Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް މެޖޯރިޓީ ދިނުން

ސަރުކާރަށް މަޖިލިސް މެޖޯރިޓީދީގެން އެއްވެސްތަނެއް މިނިވަނެއް ނުކުރެވޭނެ: އަލީ ހުސެއިން

މަޖިލީހުގެ މެމްބަރުކަމުގައި ރައީސުލްޖުމްހޫރިއްޔާއާ ސުވާލެއް ކޮށްލާނެ ފުރުސަތެއް ނުލިބޭ

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 9 އެޕްރީލު 2025 | ބުދަ 05:38
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން

އިންތިޚާބު ކުރެވޭ ސަރުކާރަކަށް ޖެހިގެން އަންނަ އިންތިޚާބުގައި ރައްޔިތުންގެ މަޖިލިސް މެޖޯރިޓީދީގެން ދައުލަތުގެ އެއްވެސް މުޢައްސަސާއެއް މިނިވަން ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އަލީ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހު ޖެހިގެން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމަށެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ބަޔަކަށް މަޖިލިސް މެޖޯރިޓީ ކޮންމެހެން ބޭނުންކަމަށް އިންތިޚާބުކުރެވޭ ރައީސުލްޖުމްހޫރިއްޔާ ވެސް ރައްޔިތުން ކައިރީ ވިދާޅުވާ މަންޒަރު ފެންނަކަމަށް އަލީ ވިދާޅުވިއެވެ. މިހާރު މިފެންނަ މައްސަލަތައް މިފެންމަތިވަނީ ޖެހިޖެހިގެން މިދެއިންތިޚާބު ބޭއްވުމުންތޯ ދިރާސާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މިނޫން ހައްލަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ މިހާރު ވެސް ޤާނޫނީ އިމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރުކުރެވި ސުވާލުކުރުމަށް ހުރަހެއް ނެތް ކަމަށެވެ. އެކަން އެގޮތަށް ނުކޮށް ސަރުކާރު ވެސް ރައީސުލްޖުމްހޫރިއްޔާ ވެސް ޒިންމާދާރު ކުރެވޭނެ ފުރުސަތު ނެތް ކަމަށް ވިދާޅުވިއެވެ. 5 އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާބުކުރުމުން އެމުއްދަތުގައި ބޭނުންފުޅު ކޮންމެ ގޮތަކަށް ކަންކަން ކުރައްވާއިރު 5 އަހަރު ފަހުން އަނެއްކާވެސް އިންތިޚާބެއްގައި ވޯޓު ލެވެންދެން ރައްޔިތުން ބަލަހައްޓައިގެން ތިބެންޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް މިނިވަންތަނެއްގެ ގޮތުގައި އޮވެގެން މެނުވީ ޖުޑިޝަރީވެސް މިނިވަން ނުކުރެވޭނެ ކަމަށް އަލީ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ހިލޭ ތަބަކަކަށްލައިފައި މަޖިލިސް ދިނުމުން އެމަނިކުފާނު ހައްދަވާނެ އެއްޗެއް ހައްދަވަން ޤައުމު ދެވުނީ ކަމަށް އަލީ ވިދާޅުވިއެވެ. އަދި މިހާރު ހިތި ތަޖުރިބާތަކެއް ދިވެހިން ކޮށްފިކަމަށާ މިކަމަކީ ދިވެހިން ވިސްނަންޖެހޭ ކަމެއް ގޮތުގައި އަލީ ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު