Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ.ފީއަލި

ލެބޯޓްރީގެ ޚިދުމަތް ހުއްޓި، ފީއަލީގެ ލޭ އަޅާ ކުދިން ލޭ ނޭޅިފައި

4 އެޕްރީލު 2025 | ހުކުރު 06:03

ފީއަލީގައި ތިބި ލޭ އަޅާ ކުދިންނަށް ލޭ އަޅާނެ ގޮތެެއް މިވަގުތު ނެތްއިރު، އެ ރަށަކީ ރާއްޖޭގައި އެންމެ ގިނަ ލޭ އަޅާ ކުދިން ތިބި އެއް ރަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އެޕްރީލު 2025 | ހުކުރު 06:03
ފީއަލީ ޞިއްޙީ މަރުކަޒު މިހާރު ހިންގަމުން އަންނަ އިމާރާތް

ފީއަލީ ޞިއްޙީ މަރުކަޒު މިހާރު ހިންގަމުން އަންނަ އިމާރާތް

ފ.ފީއަލީ ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތް ހުއްޓި، އެ ރަށު ލޭ އަޅާ ކުދިންނަށް ލޭ ނޭޅުމުގެ ކަންބޮޑުވުން ބޮޑުވެއްޖެ އެވެ.

ފީއަލީ ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތް ހުއްޓުނީ، އެ މަރުކަޒުގައި މަސައްކަތް ކުރަމުން އައި ބިދޭސީ ލެބް ޓެކްނީޝަން ވަޒީފާ އިން ވަކިވުމުންނެވެ.

Advertisement - newsAdvertisement

"ރާއްޖެ އެމްވީ" އަށް އެނގިފައިވާ ގޮތުގައި އެ މަރުކަޒުގައި މަސައްކަތް ކުރަމުން އައި ލެބް ޓެކްނީޝަން ވަޒީފާ އިން ވަކިވެފައި ވަނީ ހުސްވި މާރޗު މަހުގެ 31 ވަނަ ދުވަހު އެވެ. އެއީ ވަޒީފާގެ އެއްބަސްވުން އައު ކުރަން އޭނާ ބޭނުން ނުވެ، ވަޒީފާ އިން ވަކިވުމަށް ތިން މަަސް ދުވަހުގެ ނޮޓިސް ދިނުމަށް ފަހު އެވެ.

ނަމަވެސް، އެ މުއްދަތުގައި ވެސް އޭނާގެ ބަދަލަށް އެހެން މީހަކު ހަމަޖައްސައިދީފައި ނުވާކަން ވަނީ އެނގިފަ އެވެ. މީހަކު ހަމަޖައްސައި ދިނުމަށް އެދި ފީއަލީ ޞިއްޙީ މަރުކަޒުން ހެލްތު މިނިސްޓްރީ ގައި ވެސް ވަނީ އެތައް ފަހަރެއްގެ މަތިން އެދިފަ އެވެ. ނަމަވެސް. މީހަކު ލިބެން ނެތް ކަމަށް ބުނެ މިނިސްޓްރީން މިހާތަނަށް މީހަކު ހަމަޖައްސައިދީފައި ނުވެ އެވެ.

ފީއަލީ ޞިއްޙީ މަރުކަޒުގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، ލެބް ޓެކްނީޝަނެއް ހޯދުމަށް ކުރި މަސައްކަތުގައި، އެ އަތޮޅުގައި ހުންނަ ފ.އަތޮޅު ހޮސްޕިޓަލް އިން ވެސް މީހަކު ލިބޭ ގޮތެއް ނުވި އެވެ. އަދި މީހަކު ހަމައްޖައްސައި ދެވެން ނެތް ކަމަށް އަތޮޅު ހޮސްޕިޓަލް އިން އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން، މިވަގުތު ފީއަލީގައި ތިބި ލޭ އަޅާ ކުދިންނަށް އެ ރަށުން ލޭ އެޅުމުގެ ޚިދުމަތް ވަނީ ހުއްޓިފަ އެވެ. ލޭ އަޅަން ބޭނުންވާ ނަމަ، ދެން ޖެހޭނީ ލޭ އަޅާ ކުއްޖާ އަދި އެ ކުއްޖާގެ ޑޯނަރު އެހެން ރަށަކަށް ގޮސްގެން ލޭ އަޅަން ކަމަށް ވެސް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފީއަލީ ލޭ އަޅާ ކުއްޖެއްގެ ބެލެނިވެރިޔަކު "ރާއްޖެ އެމްވީ" އަށް ބުނީ، އޭނާގެ ދެ ކުދިން ލޭ އަޅަން ޖެހޭ ދުވަހަކީ ހޮނިހިރު ދުވަަސް ކަމަށެވެ. ނަމަވެސް، މިވަަގުތު ރަށުން އެ ޚިދުމަތް ލިބެން ނެތުމުން، އޭނާ ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

އެކަމަ ގުޅިގެން ފީއަލީ ޞިއްޙީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ، ހެލްތު ސާވިސްގެ މަގާމުގައި ހުންނެވި ބޭފުޅާއާއި އެތައް ފަހަރެއްގެ މަތިން ވާހަކަ ދެއްކި ކަމަށް ވެސް އެ ބެލެނިވެރިޔާ ބުންޏެވެ. ނަމަވެސް އެ ބޭފުޅާގެ ޖަވާބަކީ، "ތިޔަކަމާ ދެން އުޅޭނީ މިނިސްޓްރީން" ކަމަށް އެ ބެލެނިވެރިޔާ ބުންޏެެވެ.

ފީއަލީގައި ތިބި ލޭ އަޅާ ކުދިންނަށް ލޭ އަޅާނެ ގޮތެެއް މިވަގުތު ނެތްއިރު، އެ ރަށަކީ ރާއްޖޭގައި އެންމެ ގިނަ ލޭ އަޅާ ކުދިން ތިބި އެއް ރަށެވެ. އެ ރަށުގައި ލޭ އެޅުމުގެ ޚިދުމަތް ދޭން ފެށި ފަހުން، މިއީ އެ ޚިދުމަތް ހުއްޓުނު ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް