Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޚަލީލް ސަރ

ރައީސްވެސް ވިދާޅުވާ ކަހަލަ "އަޅުގަނޑަށް ނަށަން ދަސްކޮށްދެއްވި ޚަލީލް ސަރއަށް ޝުކުރިއްޔާ"

3 އެޕްރީލު 2025 | ބުރާސްފަތި 11:07

ފިތުރު އީދަށް ބޭއްވި ހަރަކާތްތަކާއެކު ހީވީ ސަރުކާރަކުން އަލަށް ކަމެއް ކުރެވިގެން އުޅޭހެންނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 3 އެޕްރީލު 2025 | ބުރާސްފަތި 11:07
ރައީސް މުއިއްޒު އީދު ހަރަކާތްތަކުގައި ބައިވެރިވަނީ

ރައީސް މުއިއްޒު އީދު ހަރަކާތްތަކުގައި ބައިވެރިވަނީ

"ޝުކުރިއްޔާ ވިސާކާ މިސް". "ޝުކުރިއްޔާ ރަމީޒް ސަރ". "ކިޑީދައްތައަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" އަޅުގަނޑަށް ލަވަ ދަސްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" މިއީ މީގެ އަހަރުތަކެއް ކުރިން ޓީވީއެމް ސްކޫލް ކުދިންގެ ލަވަމުބާރާތުގެ ނަތީޖާ ފާޅުކުރާ ދުވަހުގެރޭ ސްޓޭޖް މަތިން އެންމެ ގިނައިން އިވޭ އަޑެވެ. ވަނަވަނައަށް ދިޔަ ކުދިން އެކުދިންގެ ޝުއޫރުތައް ފާޅުކޮށްލުމުގެގޮތުން ބުނެ އުޅޭ ގޮތެވެ. އެފަޚުރުވެރި، އެ އުފާވެރި ކާމިޔާބީ ހޯދައިދިނުމުގައި އެހީތެރިވި ފަރާތްތަކުގެ މަތިން ހަނދާންކޮށް ވަކިވަކިން ނަންތައް ކިޔައި ޝުކުރުއަދާކޮށް އުޅޭއުޅުމެވެ.

އޭގެ އަހަރުތަކެއް ފަހުން ހަމަ އެފަދަ ކަމެއް މިފެނުނީ މިދިޔަ އީދުގައެވެ. ފިތުރު އީދުގައެވެ. ސީދާ އެންމެ މަތީންނެވެ. ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުންނެވެ.

އީދަށް މިސަރުކާރުން ތައްޔާރުވަމުން އައީކީ ތިޔަހެނެއް ނޫނެވެ. ހެޔޮވަރުގެ 28 މިލިއަން ރުފިޔާ ހަމައެކަނި ބޮތްކަށް ހުސްކޮށްލިއެވެ. ސަލްޓަންޕާކްތެރެ ކުޅިވަރަށް ޚާއްޞަ ކުރިއެވެ. ޖުމްހޫރީ މައިދާނުގައި ބޮޑު ހަވީރެކެވެ. އިސްލާމީ މަރުކަޒުގެ ބޭރުގައިވެސް މިއުޒިކާއެކު ތަފާތު ހަރަކާތްތަކެވެ.

ދެނެކާ ދެނެއް ނެތެވެ. އީދު ފެށުނީއެވެ. އީދު ދުވަސްކަން އިއުލާންވެސް ކުރުމުގެ ކުރިން ރައީސް މީހާގެ ނަމުގައި އެންމެނަށް ފޮނުވަންފެށި އީދު ތަހުނިޔާގެ މެސެޖަކުންނެވެ. އީދު ސަލާން ކޮށް ވަޒީރުންނާއި ދައުލަތުގެ ބޮޑުން ރައީސާއެކު އަރިއަރިއަށް ފޮޓޯ ނަގައި ސޯޝަލް މީޑިޔާ ފުރާލިއެވެ. އީދުދުވަހުގެ ހަވީރުގެ ކުޅިވަރުތައް ފެށުނީއެވެ. ސީދާ ކުޅިވަރުތައް ކުޅޭ ތަނަށް ރައީސްގެ އާއިލާވެސް ވަޑައިގެންނެވީއެވެ. ހަމަ އެއްކަލަ ބޮޑުންނާއެކު އިތުރު ފޮޓޯތައް ނެގުން ކުރިއަށްވެސް ގެންދިޔައީއެވެ.

ދެދުވަހެއްގެ މަތީން ސަރުކާރުގެ ބޮޑުންނާއި ޚުދު ރައީސުލްޖުމްހޫރިއްޔާ އުޅުއްވީ އެކަމެއްގައެވެ. 17 ދުވަހަށް ބަންދުކޮށްފައި އޮތް އޮތުމާއެކު މާލޭގެ ގިނަބަޔަކު ފުރަފުރައިގެން ގޮސްފައި އޮއްވައެވެ.

ދެންފެނުނީ މާ ހެއްވާ ކަމެކެވެ. ކުރިން ބުނިހެން ޓީވީއެމްގެ ލަވަމުބާރާތް ނިންމާ ރޭ އެފެންނަ ފަދަ މަންޒަރެވެ. ރައީސުލް ޖުމްހޫރިއްޔާވެސް ވިދާޅުވާ ކަހަލައެވެ. "އަޅުގަނޑަށް ނަށަން ދަސްކޮށްދިން ޚަލީލް ސަރ އަށް ޝުކުރިއްޔާ"އެވެ.

ނޫނެކެވެ. އެމަނިކުފާނު ވިދާޅުވީ އެހެނެއް ނޫނެވެ. އެމަނިކުފާނާއި ސަރުކާރު އެކީއެކަށް އަދި ސަރުކާރު ޕްރޮމޯޓް ކުރާން ފައިސާ ދީގެން ގެންގުޅޭ ކުދިންކޮޅު ބިޒީވީ އެހެން އެއްޗެކޭ ކިޔުމަށެވެ. މިހާތަނަށް އެވަރުގެ ކަމެއް ނުކުރާކަން ހާމަ ކުރުމަށެވެ. މިވަރުގެ އީދެއް ފާހަގަ ނުކުރާކަން ދެއްކުމަށެވެ. ކުޑަކުދިންނަށް މިފަދަ ކުޅިވަރު ހަވީރެއް ބޭއްވުނީ އަދި ކިރިޔާކަމަށް ވިސްނައިދިނުމަށެވެ. އެކަމަށްޓަކައި ހަދަހަދައިގެން ބޮޑެތި ޚަބަރުތައް ދެއްކިއެވެ. ރިޕޯޓްތައް ގެނައެވެ. އެހަރަކާތްތައް އިންތިޒާމް ކުރި ފަރާތްތަކަށް ޝުކުރު އަދާކުރާން ފެށީވެސް ތިޔަހެނެއް ނޫނެވެ. އެތަނަށް ތަކެތި އުފުލި މީހުންނަށާއި އެތަން ތައްޔާރުކުރި މީހުންނަށެވެ. ކެރެކްޓަރ ތަކުގެ ކޮސްޓިއުމްތައް ލައިގެންތިބި މީހުންނަށާއި އެމީހުންނަށް އަތްގާތްކޮށްދީ ހަދަން އުޅުނު މީހުންނަށެވެ. ދުރުގައި އަތްޖަހަންތިބި މީހުންނަށެވެ. ކުޅިބަލަން އެއްވި މީހުންނަށާއި އެތަނަށް ނާދެވި ގޭގައި ތިބި މީހުންނަށެވެ. ހަމަ އެއްކަލަ މޭރުމުންނެވެ. ޝުކުރިއްޔާ ރަމީޒް ސަރ އެވެ. ތޭރައަށް ވަކިން ބޮޑަށް ޝުކުރިއްޔާއެވެ. ހެދުން ފަހައިދިން މަންމައަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

ކޮންމެއަކަސް މިސަރުކާރަކީ ދެއްކުމުގެ ސަރުކާރެކެވެ. ކިތައްމެ ކުޑަކަމެއް ކުރިއަސް އާ ކަމެއް ކަމުގައި ހަދައިގެން ވަރަށް ބޮޑަށް މަންޒަރު ދައްކާ ސަރުކާރެކެވެ. ނާފަހެ އަލަކަށް ކަމެއް ނުހިނގައެވެ. އާކަމެއް ނުވެސް ކުރެއެވެ. ރާއްޖެއަށް އީދެއް އައިސްގެން އެކަން ފާހަގަކުރި މީކީ ފުރަތަމަ ފަހަރެއްވެސް ނުމެ ނޫންމެއެވެ. ތިޔަކަހަލަ ލައްކަ ކުޅިވަރު ކުޅުނެވެ. ލައްކަ ކަންކަން މީގެ ކުރީގެ ސަރުކާރުތަކުންވެސް ކުރިއެވެ. ފްލޯޓްތައްވެސް ނެރުނެވެ. މާލިތައްވެސް ތައްޔާރުކުރިއެވެ. ތިޔަވަރު ވެގެނެއް ބަޔަކު ނޫޅެއެވެ. ތިޔަހާ ބޮޑުކަމެއް ކުރެވިގެން ފުމެފުމެއެއްވެސް ނަހަދައެވެ. އިތުރަކަށް މަށެއްވެސް މިވާހަކައެއް ނަގަނަގައިގެން ދައްކާކަށް ނޫޅެމެވެ. އެކަމަކު ނިންމާލަމުން ބުނެލާނަމެވެ. ތިކުރެވުނީ އަދި މާބޮޑު ކަމެއް ނޫނެވެ. އާކަމެއްވެސް ކުރެވުނީއެއް ނޫނެވެ. ތިޔަށް ކިޔަނީ އާ ކުކުޅަކަށް ގާބިހެއް އެޅުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 ޖުލައި 2021

"މަނިކުފާނުގެ އަނބިކަނބަލުންގެ ޓިކެޓް އަޅުގަނޑަށް ދެއްވާށެވެ"

09 ޖުލައި 2021
"މަނިކުފާނުގެ އަނބިކަނބަލުންގެ ޓިކެޓް އަޅުގަނޑަށް ދެއްވާށެވެ"
01 ފެބުރުއަރީ 2021

އަޅުގަނޑުވެސް ޖަހައިފިން، އަޅުގަނޑަށް ޔަޤީންކަން ލިބިގެން ވެކްސިން މި ޖެހީ: ޑރ. ފައިސަލް

01 ފެބުރުއަރީ 2021
އަޅުގަނޑުވެސް ޖަހައިފިން، އަޅުގަނޑަށް ޔަޤީންކަން ލިބިގެން ވެކްސިން މި ޖެހީ: ޑރ. ފައިސަލް
31 އޮކްޓޯބަރު 2018

ނަޝީދާއެކު ވީހާލެއްގައިވާން ތިބި މީހުން މާލެ އައިސް ފުރާލަނީ، އަޖައިބެއް ކަހަލަ ލޯތްބެއް

31 އޮކްޓޯބަރު 2018
ނަޝީދާއެކު ވީހާލެއްގައިވާން ތިބި މީހުން މާލެ އައިސް ފުރާލަނީ، އަޖައިބެއް ކަހަލަ ލޯތްބެއް
15 އޮކްޓޯބަރު 2018

ލޮނދި ހިކައެއް ކަހަލަ ފާހަގަ

15 އޮކްޓޯބަރު 2018
ލޮނދި ހިކައެއް ކަހަލަ ފާހަގަ
09 އޯގަސްޓު 2018

ދޫފުޅުން ވިދާޅުވާ ބަސްތަކުން ލިބެނީ ހައިރާންކަން

09 އޯގަސްޓު 2018
ދޫފުޅުން ވިދާޅުވާ ބަސްތަކުން ލިބެނީ ހައިރާންކަން
12 ޖޫން 2018

އެވިދާޅުވާ ސާފު ކެނޑިޑޭޓަކީ ކޮބާ؟

12 ޖޫން 2018
އެވިދާޅުވާ ސާފު ކެނޑިޑޭޓަކީ ކޮބާ؟
06 އެޕްރީލު 2018

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

06 އެޕްރީލު 2018
ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
06 ޖެނުއަރީ 2018

މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!

06 ޖެނުއަރީ 2018
މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!
16 ސެޕްޓެމްބަރު 2017

އަޅުގަނޑަށް އިވުނީ އަތަށް ގޮވި އަޑެވެ.

16 ސެޕްޓެމްބަރު 2017
އަޅުގަނޑަށް އިވުނީ އަތަށް ގޮވި އަޑެވެ.
22 އެޕްރީލު 2017

42 މިވީ ކޮންކަހަލަ އަދަދަކަށް؟

22 އެޕްރީލު 2017
42 މިވީ ކޮންކަހަލަ އަދަދަކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް