Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީސީގެ މެޗް ލައިވްކުރާނެ

ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

ފައިނަލް މެޗު ގެނެސްދެނީ ވެލިގާ ހާޑްވެއާގެ ހެޔޮ އެދުންތަކާއެކު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 1 މާރިޗު 2017 | ބުދަ 20:42
ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ފައިނަލް މެޗު ރާއްޖެޓީވީން ލައިވްކުރާނެ

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ފައިނަލް މެޗު ރާއްޖެޓީވީން ލައިވްކުރާނެ

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ފައިނަލްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އަދި ދެކުނު ކޮރެއާގެ ޕޮޗިއަން ސިޓިޒެން އެފްސީ ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ލައިވްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވެލިގާ ހާޑްވެއާގެ މެއިން ސްޕޮންސާ ނަގާފައިވާ މި މެޗު ރާއްޖެޓީވީން ބެލުންތެރިންނަށް ގެނެސްދޭއިރު، މެޗު ފެށުމުގެ ތަފާތު މައުލޫމާތާ އަދި އެނަލިސްޓުންނާއެކު ޕްރީ ޝޯއެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުކުރު ދުވަހު ކުޅޭ މި މެޗާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ، ފައިނަލް މެޗު ގެނެސްދެނީ ވެލިގާ ހާޑްވެއާގެ ހެޔޮއެދުންތަކާއެކު ކަމަށާއި، އެހެންނަމަވެސް ކޯ ސްޕޮންސަރުންގެ ގޮތުގައި އިތުރު ސްޕޮންސަރުންނަށް އަދިވެސް ފުރުސަތު އެބަ އޮތް ކަމަށެވެ.

މީގެއިތުރުން ފިޔާޒް ވިދާޅުވީ، ޓީސީ މިހޯދި ކާމިޔާބީއަކީ ތާރީހީ ކާމިޔާބީއެއް ކަމަށާއި، ޓީސީގެ މީޑިއާ ޕާޓްނަރެއްގެ ހައިސިއްޔަތުން ރާއްޖެޓީވީވެސް ޓީސީ ހޯދި ކާމިޔާބީއާ މެދު ފަހުރުވެރިވާ ކަމަށެވެ.

ގްރޫޕް އޭގެ އެއްވަނަ އެއްވެސް މެޗަކުން ބަލިނުވެ ހަތް ޕޮއިންޓާއެކު ޓީސީ ސެމީން ޖާގަ ހޯދާފައިވާ އިރު، އެޓީމު ވަނީ ސެމީފައިނަލްގައި ނޭޕާލް ލީގް ޗެމްޕިއަން މަނަންގް މާޝިއާންޑި ކްލަބްވެސް ބަލިކޮށްފައެވެ. އެގޮތުން މިއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ކްލަބް މުބާރާތަކުން ރާއްޖޭގެ ކްލަބެއް ޖާގަ ހޯދި ފުރަތަމަ ފަހަރަށް ވަނީ ވެފައެވެ.

ޕޮޗިއަން އިން ފައިނަލުން ޖާގައެއް ކަށަވަރުކުރީ ސެމީފައިނަލުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗިޓަގޮން ބަލިކުރުމަށްފަހު އެވެ. އެހެންނަމަވެސް ޓީސީ ވަނީ ޕޮޗިއަންއާ ގްރޫޕް ސްޓޭޖުގައި ވާދަކޮށް އެ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުކޮށްފައެވެ.

މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު ރާއްޖެ ގަޑިން 17:30 ގައެވެ. އެގޮތުން މެޗުގެ ޕްރީ ޝޯ 17:00 ޖަހާއިރު ފަށާނެއެވެ. މުބާރާތުގެ ފައިނަލްގެ ގަޑިތައް މިގޮތަށް ހަމަޖެހިފައިވީ ނަމަވެސް ގަޑިއަށް ބަދަލެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ރާއްޖެއެމްވީއަށް މައުލޫމާތު ދީފައެވެ.

މިއީ ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ދެވަނަ މުބާރާތެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު ޗިއްޓަގޮން އަބާނީ މުބާރާތުގެ ތަށި އުފުލާލީ ފައިނަލްގައި އިންޑިޔާގެ އީސްޓް ބެންގާލް ބަލިކޮށްގެންނެވެ.

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަން ޓީމަށް 30 ހާސް އެމެރިކާ ޑޮލަރު ދޭއިރު ރަނައަޕް ޓީމަށް 15 ހާސް ޑޮލަރު ދެއެވެ. އަދި ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް 1000 ޑޮލަރު ދޭއިރު ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދާ ކުޅުންތެރިއަކަށް 500 ޑޮލަރު ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

15 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު