކަށް 75 ޕޮއިންޓް މާކްސް ހަމަނުވާކަމަށް ބުނެ އެފަރާތްތަކަށް ޕީ.ޕީ.އެމް ގެ ޕްރައިމަރީގައި ވާދަނުކުރެވޭނެކަމަށް އަންގާ މެސްޖް ފޮނުވާފައިވުމުން، ޕީ.ޕީ.އެމް އަށް އިޚުލާސްތެރި އެތައް މެންބަރުންނަކަށް ޕްރައިމަރީގައި ވާދަ ނުކުރެވުމުގެ ޝަކުވާ ލިބެމުންދާ ކަމަށް މައުމޫން ފެކްޝަންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ޕޮއިންޓް ދިން އުސޫލެއް ކުރިން ހާމަނުކުރަށްވާ އެބޭފުޅުންނަށް ޕްރައިމަރީ ގައި ވާދަ ނުކުރެވެންވީ ސަބަބެއް އަންގާފައިނުވާތީ އެކަމާ ކަންބޮޑުވާ ކަަމށް ރައީސް މައޫން ފެކްޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ،

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު