Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނު ރަހީނުން ދޫކޮށްލުން

އިޒްރޭލުން ދޫކޮށްލި ފަލަސްތީނު މީހުންގެ ކިބައިން ފެންނަން ހުރީ ޖަލުގައި ކުރި އަނިޔާއާއި ބަނޑުހައިހޫނުކަމުގެ ނިޝާންތައް

އިޒްރޭލުން ދޫކޮށްލި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ބަންދުގައި ތިއްބައި ލިބުނު އަނިޔާއާއި ގޯނާގެ ނިޝާންތައް ފެންނަން ހުއްޓެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 އެޕްރީލު 2025 | ހުކުރު 06:23
އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކޮށްފައިވާ އަނިޔާތައް

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ކޮށްފައިވާ އަނިޔާތައް

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ދޫކޮށްލި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ އެތައް ސަތޭކަ ބައެއްގެ ފަރާތުން ބަނޑުހައި ހޫނުކަމާއި އަނިޔާގެ ނިޝާންތައް ފެންނަން ހުރިކަމަށް އަލްޖަޒީރާގައި ބުނެފިއެވެ.

ފަލަސްތީނުގެ 600 އަށް ވުރެ ގިނަ މީހުން މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލާފައިވާއިރު، ހަމާސް އިން ވަނީ ހައްޔަރުކުރި ހަތަރު މީހެއްގެ ހަށިގަނޑު ހުރި ސަންދޯއްތައް ހަމާސްއާ ހަވާލުކުރި ކަމަށް ބުނެފަ އެވެ. ނަމަވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ ދެ އަންހެނަކާއި 44 ކުޑަކުދިން ދޫކޮށްލުން ފަސްކޮށްފައެވެ.

މިއީ ހަމާސް އާއި އިސްރާއީލާ ދެމެދު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެންމެ ފަހުން ޝެޑިއުލްކުރި ރަހީނުން ބަދަލުކުރުމުގެ މަރުހަލާއެވެ.

ފަލަސްތީނުގެ އެތައް ބަޔަކު އެމްބިއުލާންސްގައި ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔުނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެ މީހުންނަށް ލިބިފައިވާ ޒަހަމްތަކުގެ ސީރިއަސްކަމުންނެވެ. ފަލަސްތީނުގެ ގިނަ ބަޔަކު މިސްރާއި ހިފާފައިވާ ހުޅަނގު އައްސޭރިއަށް ވެސް ފޮނުވި އެވެ.

ޣައްޒާ ސިޓީއަށް ދޫކޮށްލި ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އަލާ އަލް ބަޔާރީ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އިޒްރޭލުގެ ޖަލުގައި ހުއްޓާ އޭނާއަށް ފެނުނީ "އަނިޔާއާއި މާރާމާރީ އާއި ނިކަމެތިކަން" ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި ޖަލުގައި އެމީހުން ތިބެނީ ބަރަހަނާކޮށް ބައިތިއްބާފައެވެ. އަދި ގަޔަށް ފެންޖެހުމަށްފަހު ކަރަންޓު ޖައްސާ އަނިޔާކުރާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

ރާމަﷲ އަށް ދޫކޮށްލި ފަލަސްތީނުގެ ގައިދީއެއް ކަމަށްވާ ޔަހްޔާ ޝްރީދާ ވަނީ އިސްރާއީލުގެ ޖަލުތަކަކީ ގަބުރުސްތާނުތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އޭނާ ބުނީ ތަހައްމައްލުކުރަން ޖެހުނު ހާލަތުން ސަލާމަތްވެއްޖެއެވެ. އިޒްރޭލުގެ ޖަލުތަކުން ސަލާމަތްވުން އޭނާ ސިފަކުރީ ވަޅުލާފައި އޮއްވާ ސަލާމަތްވުން ފަދަގޮތަކަށެވެ. އޭނާ ބުނީ މި ހާލަތަކީ ބަޔާންކުރެވޭ ފަދަ ހާލަތެއް ނޫން ކަމަށާއި، ދިމާވި ކަންތައްތައް ކިޔައިދިނުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ޣައްޒާއިން ރިޕޯޓްކުރާ އަލްޖަޒީރާގެ ތާރިގު އަބޫ އަޒްޒޫމް ބުނީ އިޒްރޭލުގެ ޖަލުތަކުން ދޫކޮށްލި ފަލަސްތީނުގެ ބައެއް މީހުން އެނބުރި އައި އިރު އަތްތައް ކަނޑާލާފައިވާ ކަމަށާއި އަނެއް ބަޔަކަށް ބޮޑެތި އަނިޔާތައް ދީފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. އަދި ދޫކޮށްލި މީހުންގެ ކިޔައިދިން ގޮތުގައި އިޒްރޭލުގެ ސިފައިންގެ ފަރާތުން ލާއިންސާނީ އަނިޔާތައް ލިބުނު ކަމަށެވެ.

ޤުދުސް ނިއުސް ނެޓްވޯކުން އޮންލައިންކޮށް ހިއްސާކޮށްފައިވާ ފުޓޭޖްތަކުން ފެންނަގޮތުގައި މިނިވަންވި ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ މިނިވަންކަން އިހުސާސުކުރެވި ރޮވުނުތަން ކަމަށެވެ. އެއް ކްލިޕުން ފެންނަގޮތުގައި އާއިލާގެ މެންބަރަކު އޭނާގެ ދޫކޮށްލާފައިވާ ތިމާގެ މީހާގެ ހާލު ފެނި އައިސްފައިވާ ބަދަލު ފެނި ހިތާމަކުރަމުންދިޔަ ތަނެވެ.

އިޒްރާލުގެ އިސްތިއުމާރީ ސިފައިންގެ އަތްދަށުން މިނިވަންވެ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީއަށް ފޮނުވާލެވުނު ލޫއޭ ސާބްނެހް އެތައް އަހަރެއް ވަންދެން ޖަލުގައި ބެހެއްޓުމަށްފަހު 7 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އޭނާގެ ދަރިފުޅު ޖަބަލްއާ ބައްދަލުކުރި މަންޒަރު ފެނެ އެވެ.

އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން މީގެ ކުރިން ހަމާސް އިން ރެޑްކްރޮސް މެދުވެރިކޮށް އިސްރާއީލާ ހަވާލުކުރި ހަތަރު މީހެއްގެ ހަށިގަނޑު މިހާރު ވަނީ ދެނެގަނެވިފައެވެ. މިކަމައި ގުޅޭގޮތުން އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގް ވިދާޅުވީ އެ މީހުންގެ ހަށިގަނޑުތަކަކީ އޮހާދު ޔަހަލޯމީ، ޓްސާޗީ އިދާން، އިޓްޒިކް އެލްގަރާޓް އަދި ޝްލޯމޯ މަންޓްޒޫރު ކަމަށެވެ.

ފަލަސްތީނުގެ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި ދެވަނަ ފިޔަވަހީގެ މަޝްވަރާތަކަށް ވަނުމަށް ތައްޔާރަށް އޮތް ކަމަށެވެ.

އަދި ގައިދީން މިނިވަންކުރުމަށް ހުރަސް އެޅުމަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތް "ނާކާމިޔާބު" ވެފައިވާ ކަމަށާއި އޭގެ މާނައަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

މި ގްރޫޕުން ވަނީ ގައުމުތަކުގެ ދެފުއްދެގޮތް ހުއްޓާލާ ފަލަސްތީނުގެ ރައްޔިތުންގެ ހާލުގެ ވާހަކަ ނުދައްކާ އިޒްރޭލުގެ ރަހީނުންނަށް ލިބިފައިވާ އަނިޔާތަކުގެ ވާހަކަތައް އެކަނި ނުދެއްކުމަށް ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު