Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ރާއްޖޭގެ ހާލަތު ބަދަލުކުރެއްވުމަށް ފަހު

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 12 ފެބުރުއަރީ 2017 | އާދީއްތަ 22:17
ރައީސް ނަޝީދާއި އެމްޑީޕީގެ ނައިބް ރައީސް ޝިފާޒު ވާހަކަފުޅު ދައްކަވަނީ

ރައީސް ނަޝީދާއި އެމްޑީޕީގެ ނައިބް ރައީސް ޝިފާޒު ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝިފާޒް ވިދާޅުވީ އިނގިރޭސީ ވިލާތުން ސިޔާސީ ހިމާޔަތް ހޯދައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް އެނބުރި ވަޑައިގެންފި ނަމަ ޖަލަށްދާން ޖެހިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ރާއްޖޭގެ ހާލަތު ބަދަލުކުރެއްވުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ރައީސް ނަޝީދު ރާއްޖެވަޑައިގަންނަވަނީ ރައްޔިތުންނާއެކީގައި، ރައްޔިތުންނާއެކު ހުންނެވޭނެ ފަދަ މާހައުލެއް ގާއިމްކޮށްފަ، އަލުން އެނބުރި ޖަލަށް ވަޑައިގަންނަވާނެ ކަމަށް ގަބޫލެއް ނުކުރަން،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ރައީސް ނަޝީދު ރާއްޖެވަޑައިގަންނަވާނެ ތާރީޙެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ލަންކާގައި ކުރިއަށް ގެންދެވި މަޝްވަރާތަކުން އެނގިގެން ދިޔައީ ރައީސް ނަޝީދު ރާއްޖެވަޑައިގަންނަވާނެ ކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ޔަގީންވާ ކަމަކީ ރައީސް ނަޝީދު ރާއްޖެވަޑައިގަން ނަވާނެކަން، ވަޑައިގަންނަވާނެ ދުވަހާ ހާލަތެއް ނޭނގޭ" ޝިފާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއެކު ކުރިއަށް ގެންދެވި މަޝްވަރާގައި ނިންމެވި ކަންކަމުގެ ނަތީޖާ ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ ކަމަށާއި އެއާއެކު ޕާޓީގެ ހިންގުން ވެސް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

"މުޅި ރާއްޖެއަށް ބޭނުންވާ ބޮޑު ބަދަލުގެ ހަރަކާތަށް، އަޅުގަނޑުމެން ތަރުތީބުކަމާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަން ގެންދާނަން،" ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އަދި އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ

އިނގިރޭސީވިލާތުން ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ޖެނުއަރީގައި ބޭސްފަރުވާ އަށް ރާއްޖެ ދޫކުރައްވައި އިނގިރޭސީވިލާތަށް ވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ލަންކާ އަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ވެސް އެމަނިކުފާނު ލަންކާ އަށް ވަޑައިގެންނެވި އެވެ.ރައީސް ނަޝީދު ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، 2015 ވަނަ އަހަރުގެ މާޗް މަހު އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު