Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނާޒިމްގެ ހަތިޔާރު މައްސަލަ

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުން ދޭ ހައްގުތައް ނިގުޅައިގަތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2017 | ބުރާސްފަތި 21:00
ނާޒިމް: 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބަންދުގައި

ނާޒިމް: 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބަންދުގައި

‎ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރަކީ ފުލުހުން ވެއްދި ތަކެތި ކަމަށް ކަނޑައަޅައި، ނާޒިމް ވަގުތުން ދޫކޮށްލައި ޖަލުގައި ހުންނަވަންޖެހި ވަޑައިގަތުމުގެ ސަބަބުން ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ދިވެހި ސަރުކާރަށް އަންގައިފި އެވެ.

‎ނާޒިމް ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލައިގައި ނާޒިމްގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލި ހުކުމެއް އިއްވާފަ އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ. އަދި ނާޒިމަށް ހުކުމް އިއްވީ ރަނގަޅަށް ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

Advertisement - newsAdvertisement

‎ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމުން ހުކުމް އިސްތިއުނާފުކޮށް ސަލާމަތްވާން ހުރި ހުރިހާ ދޮރުތަކެއް ނާޒިމް އަށް ބަންދުވި އެވެ. އެހެންކަމުން ނާޒިމްގެ އާއިލާއިން ނިންމީ ނާޒިމަށް އިންސާފު ހޯދައިދެވޭނީ ރާއްޖެއިން ބޭރުން ކަމަށެވެ. އެގޮތުން އެމްނެސްޓީ އިންޓަނޭޝަނަލްއާ ގުޅިގެން ނާޒިމްގެ އާއިލާއިން ވަނީ އެ މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުށަހަޅާފަ އެވެ.

‎ނާޒިމްގެ ފަރާތުން ވޯކިން ގްރޫޕަށް ހުށަހެޅި މައްސަލައިގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޖަވާބުދާރީވާން ތިން މަހުގެ މުއްދަތެއް ސަރުކާރަށްދިނެވެ.

.

‎ނަމަވެސް ސަރުކާރުން އިތުރު ވަގުތު ބޭނުންވާ ކަމަށް ސަރުކާރުން ބުނުމުން ޖަވާބުދާރީވުމަށް އިތުރުމުއްދަތެއް ދިނެވެ. އަދި ސަރުކާރުން ޖަވާބުދީފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

‎ދެ ފަރާތުގެ ވާހަކަތަކަށް ބެލުމަށް ފަހު ނާޒިމްގެ މައްސަލައިގައި އދ. ގެ ވޯކިން ގްރޫޕުން ނިންމުމަކާ ހަމައަށް ދިޔައީ ބުދަ ދުވަހު އެވެ.

‎ނާޒިމްގެ މައްސަލައިގައި އެ ގްރޫޕުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ނާޒިމް ދިރުއުޅުއްވި އެޕާޓްމެންޓަށް ފުލިހުން ވަން ހިސާބުން ފެށިގެން ގޮސް ސުޕްރީމް ކޯޓުން އިސްތިއުނާފު ބޭރުކޮށްލުމާ ހަމައަށް ނާޒިމަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތަކެއް ނިގުޅައިގަނެވިފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ދެ މުއާހަދާ ކަމަށްވާ، ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ އާއި ޔުނިވާސަލް ޑިކްލެރޭޝަން އޮފް ހިއުމަންރައިޓްސް އިން ކަށަވަރުކޮށްދޭ އެތައް ހައްގެއް ނިގުޅައިގަނެފައިވާ ކަމަށް ވޯކިން ގްރޫޕުން ނެރުނު 17 ސޮފްހާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

‎ރިޕޯޓުގައި ބުނެފައިވަނީ ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކުގެ ބޭރުން ނާޒިމްގެ އެޕާޓްމެންޓަށް ހަތިޔާރު ވައްދައި، އަދި އެ ހަތިޔާރުން އެހެން މީހެއްގެ ޑީއެންއޭ ފެނުމުން ވެސް ނާޒިމް ބަންދުކޮށްފައި ހުރި ހުރުމުން ދޭހަކޮށްދެނީ މިއީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއްކަން ކަމަށެވެ.

‎ނާޒިމްގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ހިންގިއިރު، މައްސަލައިގެ 26 ލިޔެކިޔުމެއް ނާޒިމަށް ދީފައިނުވާކަމާއި، ބޮޑު ދައުވާއަކުން ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދީފައިނުވާކަން އެ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.

‎އަދި ނާޒިމްގެ ފަރާތުން ދިފާއުގައި 50 ހެކިން ހުށަހެޅިއިރު، ދަށު ކޯޓަށް ހާޒިރުކުރީ އެންމެ ތިން ހެކިންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

‎އަދި ޖަލުގައި ބަންދުކުރުމަށްފަހު ނާޒިމަށް އެކަށީގެންވާ ބޭސްފަރުވާ ދިނުމަށް އިހުމާލުވެފައިވާކަމާއި، ނާޒިމަށްދޭ ބޭސްތަކުގެ މައުލޫމާތާއި ބަލީގެ ހާލަތު އާއިލާއަށް އަންގަމުން ގޮސްފައިނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

‎އދ. ގެ ވޯކިން ގްރޫޕުން ބުނީ ނާޒިމްގެ މައްޗަށާއި އެހެނިހެން ސިޔާސީ ފަރާތްތަކުގެ ޝަރީއަތްތަކުގައި އެތްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށާއި އިޖުރާއަތުތައް ފުރިހަމަނުވާ ކަމަށެވެ. ވަކިން ހާއްސަކޮށް ނާޒިމްގެ ޝަރީއަތުގައި ގިނަ ކަންތައްތަކެއް ބައިނަލްއަގްވާމީ މިންގަނޑުތަކާ ޚިލާފު ކަމަށް ބުނެފައިވެ އެވެ.

‎އެ ގްރޫޕުން ބުނީ ނާޒިމްގެ މައްޗަށް ހިންގީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށެވެ.

‎އަދި ނާޒިމްގެ ފަރާތުން އދ. އަށް ހުށަހެޅި މައްސަލައިގައި ހަގީގަތް އޮޅުވާލާފައިވާ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ތާއީދު ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނީ ކިހިނެތްތޯ ކުރާ ސުވާލަށް ސަރުކާރަށް ޖަވާބުދެވިފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަންތައްތައް ފާހަގަކޮށް އެ ގްރޫޕުން ވަނީ ނާޒިމް ވީހާވެސް އަވަހަަކަށް މިނިވަންކޮށް ނުހައްގުން ބަންދުކޮށްފައި ހުރި ދުވަސްތަކަށް ބަދަލު ނަގައިދިނުމަށް ސަރުކާރަށް އަންގާފަ އެވެ.

‎މީގެ އިތުރުން ވޯކިން ގްރޫޕުން ވަނީ ރާއްޖޭގެ ހާލަތު ބެލުމަށް ރާއްޖެ އައުމުގެ ހުއްދައަކަށް ވެސް އެދިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު