Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
42

42 މިވީ ކޮންކަހަލަ އަދަދަކަށް؟

މަޖިލީހުގެ ރައީސް ވަކި ކުރަން ހުށަހަޅަން ޖެހެނީ 42 ސޮޔާއެކު

ރާއްޖެ އެމްވީ | 22 އެޕްރީލު 2017 | ހޮނިހިރު 15:24
ހިސާބު އަދަދު 42 - ރާއްޖޭގެ ސިޔާސީ މައިދާނުގައި މިދުވަސްވަރު އެންމެ ގިނައިން އިވޭ އަދަދު

ހިސާބު އަދަދު 42 - ރާއްޖޭގެ ސިޔާސީ މައިދާނުގައި މިދުވަސްވަރު އެންމެ ގިނައިން އިވޭ އަދަދު

42 މިއީ ނުރައްކާތެރި އަދަދެއް ކަމަށާއި އެ އަދަދާ ގާތްވާ ވަރަކަށް ހައްޔަރުކުރާ މެމްބަރުން ގިނަވާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުކުރު ދުވަހުގެ ރޭ މ. ކުނޫޒުގައި އޮތް އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

މި އަދަދުގެ ވާހަކަ ގޮސް މި ގުޅެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް މައްސަލައާ ހަމައަށެވެ. ކުއްލި ގޮތަކަށް މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ، 42 މެމްބަރުންގެ ސޮޔާއެކު ގައި ކަމަށް ރައީސް ޔާމީނަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންތަކެއްގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާ ފާސް ކުރުމުން އެތައް ބައެއްގެ ފާޑު ކިޔުން އެ އަދަދަށް އަމާޒުވިއެވެ.

ސާޅީސް ދެ މެމްބަރުންގެ ސޮއިގެ މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫފްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ 42 ސޮއި ހޯދަން މަޖުބޫރު ނުކުރެވޭނެ ކަމަށާއި، މިއީ ގާނޫނު އަސާސީއާ ޚިލާފު ބަދަލެއް ކަމަށެވެ.

މި ބަދަލު ގެނައުމުގެ ކުރިން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ވަކި ކުރަން 15 މެމްބަރުންގެ ސޮޔާއެކު ހުށަހެޅެއެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ވިދާޅުވީ ސާޅީސް ދޭކާ ގާތްވި ވަރަކަށް އަދި އެއަށް ވުރެ އިތުރުވާ ވަރަކަށް ހައްޔަރުކުރާ މެމްބަރުންނާއި އެކި ތަހުގީގުތަކާ ކުރިމަތިލާން ޖެހޭ މެމްބަރުން ގިނަވާ މަންޒަރު ފެންނަ ކަމަށެވެ. އާދައިގެ އަދަދެއް ނޫންތާއެވެ!

މި އަދަދުގެ ވާހަކަ ފާރިސް ދެއްކެވުމުގެ ކުރިން ކުނޫޒްގައި އޮތް ޖަލްސާއެއްގައި ގާސިމްވެސް ވަނީ އަދަދު ހަމަވެއްޖެ ކަމަށް ވިދާޅުވެ 42 އަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ގާސިމް ކުއްލި ކުއްލިއަށް ހައްޔަރު ކުރުމާ މި އަދަދާ ގުޅުމެއްވާ ކަމަށްވެސް ބެލޭނެ ޖާގަ އެބައޮތެވެ.

މިކަންކަން މިހެން ހިނގަމުންދާއިރު، ގާސިމް ދެވަނަ ފަހަރަށް ހައްޔަރު ކުރި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި 42 ގެ ވާހަކަ އަތުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ، 2001 ވަނަ އަހަރު އެމްޑީޕީ އުފެއްދުމަށް ހުށަހެޅީ 42 މެމްބަރުންގެ ސޮޔާއެކުގައި ކަމަށާއި، އޭގެ ތެރޭގައި ގާސިމް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީ އުފެދުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ބިންގާ ރާއްޖޭގައި އެޅުން ކަމަށް ދެކޭ ފަރާތްތައް ރާއްޖޭގައި ވަރަށް ގިނައެވެ.

އެމްޑީޕީ އެފެދުމުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސް ގައުމަށް ބޮޑެތި އިސްލާހުތަކެއް އައެވެ.

ޑިމޮކްރަސީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ޑރ. މައުސޫމް އެކަން ފާހަގަ ކުރައްވާ ވިދާޅުވަނީ، ޑިމޮކްރަސީގެ ބިންގާ އެމްޑީޕީ އުފެދުނީ 42 ސޮޔާ އެކުގައި ކަމަށާއި، މި ޑިކްޓޭޓަރޝިޕް ނިމުމުގެ ފެށުން ވެސް އޮތީ 42 ސޮޔާއެކުގައި ކަމަށެވެ.

ޖަޕާނު މީހުން ގަބޫލު ކުރާ ގޮތުގައި 42 މިއީ ބަދު ނަސީބު ނަމްބަރެކެވެ. މި އަދަދު މާނަ ކުރެވެނީ މަރު ނުވަތަ ނިމުމުގެ ގޮތުގައެވެ. ސާޅީސް ދޭއްގައި ހިމެނޭ ދެ އަދަދު ކަމުގައިވާ ހަތަރެއް އަދި ދޭއް ވަކިން ޖަޕާނު ބަހުން ކިޔާއިރު އަޑު އަންނަނީ "ޝީ ނީ" މި ގޮތަށެވެ. ޝީނީ މި ބަހުގެ މާނައަކީ މަރެވެ. މިހެން މިކަން އޮންނަ ނަމަ ފާރިސް ވިދާޅުވި ގޮތުން މިއީ ހަގީގަތުގައިވެސް ނުރައްކާތެރި އަދަދެކެވެ. ސުވާލަކީ ނުރައްކާ އޮތީ އަދަދު ސިޔާސީ މަސްރަހަށް ތައާރުފް ކުރި މީހުންނަށް ހެއްޔެވެ؟ ނުވަތަ އަދަދު ހަމަކުރަން މަސައްކަތް ކުރާ މީހުންނަށް ހެއްޔެވެ؟

ކޮންމެ އަކަސް 13 ގެ އަޑު ފަނޑުވެ، މިހާރު ދިވެހި ސިޔާސީ މަސްރަހުގައި އެންމެ ހިނގާ އަދި ގޮތްނޭގޭ އަދަދު ކަމުގައި ވެފައިވަނީ 42 އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަސްޕެންޑު ކުރި މެސީ ޕީއެސްޖީގެ ފަރިތަކުރުމުގައި، މިވީ ކިހިނެއް؟

ސަސްޕެންޑު ކުރި މެސީ ޕީއެސްޖީގެ ފަރިތަކުރުމުގައި، މިވީ ކިހިނެއް؟

09 މެއި 2023
 އަސަދުالله ކޮބާ؟ އިއްބެއާއި ރިލޭއަށް މިވީ ހިކިނެއް!

އަސަދުالله ކޮބާ؟ އިއްބެއާއި ރިލޭއަށް މިވީ ހިކިނެއް!

26 އެޕްރީލު 2023
ފަނޑިޔާރު މަހާޒުއަށް މިވީ ކިހިނެއް؟

ފަނޑިޔާރު މަހާޒުއަށް މިވީ ކިހިނެއް؟

06 ޑިސެމްބަރު 2022
ލަންކާގެ ހާލަތު މިހާ ގޯސްމިވީ ކީއްވެ؟

ލަންކާގެ ހާލަތު މިހާ ގޯސްމިވީ ކީއްވެ؟

12 މެއި 2022
ހިޔާ ފްލެޓަށް ބަދަލުވުން އެންމެފަހުން މިވީ ބޮޑު ވޭނަކަށް

ހިޔާ ފްލެޓަށް ބަދަލުވުން އެންމެފަހުން މިވީ ބޮޑު ވޭނަކަށް

26 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު