Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބު 2018

އެވިދާޅުވާ ސާފު ކެނޑިޑޭޓަކީ ކޮބާ؟

12 ޖޫން 2018 | އަންގާރަ 14:25

ގުޅިފައިވާ ޕާޓީތަކަށް އެމައްސަލަ ހުށަހެޅިތޯ؟

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 ޖޫން 2018 | އަންގާރަ 14:25
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް

މިހަފްތާ ފެށިގެން އައިއިރު އެންމެ މުހިއްމު އެއް ޚަބަރަކަށް އަޑު އިވިގެން ދިޔައީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މާ ސާފު ކެނޑިޑޭޓެއް ނެރެން ބޭނުންފުޅުވެގެން އުޅުއްވާ ވާހަކައެވެ. ގުޅިފައިވާ ޕާޓީތަކުގެ އެއް ލީޑަރުގެ ގޮތުގައި ހުންނެވި ޤާސިމަށް، އެކޯލިޝަނުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނެރުން އެންމެ ގާތް އެމްޑީޕީގެ ލީޑަރު މުޙައްމަދު ނަޝީދު ކަމަކު ނުދިޔައެވެ. ނަޝީދަށް ކުރިމަތި ނުލެވިއްޖެ ޙާލަތެއް ދެން ނެރޭނެކަމަށް އެންމެ އެކަށީގެންވާ ކެނޑިޑޭޓަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސާލިޙް (އިބޫ) އެވެ. ޤާސިމަށް އިބޫވެސް ކަމަކު ނުދިޔައެވެ.

ޤާސިމަށް އެމްޑީޕީއިން ދައްކާ ވާހަކަވެސް ކަމަކު ނުދިޔައެވެ. އެންމެން ދައްކަން ޖެހޭނީ އެއް ވާހަކައެއްކަމަށް ޤާސިމް ޤަބޫލުކުރައްވާ ކަހަލައެވެ.

ޤާސިމް 'ސާފު ކެނޑިޑޭޓެއް' ނެރެން ބޭނުންފުޅު ވެގެން އެވާހަކަ އެމަނިކުފާނުގެ ޕާޓީގެ ކައުންސިލް މެމްބަރުން އަރިހުގައި ދެއްކެވުމާއި ގުޅިގެން އަޅުގަނޑުގެ ހިތުގައި ދެތިން ސުވާލެއް އުފެދެއެވެ. ފުރަތަމަ ސުވާލަކީ ސާފު ކެނޑިޑޭޓެއްކަމަށް ޤާސިމް ޤަބޫލުކުރައްވާ މިންގަނޑު ތަކަކީ ކޮބައިތޯއެވެ؟ ރައީސް ނަޝީދާއި އިބްރާހިމް މުހައްމަދު ސާލިޙް އަކީ ސާފު ކެނޑިޑޭޓުންކަމަށް ޤާސިމަށް ޤަބޫލުނުކުރެއްވޭނަމަ، ޤާސިމްގެ ވިސްނުންފުޅު އެހެރީ ސަރުކާރުގެ ވިސްނުމާއި އެއްގޮތަށެވެ. ޤާސިމްވެސް މިނިވަންކުރުމަށް އަމުރުކުރި 1 ފެބްރުއަރީގެ ސުޕްރީމް ކޯޓު އަމުރަކީ ސައްޚަ އެއްޗެއްކަމަށް ޤާސިމް ޤަބޫލު ނުކުރައްވަނީތޯއެވެ؟ އެހެންކަމަށް ވާނަމަ މިދިޔަ 4 ވަރަކަށް މަސް ދުވަހު އެދެއްކެވީ ކޮން ވާހަކައެއްތޯއެވެ؟

ސާފު ކެނޑިޑޭޓެއް ނުނެރެވިގެން ޤާސިމް އެކަމާ ކަންބޮޑުވެވަޑައިގެން އެވާހަކަ ޕާޓީގެ އިސްބޭފުޅުން އަރިހު ދެއްކެވިއިރު، އެވާހަކަ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އެކުލަވާލެވިފައިވާ ކޮމިޓީތަކުގައި ދެއްކެވިތޯއެވެ؟ އަށާރަ ނަވާރަ ކޮމިޓީއަކާއި ދެންވެސް ހުރިއްޔާ ހުރި ނަމްބަރެއް ކިޔާފައި ކޮމިޓީތައް އެކުލަވާލިއިރު، އެކޮމިޓީތަކުގައި މިކަމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނުތޯއެވެ؟ މިހުރިހާ ދުވަސް ވަންދެން ދެކެވުނީ ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓް ނެރޭ ވާހަކަ ނޫންތޯއެވެ؟ އެމަޝްވަރާތަކުގައި އެވާހަކަ ދެކެވުނީ ކިހާ ވަރަކަށްތޯއެވެ؟ އެމްޑީޕީއަށް މިމެސެޖް ރައްދު ކުރެވުނީ ކިހާ ވަރަކަށްތޯއެވެ؟ އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ ފެކްޝަންގެ ބޭފުޅުންގެ އަރިހުގައި މިވާހަކަ ދެކެވުނުތޯއެވެ؟ މިއީ ރައްޔިތުން އަހަން ބޭނުންވާނެ ސުވާލުތަކެވެ. މިހުރިހާ ދުވަހު މިވާހަކަ ނުދައްކާ ކުއްލިއަކަށް މިހާރު މިވާހަކަ ދައްކަން ފެށުމުން ހަމަ ގައިމުވެސް ރައްޔިތުން މިސުވާލު ކުރާނެއެވެ.

ސާފު ކެނޑިޑޭޓެއް ނެރޭ ވާހަކަ ކުއްލިއަކަށް ޤާސިމް ދެއްކެވިއިރު، އެމަނިކުފާނުގެ ވިސްނުންފުޅުގައި ވަކި ބޭފުޅަކު އެބައޮތްތޯ، މިވެސް އުފެދޭ ސުވާލެކެވެ. ވަކި ނަންފުޅެއް އޮތްނަމަ، އެނަމެއް ގުޅިފައިވާ ޕާޓީތަކުގެ ކޮމިޓީއަށް ހުށަހަޅުއްވަންވީ ނޫންތޯއެވެ؟ މިރާއްޖޭގެ ސިޔާސީ މަސްރަހުގައި މިސަރުކާރުގެ ދަންތުރައެއްގައި ޖައްސާފައި ނެތް ބޭފުޅަކު ނެތެވެ. ޤާސިމްގެ ވިސްނުންފުޅުންނަމަ "ސާފު" އެކަކުވެސް ނެތެވެ. ދެން ކުއްލިއަކަށް މީހަކު އައިސް ދައްކާފައި އެމީހަކަށް ވޯޓު ދޭށޭ ބުންޏަސް، ރައްޔިތުންނަށް އެވާނީ ދަތި އުނދަގޫ ކަމަކަށެވެ.

މިހުރިހާ ސުވާލުތަކާއިއެކު، ދެން އުފެދޭ ސުވާލަކީ ޤާސިމް އެބުނާ ސާފު ކެނޑިޑޭޓް ނެރޭއިރަށް، އެމީހަކު ސަރުކާރުން 'ހަޑި'ކޮށް ނުލާނެތޯއެވެ؟ ވަކި ބޭފުޅަކު ނެރެގެން އެބޭފުޅަކާއިގެން ކުރިއަށްދާން ސަރުކާރުން ދޫދޭނެކަމަށް ޤާސިމަށް ވިސްނުނީ ކިހިނެއްތޯއެވެ؟ އެޔަޤީންކަން ޤާސިމަށް ދެއްވީ ކާކުތޯއެވެ؟ ޤާސިމް ބޭނުންފުޅުވާ ބޭފުޅަކު ނެރެން ސަރުކާރާއި އެކު ޑީލެއް ހެއްދެވީތޯއެވެ؟ މިހިރީ ހައްތަހާވެސް ސުވާލެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ މި ސުވާލުތަކުގެ ޖަވާބު ލިބޭނެކަމަށް ބެލެވެއެވެ. ދެން އޮތީ އިންތިޒާރުކުރުމެވެ.

އިތުރަށް ކިޔާލަން

15 ޖޫން 2017

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟
11 ޖޫން 2017

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ
10 ޖޫން 2017

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
25 އެޕްރީލު 2017

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017
ދިރާގު ޓީވީއަކީ ކޮބާ؟
29 މާރިޗު 2017

ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

29 މާރިޗު 2017
ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ
18 މާރިޗު 2017

ޑަންޑަނާ ބޭންޑް ކޮބާ؟

18 މާރިޗު 2017
ޑަންޑަނާ ބޭންޑް ކޮބާ؟
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
10 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

10 ޖެނުއަރީ 2017
މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް