Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާރސެލޯނާ

ފްލިކް ހުރީ ޔަގީން ކަމާ އެކު، ކުޅުންތެރިންނަށް އޮތީ އިތުބާރު

އިންޓަރ މިލާން އާއި ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގައި ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުން ވަނީ، މިހާރު ދައްކަމުން އަންނަ ކުޅުން އެގޮތުގައި ދެއްކުން ކަމަށް ވެސް ފްލިކް ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 މެއި 2025 | އަންގާރަ 03:56
ބާރސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާރސެލޯނާގެ ކޯޗު ހަންސީ ފްލިކް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އިންޓަރ މިލާނާ ދެކޮޅަށް ނިކުންނައިރު، ބާރސެލޯނާގެ ކުޅުންތެރިންނަށް އޮތީ ފުރިހަމަ އިތުބާރު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ބާރސެލޯނާގެ އަމިއްލަ ދަނޑުގައި މިދިޔަ ހަފުތާގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. އެހެންކަމުން، މުބާރާތުގެ ފައިނަލްގެ ޖާގަ ލިބޭނީ ދެ ވަނަ ލެގުން މޮޅުވާ ޓީމަކަށެވެ.

އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، ބާރސެލޯނާގެ ޒުވާން ކުޅުންތެރިންނަށް ޕްރެޝަރެއް އޮންނާނެ ކަމަށް އޭނާ ޤަބޫލު ނުކުރާ ކަމަށެވެ.

ޚާއްސަކޮށް ބާރސެލޯނާ އިން މި ސީޒަން ފެށިއިރު، އެ ޓީމަށް ކާމިޔާބު ކުރެވޭނެ ކަންކަން ނޭނގޭ ކަމަށް ފްލިކް ބުންޏެވެ. މިހާތަނަށް އައި އިރު ބާރސެލޯނާ އަށް ދެ ތަށި ކާމިޔާބު ކުރެވިފައިވާ ކަމަށާއި، ދެން ކުރިއަށް އޮތީ މުހިންމު ހަފުތާ ތަކެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިންޓަރ މިލާނާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގައި ބާރސެލޯނާގެ ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުން ވަނީ، މިހާރު ދައްކަމުން އަންނަ ކުޅުން އެގޮތުގައި ދެއްކުން ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ޓީމުގެ ސަޕޯޓަރުންނަށް އުފާވެރިކަން ލިބޭނެ ފަދަ ކުޅުމެއް ދައްކައި، ޓީމު ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށް ވެސް ފްލިކް ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ފްލިކް ބުނީ އަނިޔާ އިން އެނބުރި އައިސް، އިންޓަރ މިލާނާ ދެކޮޅަށް ކުޅޭ މެޗުގެ ބެންޗުގައި ރޮބާޓް ލެވަންޑޯސްކީ ހިމެނޭ ކަމަށެވެ. މެޗުގެ ކުރިން ބާސެލޯނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމާ މެދު ވެސް ހިތްހަމަ ޖެހޭ ކަމަށާއި، ޓީމު އޮތް ޙާލަތާއި ކަންކަމަށް ބަލާއިރު، ބާސެލޯނާ އަށް ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

އިންޓަރ މިލާންގެ ދަނޑުގައި ބާސެލޯނާ އިން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ބާސެލޯނާހަންސީ ފްލިކް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު