Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލައިބާ އަޙުމަދު މަޚްލޫފް

އިޓަލީ މުބާރާތުން ލައިބާ އަށް ދެ ލޯ މެޑަލް!

މުބާރާތުގައި ވާދަކޮށް ލައިބާ މެޑަލް ހޯދާފައި ވަނީ ޑަބަލްސް އަދި މިކްސް ޑަބަލްސް ކެޓަގަރީންނެވެ. ދެ އިވެންޓުގައި ވެސް ލައިބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އެޕްރީލު 2025 | ހޯމަ 06:10
ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ، އިޓަލީ މުބާރާތުގައި ވަނީ ދެ ލޯ މެޑަލް ހޯދާފައި

ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ، އިޓަލީ މުބާރާތުގައި ވަނީ ދެ ލޯ މެޑަލް ހޯދާފައި

"ބޮޒެން ސްޕްރިން - އިންޓަނޭޝަނަލް ސްޕްރިން ޓޯނަމަންޓް އޮފް ބޮލްޒާނޯ 2025" ގައި ވާދަކޮށް، ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ދެ މެޑަލް ހޯދައިފި އެވެ.

އިޓަލީގެ ބޮލްޒާނޯ ގައި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން، 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ މި މުބާރާތުގައި ވަނީ 20 ޤައުމަކުން 330 ކުޅުންތެރިން ވާދަކޮށްފަ އެވެ.

މުބާރާތުގައި ވާދަކޮށް ލައިބާ މެޑަލް ހޯދާފައި ވަނީ ޑަބަލްސް އަދި މިކްސް ޑަބަލްސް ކެޓަގަރީންނެވެ. ދެ އިވެންޓުގައި ވެސް ލައިބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ ޖަރުމަނުގެ މޭރީ އެވެ. މި އިވެންޓުގެ ކުއާޓާ ފައިނަލް ކާމިޔާބުކޮށް ލައިބާ އަދި މޭރީގެ ޕެއާ އިން ސެމީ ފައިނަލްގެ ފުރުސަތު ހޯދި އެވެ. ނަމަވެސް، ވާދަވެރި ކުޅުމަކަށްފަހު ސެމީ ފައިނަލްގައި ވަނީ ނާކާމިޔާބުވެފަ އެވެ.

މިކްސް ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ ސްލޮވޭނިއާގެ މަޓިޗް އެވެ. މި އިވެންޓުގައި ލައިބާ އަދި މަޓިޗްގެ ޕެއާ އިން ވަނީ ސެމީ ފައިނަލްގައި ވާދަކޮށް ނާކާމިޔާބުވެފަ އެވެ.

މި ދެ އިވެންޓުގެ އިތުރުން، ލައިބާ ވަނީ މުބާރާތުގެ ސިންގަލްސް އިވެންޓުގައި ވެސް ވާދަކޮށްފަ އެވެ. ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލްގައި ލައިބާ ވަނީ ވާދަކޮށްފަ އެވެ.

ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ އަންނަނީ ބައިނަލްއަޤުވާމީ އެކި އެކި މުބާރާތްތަކުގައި ވާދަކޮށް، ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
20 މެއި 2017

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

20 މެއި 2017
އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި
30 އެޕްރީލު 2017

ގައުމީ ޖާޒީގައި މުބާރާތުން ރަނގަޅު ވަނައެއް ހޯދައި ދިނުމަށް އެދެން: އިރުތިޝާމް

30 އެޕްރީލު 2017
ގައުމީ ޖާޒީގައި މުބާރާތުން ރަނގަޅު ވަނައެއް ހޯދައި ދިނުމަށް އެދެން: އިރުތިޝާމް
30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު