Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

އެއްހާސް ވަޒީފާ އިތުރުވި ކަމެއް ޕެންޝަން ސްކީމަކު ވެސް އަދި ސިވިލް ސާވިސްގެ ދަފްތަރަކު ވެސް އެނގެން ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 ފެބުރުއަރީ 2017 | އާދީއްތަ 04:13
ހޮނިހިރު ދުވަހުގެރޭގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އަހްމަދު ޢަބްދުﷲ ވާހަކަ ދައްކަވަނީ

ހޮނިހިރު ދުވަހުގެރޭގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އަހްމަދު ޢަބްދުﷲ ވާހަކަ ދައްކަވަނީ

މިހާރު މިއޮތް ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް މިހާރު ސަރުކާރަށް ގޮވެނީ ކޮސްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ޢަބްދުﷲ ވިދާޅުވެއްޖެވެ.

އަހުމަދު ޢަބްދުﷲ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުކީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އަހުމަދު ވިދާޅުވީ މިސަރުކާރުން 2016 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅަމުން ބުނެފައި ވަނީ ރާއްޖޭގެ އިޤްތިސޯދަށް 12 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށާއި އެކަމަކު އޭގެ ދެބައިކުޅައެއްބަޔަށްވުރެ ދަށަށް ވެއްޓިފައިވާ ކަމަށެވެ. އިގްތިސޯދީ ދުވެލި ދަށަށް ދިއުމާއި ދައުލަތުގެ ރިޒާވް ދަށަށްދާ ސަބަބުތަކާމެދު އަހްމަދު ވަނީ ސުވާލު އުފައްދައިފަ އެވެ.

"އިއްޔެ މިފެނުނީ ދެއްތޯ 100 މިލިއަން ރިޒާވް ހަމަޖައްސަން އިންޑިޔާގެ ބޭންކަކުން ނެގި ވާހަކަ. މިއަހަރަށް ވެސް އަރަނި ބޮޑުވާނެޔޭ ބުނެފައި ނޫންތޯ އެބުނީ އުފެއްދުންތެރިކަމަށްވުރެ ދަރަނި ބޮޑޭ. ދެން މިދައްކާ ވާހަކަ ތާކުންތާކު ނުޖެހޭ ނޫންތޯ. ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ހަމަ ގޮވެނީ ކޮސް. ގިނަ ވާހަކަ ދެއްކިވަރަކަށް ރައްޔިތުންނަށް ހާމަވެގެންދަނީ ސަރުކާރުގެ ނާގާބިލް ކަމާއި ސަރުކާރުގެ ޕްލޭނެއް ނެތްކަން،" އަހުމަދު ވިދާޅުވިއެވެ.

ރަސްފަންނު ހެދިފަހުން އެތަނަށް އިތުރު ޚަރަދެއް ނުކުރާ ކަމަށް ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ އަހުމަދު ވިދާޅުވީ ރަސްފަންނަށް ވެލިގެންނަންދާ ވެހިކަލްގެ ޕެޓްރޯލް ނުވަތަ ޑީސަލަކީ ޚަރަދު ކަމަށާއި އެކަން ކުރަން ތިބޭ މުވައްޒަފުންނަށްވެސް އެކުރެވެނީ ދައުލަތުން ޚަރަދު ކަމަށެވެ. އެހާވަރަށް ތަންދޮރު ނޭނގި ބުއްދި ނެތި ވާހަކަ ދެއްކެވި ނަމަވެސް ރައްޔިތުން އެވާހަކަ ޤަބޫލުކޮށްގެން ބުއްދި ގޯސް މީހުންގެ ގޮތުގައި ރައްޔިތުން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ސަރުކާރުން ދައްކަވާ ވާހަކަތައް ރައްޔިތުން ވަރަށް ބޮޑަށް ބަލާ ކަމަށާއި ސޯޝަލް މީޑިޔާ ފަދަ ތަންތަނުގައި ޕޮއިންޓުން ޕޮއިންޓަށް ހާމަކޮށްފައި ހުންނަކަމަށެވެ. މިސަރުކާރުން ރައްޔިތުން އެދޭ ފަދަ ކަންތައްތަކެއް ނުކުރައްވާ ކަމަށާއި އެކަންކަން މިއަދު ރައްޔިތުން ބަލަމުންދާ ކަމަށާއި މިސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް އަހްމަދު ވިދާޅުވި އެވެ.

ސަރުކާރުން ޒުވާނުންނަށް އިސްކަމެއް ދެއްވައިގެން ކަންކުރަމުންދާ ކަމަށް ބުނާ ބުނުމަށާއި 60 ހާހަށްވުރެ ގިނަ ވަޒީފާ އުފެއްދެވި ކަމަށް ބުނާ ބުނުމަށް އިޝާރާތް ކުރައްވާ އަހުމަދު ވިދާޅުވީ އެފަދަ ކަމެއް ލިބުނު ޒުވާނެއް ނެތް ކަމަށާއި އުފެއްދި ވަޒީފާތަކެއް ފެންނާކަށް ނެތްކަމަށެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

29 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު