Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

އަމިއްލަ ޤައުމުގައި ދައުވާ ތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން، ނަތަންޔާހޫ އަށް ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ވެސް މައްސަލަތަކާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ. ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ނަތަންޔާހޫ އާއި، އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ހައްޔަރު ކުރުމުގެ އަމުރެއް ވެސް ނެރެފަ.

ނަތަންޔާހޫ ކޮރަޕްޝަން ދައުވާތަކުން ފުރިހަމަ މައާފަށް ރައީސުލްޖުމްހޫރިއްޔާ އިސްހާގް ހާޒޯގްއަށް އެދުމުން ތެލް އަވީވްގައި ރުޅިވެރި ރައްޔިތުން މުޒާހަރާ ކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2025 | ހޯމަ 08:26
ނަތަންޔާހޫއާ ދެކޮޅަށް އިސްރާއީލްގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ނަތަންޔާހޫއާ ދެކޮޅަށް އިސްރާއީލްގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާ ތަކަށް މައާފް ހޯދުމަށް އެ ގައުމުގެ ރައީސް ގެ އަރިހުން އެދިފައި ވަނިކޮށް، އެކަމާ ނުރުހުން ފާޅު ކުރުމަށް އެ ޤައުމުގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކޮށްފި އެވެ.

ނަތަންޔާހޫ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މައާފު ކޮށްދިނުމަށް އިސްރާއީލްގެ ރައީސް، އިސްހާގް ހާޒޮގް އަށް ހުށަހަޅުއްވައިފަ އެވެ. އެކަމާ ހިތްހަމަ ނުޖެހި، ނުރުހުން ފާޅުކޮށް ވެރި ރަށް ތެލް އަވީވްގައި ގިނަ ބަޔަކު ވަނީ މުޒާހަރާ ކޮށްފަ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާތައް ބާއްވާފައި ވަނީ، ނަތަންޔާހޫގެ ފަރާތުން މައާފަށް އެދި ހުށަހެޅިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގަ އެވެ. ނަތަންޔާހޫއާ ދެކޮޅަށް އެކި އެކި ޝުއޫރުތައް ފާޅުކޮށްފައިވާ ބެނާތައް ހިފައިގެން ކުރި މުޒާހަރާގައި، ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ތެރެއިން ވެސް ބަޔަކު ބައިވެރިވެފަ އެވެ.

މުޒާހަރާގައި ބައިވެރިވެ މީހުންގެ ތެރެއިން އެކަކު ހުރީ، ޖަލު ހެދުމެއް ލައިގެންނެވެ. އަދި އޭނާ ހުރީ ނަތަންޔާހޫ ސިފަވާ ފަދަ މާސްކެއް ވެސް އަޅައިގެންނެވެ. އަނެއް ބައި މީހުން ތިބީ ނަތަންޔާހޫ އަށް މައާފު ދިނުމާ ދެކޮޅަށް ލިޔެފައިވާ ބެނާތައް ހިފައިގެންނެވެ.

ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އެތައް ގޮތަކުން ވަކާލާތު ކުރަމުން އަންނަ މަޝްހޫރު މީހެއް ކަމަށްވާ ޝިކްމާ ބްރެސްލާ ބުނެފައި ވަނީ، ނަތަންޔާހޫ އެދިފައި ވަނީ އެ މައްސަލަ އެއްކޮށް ބާތިލު ކޮށްދިނުމަށް ކަމަަށެވެ. އެކަމުގައި ނަތަންޔާހޫ އެއްވެސް ޒިންމާއެއް ނަގަން ބޭނުން ނުވާ ކަމަށާއި، އޭނާ ބޭނުން ވަނީ އެއީ އެ ޤައުމުގައި ނުވެސް ހިނގާ ކަމަކަށް ހަދަން ކަމަށް ވެސް ބްރެސްލާ ބުންޏެވެ.

އިތުރަށް ބްރެސްލާ ބުނެފައި ވަނީ، އެކަމާ މެދު އިސްރާއީލްގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އަދި ހިތްހަމަ ނުޖެހުން ވެސް އޮތް ކަމަށެވެ. އަދި ރައްޔިތުން އަންނަނީ އެކަމާ މެދު ވަރަށް ބޮޑަށް ވިސްނަމުން ކަމަށާއި، ޤައުމުގެ ކުރިމަގާ މެދު ވިސްނާ ކޮންމެ މީހަކު ވެސް އެކަމާ ދެކޮޅު ވާނެ ކަމަށް ބްރެސްލާ ވަނީ ބުނެފަ އެވެ.

އެންމެ ދިގު މުއްދަތެއް ވަންދެން ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވި ނަތަންޔާހޫގެ މައްޗަށް ވަނީ ވަކި ވަކިން ތިން ދައުވާ ކޮށްފަ އެވެ. އެ ދައުވާ ތަކުގެ ތެރޭގައި ރިޝްވަތާއި، ވައްކަން އަދި ކޮރަޕްޝަން ޤަބޫލު ކުރުމުގެ ދައުވާތައް ވެސް ހިމެނެ އެވެ. އެ މައްސަލައިގައި ޝަރީއަތް ވެސް ތެލް އަވީވްގައި ހުންނަ ކޯޓުގައި ވަނީ ފަށައިފަ އެވެ. ނަމަވެސް، މިވަގުތު ޝަރީއަތްތައް އޮތީ މަޑު ޖެހިފަ އެވެ.

ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ އެންމެހާ ދައުވާ ތަކަށް އިންކާރު ކުރައްވައިފަ އެވެ. އެ މައްސަލައިގައި ނަތަންޔާހޫގެ ޤާނޫނީ ވަކީލުން ވަނީ އިސްރާއީލްގެ ރައީސް އަށް 111 ސޮފްހާގެ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ، ބޮޑު ވަޒީރު ނަތަންޔާހޫ އަދި ވެސް ޤަބޫލު ކުރައްވަނީ އެ މައްސަލަ ތަކަށް ޤާނޫނީ އިމުގެ ތެރެއިން ނިނުމެއް ގެނެވިދާނެ ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވެފައި ވަނީ އެ މައްސަލައިގެ ސަބަބުން އިސްރާއީލްގެ ސަލާމަތީ ކަންކަމާއި، ހަގީގަތް އަދި ޤައުމީ މަސްލަހަތު އެހެން ގޮތަކަށް ބަދަލު ވެގެން ދާ މަންޒަރު ފެންނަ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ދިޔުމަކީ ޤައުމުގައި ބައިބައިވުން އުފެދި، ބަދު ބަސް ބުނުން ވެސް އިތުރުވާ ކަމެއް ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ.

އިސްރާއީލްގެ ރައީސް ހާޒޮގްގެ އޮފީހުން ވެސް ވަނީ، ނަތަންޔާހޫގެ ފަރާތުން އެ ފަދަ ހުށަހެޅުމެއް ލިބިފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. އަދި ބުނެފައި ވަނީ، އެއީ އިތުރަށް ބަލަން ޖެހޭ ވަރަށް ބޮޑެތި އަސަރު ތަކެއް އޭގައި އެކުލެވިގެންވާ ކަމެއް ކަމަށެވެ. އެކަމުގައި ހުރިހާ ޚިޔާލެއް ހޯއްދެވުމަށް ފަހު، ޒިންމާދާރު އަދި އިޚުލާސްތެރި ނިންމުމެއް ރައީސް ނިންމަވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އަމިއްލަ ޤައުމުގައި ދައުވާ ތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން، ނަތަންޔާހޫ އަށް ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ވެސް މައްސަލަތަކާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ. ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ނަތަންޔާހޫ އާއި، އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ހައްޔަރު ކުރުމުގެ އަމުރެއް ވެސް ނެރެފަ އެވެ. އެއީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމައިގައި، ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ދައުވާގަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރު ޤާއިމު ކޮށްފައި ވީ ނަމަވެސް، އެ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު ވަނީ 70،000 އިން މައްޗަށް އަރައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ. އަދި އެ ހަނގުރާމައިގައި ޒަޚަމުވެފައިވާ މީހުންގެ އަދަދު ވަނީ 171،000 އިން މައްޗަށް އަރައިފަ އެވެ.

ދައުވާ ތަކުން މައާފު ހޯއްދެއްވުމަށް ނަތަންޔާހޫ ހުށަހަޅުއްވާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އޭނާ އަށް މައާފު ދިނުމަށް އިސްރާއީލްގެ ރައީސް އަށް ގޮވާލައްވައިފަ އެވެ. ޓްރަމްޕް އެހެން ގޮވާލައްވާފައި ވަނީ، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްރާއީލް އަށް ވަޑައިގެން، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ދެއްކެވި ވާހަކައިގަ އެވެ.

އެ މައްސަލައާ ގުޅިގެން އިސްރާއީލްގެ އިދިކޮޅު ލީޑަރު ޔައިރު ލެޕިޑް ވިދާޅުވެފައި ވަނީ، ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ތުހުމަތުގައި އޭނާ ކުށް ޤަބޫލު ކޮށްފައި ނުވާ ކަމަށާއި، އެކަމަށް އިއުތިރާފު ނުވެ އޭނާ އަށް މައާފު ލިބިގެން ނުވާނެ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

ބެންޖަމިން ނަތަންޔާހޫއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު