Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ރަޝިޔާ އިން ޔުކްރެއިން އަށް ޑްރޯން ހަމަލާއެއް ދީފި

އެ ސަރަހައްދުގެ މޭޔަރު ހެނަޑީ ޓްރުކަނޯވް ވިދާޅުވެފައިވާ ގޮތުގައި އެ ހަމަލާ އަމާޒުކޮށްފައި ވަނީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދުގެ އިމާރާތްތަކަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އެޕްރީލު 2025 | އަންގާރަ 05:35
ޔުކްރެއިންގެ އޮޑެސާ ގެ އާންމުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށް މީގެ ކުރިން ރަޝިޔާ އިން ދީފައިވާ ހަމަލާތަކެއްގެ މަންޒަރު

ޔުކްރެއިންގެ އޮޑެސާ ގެ އާންމުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށް މީގެ ކުރިން ރަޝިޔާ އިން ދީފައިވާ ހަމަލާތަކެއްގެ މަންޒަރު

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި، ރަޝިޔާ އިން ޔުކްރެއިން އަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފި އެވެ.

ހޯމަ ދުވަހުގެ ރޭ ރަޝިޔާ އިން ދިން ޑްރޯން ހަމަލާ އަމާޒުކޮށްފައި ވަނީ ޔުކްރެއިންގެ ކަޅުކަނޑުގެ ބަނދަރު ކަމުގައި އޮޑެސާގެ ރިހައިޝީ ސަރަހައްދަށެެވެ. 

އެ ސަރަހައްދުގެ މޭޔަރު ހެނަޑީ ޓްރުކަނޯވް ވިދާޅުވެފައިވާ ގޮތުގައި އެ ހަމަލާ އަމާޒުކޮށްފައި ވަނީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދުގެ އިމާރާތްތަކަށެވެ. 

މި ހަމަލާގެ ސަބަބުން އެތައް އިމާރާތްތަކަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، އަދި އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ކަމަށް މޭޔަރު ހާމަކުރެއްވި އެވެ.

ސަރަހައްދުގެ ގަވަރނަރ އޯލެ ކިޕަރ ވިދާޅުވި ގޮތުގައި މި ހަމަލާގެ ސަބަބުން ގޭގެ އަށާއި، ސިވިލް އިންފްރާސްޓްރަކްޗަރ އަދި ތަޢުލީމީ މަރުކަޒުތަކާއި، އުޅަނދު ފަހަރަށް ގެއްލުން ލިބިފައިވެ އެވެ.

ގެއްލުން ލިބިފައިވާ ސަރަަހައްްދަށް މިހާރު ވަނީ އެމަޖެންސީ ޚިދުމަތްތެރިން ފޮނުވާފައި ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. އަދި އެ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން އަންނަ ކަމަށް ވެސް ހާމަކޮށްފައިވެ އެވެ. 

އޮޑެސާ އަކީ ތިން ބަނދަރު ހިމެނޭ މުހިންމު ސަރަހައްދެކެވެ. ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިނގަމުންދާ މި ހަނގުރާމައިގައި، ރަޝިޔާ އިން ވަނީ މި ސަރަހައްދަށް ތަކުރާރުކޮށް ހަމަލާ ދީފަ އެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު