Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނެލް މެސީ

އުއްމީދަކީ މެސީ ބާސާގައި މަޑުކުރުން: ގާޑިއޯލާ

26 އޯގަސްޓު 2017 | ހޮނިހިރު 04:40

ބާސާގައި މެސީ ރިޓަޔާ ކުރާނެ ކަމަށް އުއްމީދު ކުރަން: ގާޑިއޯލާ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 އޯގަސްޓު 2017 | ހޮނިހިރު 04:40
މެސީއާއި ގާޑިއޯލާ

މެސީއާއި ގާޑިއޯލާ

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑު ލިއޮނެލް މެސީ އެ ޓީމުގައި މަޑުކުރުމަކީ އޭނާގެ އުއްމީދު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ބާސާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް އިރު ސިޓީން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް ގާޑިއޯލާ ވަނީ މި ރިޕޯޓުތައް ދޮގު ކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައި ވަނީ ސިޓީން މެސީ ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށާއި އެހެން ނަމަވެސް އޭނާގެ އުއްމީދަކީ ބާސާގައި މެސީ ރިޓަޔާކުރުން ކަމަށެވެ. އެހެން ކަމުން ސިޓީގެ ކޯޗެއްގެ ގޮތުގައި ގާޑިއޯލާ ހުރެ މެސީ އެ ޓީމަށް ގެނައުމަށް އޭނާ މަސައްކަތް ނުކުރާނެ ކަމަށް ގާޑިއޯލާ ބުނެފައި ވެއެވެ.

ގާޑިއޯލާ ވަނީ ސިޓީއަށް އިތުރު ކުޅުންތެރިން ގެނައުމަށް ބޭނުން ނުވާ ކަމަށް ބުނެފައެވެ. އެގޮތުން އޭނާގެ ސްކޮޑުގައި މިވަގުތު ތިބި ކުޅުންތެރިންނާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ޓްރާންސްފާ މާކެޓުގައި ބާކީ އޮތް ދުވަސްތަކުގައި އިތުރު ކުޅުންތެރިޔެއް ގެނައުމަށް މަސައްކަތް ނުކުރާނެ ކަމަށް ގާޑިއޯލާ ވަނީ ހާމަ ކޮށްފައެވެ.

މެސީ ވަނީ މީގެ ކުރިންވެސް ގާޑިއޯލާއާ އެކު މަސައްކަތް ކޮށްފައެވެ. އެގޮތުން ބާސެލޯނާގެ ރަންޒަމާން ކަމަށްވާ 2008 ފެށިގެން 2012 ވަނަ އަހަރާ ހަމަޔަށް ގާޑިއޯލާ ވަނީ މެސީއަށް ކޯޗުކަން ކޮށްދީފައެވެ.

މެސީއަކީ ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި މިހާތަނަށް ފުޓުބޯޅައިގެ ދުނިޔެއަށް އައި އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް