Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު

މިދިޔަ ޖެނުއަރީ މަހު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު މިދިޔަ މަހު އަލުން ޣައްޒާގައި ހަނގުރާމަ ފެށި އިސްރާއީލް އިން ވަނީ ހަމާސް ޖަމާއަތް ނައްތާލައިގެން ނޫނީ ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ. ހަމާސް ޖަމާއަތުން ވަނީ ހަތިޔާރު ބަހައްޓަން ހުށަހެޅި ހުށަހެޅުންތަކަށް ދެކޮޅު ހަދާފައެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 އެޕްރީލު 2025 | ހޯމަ 14:43
އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ބިމާ ހަމަކޮށްލާފައިވާ ޖަބަލިޔަގެ އިމާރާތެއްގެ ދަށުން ނަގާފައިވާ މީހެއްގެ ހަށިގަނޑު ގެންދަނީ - 13 އެޕްރީލް 2024

އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ބިމާ ހަމަކޮށްލާފައިވާ ޖަބަލިޔަގެ އިމާރާތެއްގެ ދަށުން ނަގާފައިވާ މީހެއްގެ ހަށިގަނޑު ގެންދަނީ - 13 އެޕްރީލް 2024

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާއި، ރަހީނުން މިނިވަން ކުރުމަށް މިސްރުގައި އެންމެ ފަހުން ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިމުމަކަށް އައީ އެއްވެސް ކުރިއެރުމެއް ނުލިބި ކަމަށް ފަލަސްތީނާއި މިސްރުގެ މަސްދަރުތަކުން ބުނެފި އެވެ.

މަސްދަރުތަކުން ބުނެފައިވަނީ، ކޮންމެ އެއްބަސްވުމެއް ހެދިނަމަވެސް، އެ އެއްބަސްވުން ވާންޖެހޭނީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް އަންނާނެ އެއްބަސްވުމަކަށް ކަމަށް ހަމާސްއިން ބުނާ ބުނުން އެގޮތުގައި ހިފަހައްޓާފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު މިދިޔަ މަހު އަލުން ޣައްޒާގައި ހަނގުރާމަ ފެށި އިސްރާއީލް އިން ވަނީ ހަމާސް ޖަމާއަތް ނައްތާލައިގެން ނޫނީ ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ. ހަމާސް ޖަމާއަތުން ވަނީ ހަތިޔާރު ބަހައްޓަން ހުށަހެޅި ހުށަހެޅުންތަކަށް ދެކޮޅު ހަދާފައެވެ.

ނަމަވެސް އެ ޚިޔާލު ތަފާތުވުންތަކާއެކުވެސް، އެ ޖަމާއަތުގެ ޣައްޒާގެ ވެރިޔާ ޚަލީލް އަލް ހައިޔާ އިސްވެ ހުންނަވާ ހަމާސްގެ ވަފްދެއް، ހަނގުރާމައިގެ މުއްދަތު އިތުރުކޮށްފިނަމަ، އިސްރާއީލުން ހިފަހައްޓާފައިވާ ފަލަސްތީނުގެ ގައިދީންގެ ބަދަލުގައި އެޖަމާއަތުން މިނިވަން ކުރެވޭނީ އިސްރާއިލުގެ ކިތައް މީހުންތޯ ބެލުމުގައި ގޮތްދޫކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

މިސްރުގެ މަސްދަރަކުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް އެންމެ ފަހުން ހުށަހެޅި ހުށަހެޅުންތަކުގެ ސަބަބުން ހަމާސް އިން މިނިވަންކުރާ މީހުންގެ އަދަދު އިތުރުކުރާނެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސެކިއުރިޓީ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިސްރާއީލުގެ ވަޒީރު ޒީވް އެލްކިން އާމީ ރޭޑިއޯއަށް މިއަދު ވިދާޅުވީ އިސްރާއީލުން 5 މީހަކު ދޫކުރުމަށް ކުރިން އެދުނު ނަމަވެސް އެ އަދަދު 10 މީހުންނަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުގެ ހުށަހެޅުމަށް ޖަވާބުދާރީވުމަށް ހަމާސް އިން ވަނީ އިތުރު މުއްދަތަކަށް އެދިފައި ކަމަށް މިސްރުން ވަނީ ބުނެފައެވެ. މިސްރުގެ މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ ހަމާސް އިން ބޭނުންވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް އިޒްރޭލުން އެއްބަސްވާ ކަމުގެ ޔަގީންކަން ދޭން ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ހިމެނުނު ހަ ހަފުތާގެ ފުރަތަމަ ފިޔަވަހީގައި އިސްރާއިލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އެތައް ސަތޭކަ މީހުންގެ ބަދަލުގައި ހަމާސްގެ ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ 33 މީހުން މިނިވަންކޮށްފަ އެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ ފިޔަވަހި މާޗް މަހުގެ ކުރީކޮޅު ފަށަން އޮތް ނަމަވެސް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ކުރިއަށް ދެވަނަ ފިޔަވަހީގެ މަޝްވަރާތަކެއް ކޮށްފައި ނުވެއެވެ.

އިސްރާއީލު ސިފައިން މިދިޔަ މަހުގެ ތެރޭގައި ހަނގުރާމަ އަލުން ފެށި ފަހުން ފަލަސްތީނުގެ 1500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށާއި އެތައް ސަތޭކަ ހާސް ބަޔެއްގެ ގެދޮރު ގެއްލި، ގިނަ ސަރަހައްދުތަކެއް ހިފާ، ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރެވެން ހުރި ހުރިހާ މަގުތަކެއް ވަނީ ބަންދުކޮށްފައެވެ.

އިޒްރޭލުގެ 59 މީހުން އަދިވެސް ތިބީ ހަމާސްގެ އަތްދަށުގަ އެވެ. އޭގެ ތެރެއިން 24 މީހުން ދިރިތިބި ކަމަށް އިޒްރޭލުން ބުނެއެވެ.

ފަލަސްޠީނުން ބުނަމުންދަނީ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ ފިޔަވައްސަށް ފަހު، އިސްރާއީލުން އަލުން ހަމަލާތައް ދޭންފަށާފައިވާ އިރު، އެ ޙަމަލާތަކުގެ ރާޅަކީ ހަނގުރާމައިގެ އެންމެ ނުރައްކާތެރި އަދި އެންމެ ވަރުގަދަ އެއް ރާޅު ކަމަށާއި، އެކަމުގެ ސަބަބުން ވީރާނާވެފައިވާ ޣައްޒާގައި ދިރިއުޅެމުންދާ އާބާދީ އިތުރު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށެވެ.

އިސްރާއިލުން ދެމުންދާ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާގައި، އިޒްރޭލުން ދިން ހަމަލާއެއްގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށީވެފައި ތިބި މީހުން ހޯދުމަށް މީހުން ސަލާމަތްކުރުމުގެ ހަރަކާތްތެރިވަމުންދާ މީހުން ދަނީ އަވަދި ނެތި މަސައްކަތް ކުރަމުންނެވެ.

މި ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތެއްގެ ކޮންކްރީޓް ސްލެބެއްގެ ދަށުގައި އެކަކުގެ ފައިތިލައާއި އަތް ފެންނަން ހުއްޓެވެ. އަދި ފޮތިގަނޑެއްގައި އޮޅާފައި އޮތް މީހެއްގެ ހަށިގަނޑު ނަގައިގެން ގެންދިޔަ މަންޒަރު ފެންނަ އިރު، މި އިމާރާތް ވެއްޓި 25 މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގައި މަސައްކަތްކުރާ މީހުން ބުނެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އެތަނަށް ހަމަލާދީފައިވަނީ ހަމަލާދޭން ރާވަމުން އަންނަ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށެވެ. ދެކުނުގައި އޮންނަ ޚާން ޔުނިސްގައި ވަގުތީ ޓެންޓުތަކުގެ ކޭމްޕަށް ދިން ވައިގެ ހަމަލާގެ ސަބަބުން ޓެންޓުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އާދީއްތަ ދުވަހު ދޯހާގައި ވަނީ ހަނގުރާ ހުއްޓާލުމުގެ އެއްބަސްވުމުގެ މެދުވެރިއެއްގެ ހައިސިއްޔަތުން ބައްދަލުކުރައްވައިފިއެވެ. މިސްރުގެ މަސްދަރަކުން ބުނި ގޮތުގައި އަލްސީސީ ވަނީ މިސްރާއި ގަތަރުން ވަނީ އަމިއްލައަށް ދީފައިވާ އެއްބަސްވުމުގެ އިތުރަށް ބައިނަލްއަގްވާމީ އިތުރު ގެރެންޓީތަކެއް ދިނުމަށް ގޮވާލާފަ އެވެ.

އިޒްރޭލުން ހަނގުރާމަ އަލުން ފަށަން ނިންމި ނިންމުމަށް ތާއީދުކުރައްވައި، ޣައްޒާގެ ފަލަސްތީނުގެ އާބާދީ އެ ސަރަހައްދު ދޫކޮށް ދިއުމަށް ގޮވާލެއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވީ، ރަހީނުކުރި މީހުން އަނބުރާ ގައުމަށް ގެނައުމުގައި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާގައި 1،200 މީހުން މަރުވެ، 251 މީހުން ރަހީނުކުރުމާއި ގުޅިގެން ކަމަށް އިޒްރޭލުން ބުނެއެވެ.

އޭގެ ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 50،900 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.

ޣައްޒާހަމާސްއިޒްރޭލްރަހީނުންހުއްޓުންމިޞްރުހަމާސް-އިސްރާއިލް ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު