Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޭއެފްސީ ސައުތު ލަންޑަން

ބަލަކްގެ ފައިނަލް ހޮނިހިރު ދުވަހު

ފައިނަލަށް ނިކުންނާނީ މޮޅުވުމުގެ ހިތްވަރާއި އަޒުމާ އެކު ކަމަށާއި، މާތް ﷲ އިރާދަ ކުރެއްވިއްޔާ ފައިނަލު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މެއި 2025 | ބުދަ 05:55
އޭއެފްސީ ސައުތު ލަންޑަންގެ ފަރިތަކުރުމުގައި އަލީ ވަޙީދު

އޭއެފްސީ ސައުތު ލަންޑަންގެ ފަރިތަކުރުމުގައި އަލީ ވަޙީދު

ވިމްބަލްޑަން ޑިސްޓްރިކްޓް ސެންޗެނަރީ ކަޕްގެ ފައިނަލްގައި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އިނގިރޭސި ޔުއެފާ ބީ ކޯޗު ޢަލީ ވަޙީދު (ބަލަކް) އިރުޝާދު ދެމުން އަންނަ އޭއެފްސީ ސައުތު ލަންޑަން އާއި ވިމްބަލްޑަން ސްޕޯޓިން ކުލަބު ވާދަ ކުރާ ފޯރިގަދަ މެޗު އަންނަ ހޮނިހިރު ދުވަހު ލަންޑަންގެ ކާޝަލްޓަން ސްޓޭޑިއަމް ގައި އޮންނާނެ އެވެ.

ރާއްޖެ ގަޑިން އިރުއޮއްސި ހަ ގަޑި ތިރީހު ގައި ފަށާ ފައިނަލް މެޗުގެ ޓިކެޓް ކާޝަލްޓަން ސްޓޭޑިއަމުން 100 ރުފިޔާ އަށް ލިބެ އެވެ.

މި މެޗާ ގުޅޭ ގޮތުން ލަންޑަންގައި ހުރެ ފޯނުން "ރާއްޖެ އެމްވީ" އަށް ބަލަކް ބުނީ، އިދިކޮޅު ޓީމު އަތުން މިސީޒަނުގައި އަދި އޭއެފްސީ ސައުތު ލަންޑަން މޮޅުވެފައި ނެތުމުން، ކަރުދާހު ގައި މޮޅު އޮތީ އެޓީމު އަތުގައި ކަމަށެވެ.

އެހެން ނަމަވެސް، ފައިނަލަށް ނިކުންނާނީ މޮޅުވުމުގެ ހިތްވަރާއި އަޒުމާ އެކު ކަމަށާއި، މާތް ﷲ އިރާދަ ކުރެއްވިއްޔާ ފައިނަލު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ބަލަކް އަށް މިސީޒަނަކީ އޭނާގެ ކޯޗިން ކެރިއަރުގައި ކާމިޔާބު ސީޒަނެކެވެ. އިނގިރޭސި ގްރާސްރޫޓްސް ބޮބް ޑިކްސަން ލީގު ވަން އޭނާ ކާމިޔާބު ކޮށްފައި ވަނީ މުޅި ލީގުގެ އެންމެ ރަނގަޅު އެޓޭކިން އަދި ޑިފެންސިވް ނަތީޖާއާ އެކުގަ އެވެ.

ބަލަކް އަކީ ފުޓުބޯޅައިގައި ރާއްޖޭގައި ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އޭނާގެ ޗެއަރމަންކަމުގެ ދަށުން 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ހަދާފައިވާ ރެކޯޑު، މިއަދާ ހަމަޔަށް އަދި އެއްވެސް ބައަކަށް މުގުރާލެވިފައި ނުވެ އެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
01 މާރިޗު 2017

ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

01 މާރިޗު 2017
ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
26 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

26 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު