Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި ކުރިއެރުން ލިބޭ: ޤަތަރުގެ ބޮޑު ވަޒީރު

އިސްރާއީލް އިން ބޭނުން ވަނީ ހަނގުރާމަ ހުއްޓާލާނެ ކަމުގެ ޔަގީންކަން ދިނުމެއް ނެތި، ރަހީނުން ދޫކޮށްލަން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އެޕްރީލު 2025 | ހޯމަ 06:14
ތުރުކީގެ ޚާރިޖީ ވަޒީރާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤަތަރުގެ ބޮޑު ވަޒީރު

ތުރުކީގެ ޚާރިޖީ ވަޒީރާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤަތަރުގެ ބޮޑު ވަޒީރު

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބެމުން އަންނަ ކަމުގައި ޤަތަރުގެ ބޮޑު ވަޒީރު މުޙައްމަދު ބިން ޢަބްދުއް ރަޙްމާން ބިން ޖާސިމް އަލް ޘާނީ ވިދާޅުވެއްޖެ އެވެ. 

ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވީ، އަނެއްކާ ވެސް ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބިފައި ވީ ނަމަވެސް، ހަމާސް އާއި އިސްރާއީލާ ދެމެދު އެއްބަސްވުމަކަށް އައުމުގައި އަދި ވެސް ދަތިތަކެއް ހުރި ކަމުގައި އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ބައްދަލުވުމާއި، އޭގެ ކުރިން ބޭއްވުނު ބައްދަލުވުންތަކާ އަޅާ ބަލާއިރު، ކުރިއެރުން ތަކެއް ލިބިފައިވާކަން ފާހަގަ ކުރެވޭ ކަމުގައި އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ހަނގުރާމަ ނިންމާނެ ގޮތަކާ މެދު އަދި ވެސް އެއްބަސްވުމަކަށް ނާދެވޭ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ބޮޑު ވަޒީރު ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓާލައިފި ނަމަ، ހަމާސްގެ އަތުގައި ތިބި އިސްރާއީލްގެ ރަހީނުން ދޫކޮށްލާނެ ކަމަށް އެ ޖަމާއަތުން ބުނާ ކަމަށެވެ. 

އެހެން ނަމަވެސް، އިސްރާއީލް އިން ބޭނުން ވަނީ ހަނގުރާމަ ހުއްޓާލާނެ ކަމުގެ ޔަގީންކަން ދިނުމެއް ނެތި، ރަހީނުން ދޫކޮށްލަން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވީ ދެ ފަރާތުގެ މަޤުސަދު އެއްގޮތް ނުވާ ހިނދަކު، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. 

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކޮށް، ހަނގުރާމަ ހުއްޓާލައިފަ އެވެ. ނަމަވެސް، މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އަލުން އިސްރާއީލް އިން ވަނީ ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ.

އިސްރާއީލް އިން ބުނެފައި ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން ދޫކޮށްލަންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ. 

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު