Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

ބާސާ ވަނީ ރެއާޅް އަށްވުރެ އިތުރު އެއް މެޗު ލިޔަފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 24 އެޕްރީލު 2017 | ހޯމަ 02:27
ސްޕެނިޝް ލީގުގައި ރެއާލް ކޮޅަށް ލަނޑު ޖެހުމަށްފަހު ލިއޮނެލް މެސީ އުފާފާޅުކުރަނބީ

ސްޕެނިޝް ލީގުގައި ރެއާލް ކޮޅަށް ލަނޑު ޖެހުމަށްފަހު ލިއޮނެލް މެސީ އުފާފާޅުކުރަނބީ

ސްޕެނިޝް ލަލީގާގައި ފަހުވަގުތު ލިއޮނެލް މެސީ ކާމިޔާބުކުރި ލަނޑުން ބާސެލޯނާ އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލްއާ ވާދަކޮށް ބާސާ އިން މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އެޓީމުން ރަނގަޅަށް ކުޅެ، ހަމަލާ އުފައްދަން މަސައްކަތްކުރި އެވެ. އެހެންނަމަވެސް ބާސާ އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ރެއާލްގެ ހާފަށް ބާރުބޮޑުކޮށް އެޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލް އިންނެވެ. މި ލަނޑު 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކަސެމީރޯ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ސާޖިއޯ ރާމޮސް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ބޭރުވާން ދަނިކޮށް އެއްފަހަރުން ގޯލުތެރެއަށް ފޮނުވާލައިގެންނެވެ.

މި ލަނޑާއެކު ބާސާ އިން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރިއިރު، 33 ވަނަ މިނެޓުގައި ބާސާ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެސީ އެވެ. އިވާން ރަކިޓިޗްގެ އެހީތެރިކަމާއެކު މެސީ މި ލަނޑު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ހޯދައިގެން ރެއާލްގެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެއެވެ.

ފުރަތަމަ ހާފް 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެން ނިމިފައިވާއިރު، ބާސާއިން ވަނީ މި ހާފްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ދެވަނަ ހާފް ފެށިގެންވެސް ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް އެޓީމުން ވަނީ ހުސް ގިނަ ފުރުސަތުތައް ބޭކާރުކޮށްލާފައެވެ. އެގޮތުން ލުއިސް ސުއަރޭޒް އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ދެވަނަ ހާފްގައި ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށްވެސް ވަނީ ލީޑު އަނބުރާ ހޯދަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގައި ބާސާ އިން ފުރަތަމަ ފަހަރަށް ލީޑު ނެގީ 73 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ބޭރުން ކުރިޔަށް ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒުކޮށްގެން އިވާން ރަކިޓިޗް ކާމިޔާބުކުރި ލަނޑުންނެވެ.

މި ލަނޑާއެކު ރެއާލް އަށް ހުރަސްތަކާ ކުރިމަތިވިއިރު، އެޓީމަށް އިތުރު ހުރަސްތަކާ ކުރިމަތިވީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް އަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ރާމޮސް އަށް ރަތް ކާޑު ދެއްކީ މެސީ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެހެންނަމަވެސް މި ހުރަސްތަކާއެކުވެސް ރެއާލް އިން ނަތީޖާ ހަމަހަމަކުރުމަށް ބުރަ މަސައްކަތްކުރި އެވެ. އޭގެ ނަތީޖާއަކަށްވެގެންދިޔައީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ހަމޭސް ރޮޑްރިގޭޒް ކާމިޔާބުކުރި ލަނޑުންނެވެ. މާސެލޯ ނަގައިދިން ހުރަސް އެއްފަހަރުން ގޯލަށް ފޮނުވާލައިގެން ހަމޭސް ނަތީޖާ ހަމަހަމަކުރީ 86 ވަނަ މިނެޓުގައެވެ.

އެހެންނަމަވެސް ރެއާލްގެ ހިތް ފުނޑުފުނޑުކޮށްލީ މެޗުގެ އިތުރުވަގުތުގެ ތެރޭގައި ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު މެސީ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަކީ މުޅި ކެރިޔަރު ބާސާގައި ހޭދަކުރަމުން އަންނަ މެސީ އެޓީމަށް ކާމިޔާބުކޮށްދިން 500 ވަނަ ލަނޑެވެ.

މި ނަތީޖާއާއެކު ބާސާ އަދި ރެއާލް 75 ޕޮއިންޓް 75 ޕޮއިންޓުން ޕޮއިންޓް ތާވަލުގައި ހަމަހަމަވެފައިވާއިރު، ލަނޑުގެ ތަފާތުން އެއްވަނަ ލިބެނީ ބާސާއަށެވެ. ބާސާ ލީގުގައި 33 މެޗު ކުޅެފައިވާއިރު، ރެއާލް ވަނީ 32 މެޗު ކުޅެފައެވެ. އެގޮތުން ރެއާލް އަށް އަދި ބާކީ އެއް މެޗު އެބައޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު