Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ނަޝީދު

ނަޝީދާއެކު ވީހާލެއްގައިވާން ތިބި މީހުން މާލެ އައިސް ފުރާލަނީ، އަޖައިބެއް ކަހަލަ ލޯތްބެއް

ބައެއް މީހުނަށް ނަޝީދު މާލެ ވަޑައިގަންނަވާކަން އެނގުމުން ހަދިޔާ ތައްޔާރުކުރި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 31 އޮކްޓޯބަރު 2018 | ބުދަ 14:02
ނަޝީދަށް މަރުހަބާ ކިޔަން ތިމަރަފުށިން އައިބައެއް މީހުން ބަނދަރުމަތީ:-އެމީހުން އައީ ހާއްސަ ފަރިވަޅެއް ހިފައިގެން

ނަޝީދަށް މަރުހަބާ ކިޔަން ތިމަރަފުށިން އައިބައެއް މީހުން ބަނދަރުމަތީ:-އެމީހުން އައީ ހާއްސަ ފަރިވަޅެއް ހިފައިގެން

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މި ރާއްޖޭގެ އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރެވެ. ރައީސް ނަޝީދަށްޓަކައި މީހުންގެ ހިތުގައި އޮތް ލޯތްބަކީ މިހާތަނަށް އެއްވެސް ރައީސަކަށް މި ގޮތަށް ލިބުނު ތާއީދެއް ނޫނެވެ. ނަޝީދަށްޓަކައި މީހުންގެ ހިތުގައި އޮތް ލޯބި ނަޝީދު ވެރިކަމުގައި ހުންނެވިއިރަށް ވުރެ ބޮޑަށް ފެނުނީ އެމަނިކުފާނުގެ ވެރިކަން ވައްޓާލި ދުވަހާއި ކޯޓުން ކުރި ހުކުމްތަކާއެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ވަގުތާއި އަދި ނަޝީދަށް ޖަލު ހުކުމް ކުރި ދުވަސްފަދަ ދުވަސްތަކުގައި އެވެ. ނަޝީދަށް ތާއީދުކުރާ މީހުން ކުރަނީ އެމަނިކުފާނުގެ އޯގާތެރިވެރިކަމުގެ ސަބަބުން ލިބުނު މިނިވަންކަމާއި އިޖްތިމާއީ ރައްކާތެރިކަމަށްޓަކަ އެވެ. ދިވެހިންގެ ހިތްތަކުގެ ރައީސްގެ ގޮތުގައި ބައެއް މީހުން ދެކޭ އިރު މިއަންނަނީ އަނެއްކާވެސް ބޮޑު ދުވަހެކެވެ.

ރައީސް ނަޝީދުގެ މައްޗަށް ބޭ އިންސާފުން ކުރި ހުކުމާއެކު ރައްޔިތުންނާ ދުރުގައި ހުންނެވުމަށް ފަހު އެނބުރި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަނީ އެވެ. އެމަނިކުފާނު ރާއްޖެވަޑައިގަންނަވަނީ މިނިވަނެއްގެ ގޮތުގައި އެވެ. މި ވަގުތު ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ރީނދޫ ލަޝްކަރު މާލެ އައިސް އެދަނީ އެމަނިކުފާނަށް މަރުހަބާ ކިޔަން ތައްޔާރުވަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ނަޝީދަށް އަރުވަން ފަރިވަޅު ހިފައިގެން އައިރު އަނެއް ބަޔަކު ތިބީ ލަނގިރި ޖަހަން ފަރިތަ ކޮށްގެންނެވެ.

މީގެ ތެރެއިން ތ. ކިނބިދޫ އާއި ތިމަރަފުށި މީހުންނާ ރާއްޖެއެމްވީ ވަނީ ބައްދަލު ކޮށްލާފަ އެވެ. ތިމަރަފުށީ ނަޝީދުގެ ސަޕޯޓަރުން މާލެ އައީ ނަޝީދަށް ވެދުމަށް އެރުއްވުމަށް ފަރިވަޅު ހިފައިގެންނެވެ. ރައީސް ނަޝީދު ރާއްޖެވަޑައިގަންނަވާ ހަބަރު ލިބުމާއެކު ކުރެވުނު އިހްސާސްތައް ތިމަރަފުށީގެ ބައެއް އަންހެންވެރިންނަށް ބުނެދިނުމަކީ އެހާ ފަސޭހަ ކަމަށްވެސް ނުވި އެވެ. ލިބޭ އުފަލެއްގެ ބޮޑުކަމުންނެވެ. އެކަން ދުލުން ބަޔާން ކޮށްދޭން އުނދަގޫވަނީ އެވެ. އެމީހުންގެ ހިތްތަކުގެ ރަސްގެފާނު ރާއްޖެ ވަޑައިގަންވާކަން އެނގުނީސުރެ ދަތުރު ތައްޔާރުކުރަން ފެށި އެވެ.

ތިމަރަފުށީ އުމުރުން ދުވަސްވީ އަންހެންވެރިންގެ ގުރޫޕަކުން ތައްޔާރުކުރި ކެއުމަކީ ވެސް އެމީހުން ނަޝީދަށް އޮތް ލޯބި ދައްކާދޭ ކަމެކެވެ.

ނަޝީދު މާލެ ވަޑައިގަންނަވާއިރަށް މާލެ އައި ކިނބިދޫ އައިސްތު ރާއްޖެއެމްވީއާ ވާހަކަ ދައްކަނީ

ކިނބިދޫ އަންހެންވެރިންގެ ތެރެއިން ބައެއް މީހުނަށް ވެސް ވީ ހަމަ މި ފަދަ ގޮތެކެވެ. ރައީސް ނަޝީދު މިނިވަންވެގެން ރާއްޖެވަޑައިގަންނަވާ ވާހަކަ އިވުމުން ބައެއް މީހުންނަށް ހުރެވުނުތަން ވެސް ނޭނގުނެވެ.

"ހުރެވުނުތަން ވެސް ނޭނގުނު(ނަޝީދު ވަޑައިގަންނަވާ ހަބަރު ލިބުމުން). އުފަލުން ނެށުނީ. ރައީސް ނަޝީދަކީ ކިނބިދޫ ރައްޔިތުންގެ ދެކެ ވަރަށް ލޯބިވާ މީހެއް. ނަޝީދަށްޓަކައި ލެއިން ފުރާނައިން ގުރުބާންވާ މި ތިބީ މާލެ އައިސް." ކިނބިދޫއިން ނަޝީދަށް މަރުހަބާ ކިޔުމަށް މާލެ މީހުންގެ ތެރޭގައި ހިމެނޭ މީހަކު ބުންޏެވެ.

އަންހެންވެރިން ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންދިޔައިރު ކިނބިދޫ އާއި ތިމަރަފުށީ ފިރިހެންވެރިންގެ ފަރާތުން ވެސް ފެނުނީ އެފަދަ ގޮތަކަށެވެ. ނަޝީދަށް އޮތް ލޯބީގައި ފިރިހެނެއް އަންހެނެއް އިސްތިސްނާނުވާކަން ކިނބިދޫ އާއި ތިމަރަފުށިން މާލެ އައި ބައެއް މީހުންގެ ވާހަކަތަކުން އެނގެ އެވެ.

"އަޅުގަނޑަށް އަލަށް ދޮށީ ދަރިއެއް ލިބުމަށް ވުރެ އުފާވި ނަޝީދު މާލެ ވަޑައިގަންނަވާ ވާހަކަ އިވުނީމަ. އުފަލުން ކުރާނެ ނުކުރާނެ ކަމެއް ވެސް ނޭނގުނު" މިއީ ކިނބިދޫން މާލެ އައި ފިރިހެނެއްގެ އިހްސާސެވެ.

މި މީހުންގެ މި އިހްސާސްތަކާއި މި ޝުއޫރުތަކަކީ ރާއްޖޭގެ ހުރިހާ ރަށަކުން ވެސް އިވޭނެ އަޑުތަކެވެ. އެކަން ނަޝީދު މާލެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާކިޔަން މާލެ އަންނަ އައުމުން އެކަނި ފުދެ އެވެ. އެމީހުން މާލެ އެ އަންނަނީ އެތައް ގަޑިއިރެއް ވަންދެން ކަނޑުމަތީ ހޭދަ ކުރުމަށް ފަހު އެވެ. ހަމަ އެކަނި މޫންލައިޓުން ފުރައިގެން މާލެ އައި ކިނބިދޫ އާއި ތިމަރަފުށީ މީހުން ވެސް އެ ބޯޓުގައި 24 ގަޑިއިރަށް ފަހު މާލޭ ފަސްގަނޑުގައި ފައި ޖެހުމުން ލިބޭ އުފަލަކީ ނަޝީދުއާ ބައްދަލު ކޮށްލެވޭނެ ކަމުގެ އުފަލެވެ.

ރައީސް ނަޝީދަށް މަރުހަބާ ކިޔަން ތ.އަތޮޅުން ބައެއް މީހުން މާލެ އައި މޫންލައިޓް ބޯޓް ކައިރި މީހުން

މިހާތަނަށް ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެ އައިސް ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް ތައްޔާރުވާ އެންމެނަކީ މި ބީދައިން އެމަނިކުފާނަށް އޮތް ލޯބީގެ ނަތީޖާ އެވެ. ބަޔަކަށް ގަބޫލު ކުރަން ދަތި ނަމަވެސް މި ހަގީގަތް ދެން ބަދަލެއް ނުކުރެވޭނެ އެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2018

ގާނޫނު ފުނޑާލަން ޖެހޭ ފަދަ ކޮޅިގަނޑެއް އައިސްދާނެ ތަ؟

01 މާރިޗު 2018
ގާނޫނު ފުނޑާލަން ޖެހޭ ފަދަ ކޮޅިގަނޑެއް އައިސްދާނެ ތަ؟
27 ޑިސެމްބަރު 2017

ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟

27 ޑިސެމްބަރު 2017
ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟
17 އޮކްޓޯބަރު 2017

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ
09 އޮކްޓޯބަރު 2017

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017
އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!
04 އޮކްޓޯބަރު 2017

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި
30 އޯގަސްޓު 2017

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!
20 އޯގަސްޓު 2017

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!
27 ޖޫން 2017

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު