Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ތަރައްގީ

ރައީސް މުއިއްޒާ ގުޅުންހުރި ކަންކަން ވަރަށް ބާރަށް ކުރިއަށްދޭ: ވަހީދު

ރިޔާސީ ކެންޕޭންގެ ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާއި، މިހާރު ދައްކަވާ ވާހަކަފުޅުތައް ވެސް ދިމާނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 9 މެއި 2025 | ހުކުރު 11:51
ޓީވީޓޯކް ޕްރޮގްރާމްގައި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު

ޓީވީޓޯކް ޕްރޮގްރާމްގައި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު

ދިވެހިރާއްޖޭގެ ތަރައްގީއާއި ރައްޔިތުންނާ ގުޅުންހުރި އެއްވެސް ކަމެއް ކުރިއަށް ނުގެންދިޔަ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާ ގުޅުންހުރި ކަންކަން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވަހީދު ވިދާޅުވީ ރިޔާސީ ކެންޕޭންގެ ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާއި، މިހާރު ދައްކަވާ ވާހަކަފުޅުތައް ވެސް ދިމާނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުތަކާ ގުޅޭގޮތުން މިހާރު ވަކި އެއްޗެއް ދަންނަވަން ވެސް ދަތި ކަމަށް ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީއަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ މި ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު, ރައްޔިތުންނާ ގުޅުންހުރި އެއްވެސް ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒާ ސީދާ ގުޅުންހުރި ކަންކަން ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މުލިއާގެއަށް ބޮޑެތި ހަރަދުތައްކޮށް ތަރައްގީ ކޮށްފައިވާ ކަމަށާއި، އާރަށް ވެސް ތަރައްގީ ކުރަމުންދާ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ރަސްމީ ފާލަން ތަރައްގީކޮށް ނިންމާފައިވާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ޖެހިގެން ހުރި ސަރަހައްދުގައި އާއްމު ރައްޔިތުން މާލެއަށް އަރައިފައިބައި، ދަތުރަށް ފުރަމުންދަނީ ވަރަށް ހާލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަވައްޓެރި އިންޑިޔާއާ ބެހޭގޮތުން އެބޭފުޅުން އެ ފަތުރި ފާޑުފާޑުގެ ޕްރޮޕެގެންޑާއާއި، ފާޑުފާޑުގެ ބިރުވެރިކަމާއި، ނަފްރަތު އުފެއްދުމަށްޓަކައި ދެއްކެވިހާ ވާހަކަތަކާ މޭ ފުރާ އިންޑިއާ އައުޓް ޖަހައިގެން ނުކުމެ ހިންގެވި ކަންކަމާއި، މިހާރު ކަންކަން ކުރައްވާ ގޮތާއި، ދެން މިހާރު މިސަރުކާރުން ހަމައެކަނި މިދެންނެވީ ދެ އަހަރު ވާން ދާއިރުގައި 22 މިނިސްޓްރީ ހައްދަވައިގެން ތިބިއިރުގައި އަމިއްލައަށް ފެށި އެއްވެސް ކަމެއް ނެތްއިރުގައި އަޅުގަނޑުމެންނަށް ފެންނަނީ މިސާލަކަށް ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ކަންކަން މުލިއާގޭގައި ވަރަށް ބޮޑު ހަރަދުކޮށްގެން މަރާމާތުކޮށްފި. އާރަށުގައި ބޮޑު ސިންގާ ގަޑުވަރެއް ހަދަމުން އެބަދޭ. ރަސްމީ ފާލަން ހަދައިފި. ކައިރި ރައްޔިތުންނަށްޓަކައޭ ތިމަންނަ ވެރިކަން ކުރަނީއޭ ބުނާއިރު، ކައިރީގައި ހަމަ އެއްނަންބަރު ފާލަމާ ޖެހިގެން ފެންނާނެ ތޮއްޖެހިފައި އާއްމުން އޮތް މިންވަރު ހަނިހަނި ތޮއްޓެއްގެ މަތީގައި. އާއްމު ރައްޔިތުން ތިބި ގޮތަށް ތިއްބާ އަނެއްކާ މިބޭފުޅާ ހެއްދެވި ފާލަން އަނެއްކާ އަލުން ބޮޑު ކުރައްވައި މަރާމާތު ކުރައްވައިފި.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ސިފައިން ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާ ކަމަށް ބުނެ ރައީސް މުއިއްޒު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ވެސް ވަހީދު ވަނީ ފާޑު ވިދާޅުވެފަ އެވެ.

ވަހީދު ވިދާޅުވީ ހަނަފަސް ސަހަރާތަކުގައި ދުއްވާ ބޮޑެތި ފުރޮޅުލީ ޓޭންކަރުތަކުން އެކަނި ސިފައިންގެ ތަރައްގީ ނުކުރެވޭ ކަމަށެވެ. ސިފައިންގެއަށް ގާބިލު ތައުލީމީ މީހުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރުން ދައްކަމުންދަނީ ކިޔެވުމަށް ދަށް ނުކިޔަވާ މީހުން ސިފައިންގެއަށް ވައްދާ ތަމްރީން ދޭ ވާހަކަ ކަމަށް ވަހީދު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު