Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާނުން އެމެރިކާއަށް އިންޒާރުދިނުން

އީރާނަށް ހަމަލާދޭން ފޯޅަވަހި ބޭނުންކުރާނަމަ އެތަނަން ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައި ވަނީ ފޯޅަވަހީގައި ހުންނަ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ އަސްކަރީ ބޭސްއަށް އަމާޒުކުރުމަށް އަސްކަރީ ކޮމާންޑަރުންނަށް އަންގާފައި ވަނީ އީރާނުގެ އަމާޒަކީ ޑޮނަލްޑް ޓްރަމްޕް އެ ގައުމަށް ހަމަލާ ދިނުން ހުއްޓުވުން ކަމަށް.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2025 | އަންގާރަ 14:27
ފޯޅަވަހި ބޭނުންކޮށްގެން ހަމަލާއެއް ދީފި ނަމަ އެތަނަށް މިސައިލް އަމާޒުކުރާނެކަމަށް އީރާނުން ވަނީ ބުނެފައި

ފޯޅަވަހި ބޭނުންކޮށްގެން ހަމަލާއެއް ދީފި ނަމަ އެތަނަށް މިސައިލް އަމާޒުކުރާނެކަމަށް އީރާނުން ވަނީ ބުނެފައި

ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި، އީރާނަށް ހަމަލާދޭން އެމެރިކާއިން ބޭނުންކުރާނަމަ އެތަނަން ހަމަލާދޭނެކަމަށް އިންޒާރު އީރާނުން ދީފި އެވެ.

އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައި ވަނީ ފޯޅަވަހީގައި ހުންނަ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިފައިވާ ބޭސްއަށް އަމާޒުކުރުމަށް އަސްކަރީ ކޮމާންޑަރުންނަށް އަންގާފައިވާ ކަމަށެވެ.

ފޯޅަވަހީގެ އަސްކަރީ މަރުކަޒަށް އިރާނަށް ހަމަލާ ދިނުމުގެ ކުރިން އީރާނުން ވަނީ ފޯޅަވައްސަށް އަމާޒުކޮށް ދޭނެ ކަމަށް ބުނެފަ އެވެ ފޯޅަވައްސަކީ އަކީ އިނގިރޭސިވިލާތުގެ ހިއްސާ އޮންނަ އިންޑިއާ ކަނޑުގެ ސަރަހައްދު ކަމަށްވާ ޗާގޯސް އާކިޕެލަގޯގެ މައި ރަށެވެ.

އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައި ވަނީ ފޯޅަވަހީގައި ހުންނަ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ އަސްކަރީ ބޭސްއަށް އަމާޒުކުރުމަށް އަސްކަރީ ކޮމާންޑަރުންނަށް އަންގާފައި ވަނީ އީރާނުގެ އަމާޒަކީ ޑޮނަލްޑް ޓްރަމްޕް އެ ގައުމަށް ހަމަލާ ދިނުން ހުއްޓުވުން ކަމަށެވެ.

އީރާންގެ އޮފިޝަލް "ދަ ޓެލެގްރާފް" އަށް ވިދާޅުވީ ޓްރަމްޕްގެ އިންޒާރުތައް އިތުރަށް ސީރިއަސްވެއްޖެ ނަމަ ފޯޅަވައްސާއި އެތަނުގައި އިންނަ އަސްކަރީ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އިސް ކޮމާންޑަރުންނަށް އިލްތިމާސް ކުރަމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފޯޅަވައްސަން ބޮން އަޅާނެކަމަށް ބުނި ފަހުން އެ ރަށާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ހޫނުވެފައި ކަމަށެވެ. އަދި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ސްޓްރެޓެޖިކް ޔޫއެސް-ޔޫކޭ އައުޓްޕޯސްޓަށް ބީ-2 ސްޕިރިޓް ގެ ތިން ޖެޓް އައިސްފައިވާ ކަމަށެވެ.

އީރާނުގެ ސަރުކާރުގެ ސަޕޯޓަރަކު "ދަ ޓެލެގްރާފް" އަށް ބުނި ގޮތުގައި 1990 ގެ އަހަރުތަކުން ފެށިގެން އެ ގައުމުގެ ދިފާއީ އެންމެ އިސް ކޮމާންޑަރުން ޗާގޯސް އަށް ބެލެސްޓިކް ނުވަތަ ކްރޫސް މިސައިލް ހަމަލާއެއް ދޭން ވިސްނާފައި ނެތުމަކީ ވަރަށް ނާދިރު ކަމެކެވެ.

މި ބޭސްއަކީ ބީ-1 ލެންސަރ، ބީ-2 ސްޕިރިޓް އަދި ބީ-52 ސްޓްރެޓޯފޯޓްރެސް ބޮން އަޅާ އުޅަނދުތައް ބާއްވާފައިވާ ބޭސްއެކެވެ. އަދި 4،000 އެއްހާ ސިފައިންނާއި ކޮންޓްރެކްޓަރުން ވެސް އެތަނުގައި ތިބެއެވެ.

އީރާނުގެ އޮފިޝަލް ވިދާޅުވި ގޮތުގައި ބައެއް ފަރާތްތަކުން ލަފާ ދެނީ އެ ރަށާ ދިމާލަށް މިސައިލް ފޮނުވާލަން ކަމަށާއި، ރަށަށް އަމާޒު ނުކޮށް ފޮނުވާލާ މިސައިލް ކަނޑަށް ވައްޓާލާ އީރާނުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކޭކަމުގެ ސާފު މެސެޖެއް ދިނުމަށް ކަމަށެވެ.

މިފަދަ ވާހަކަތަކެއް އީރާނުން ބުނެފައިވަނި އީރާނަށް "މެކްސިމަމް ޕްރެޝަރު" ކެމްޕޭން ޑޮނަލްޑް ޓްރަމްޕް އާކުރައްވާފައި ވަނިކޮށެވެ. އަދި އެމެރިކާގެ މަގުސަދަކީ އީރާނުން ނިއުކުލިއަރ ހަތިޔާރުގެ ބާރުވެރިކަން ހޯދުން ހުއްޓުވުމެވެ.

އީރާނުގެ އޮފިޝަލް ވިދާޅުވި ގޮތުގައި ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދޭން ޖެހޭނީ ބަހުން ނޫން ކަމަށާއި އަމަލުން ކަމަށެވެ. އޮފިޝަލް ވިދާޅުވެފައިވަނީ މި މިސައިލްތައް ހުރީ ފޯޅަވަހޮ ނުވަތަ ބަހްރެއިން އިން ވިޔަސް އީރާނަށް ނުރައްކާ ވެދާނެ ކޮންމެ ސަރަހައްދަކަށް އަމާޒުކުރަން ތައްޔާރަށެވެ.

މީގެ އިތުރުން ހުރިހާ މިސައިލް ލޯންޗަރުތައް ތައްޔާރުކޮށް، ނިއުކްލިއާ ސައިޓްތައް ރަނގަޅަށް ހިމާޔަތް ކުރެވިފައި ހުރިތޯ ބެލުމަށް ކޮމާންޑަރުންނަށް އަންގާފައިވާނެ ކަމަށް ރިޕޯޓުގައި ވެއެވެ. އެމެރިކާއިން ހަމަލާއެއް ދީފި ނަމަ އީރާނުން އޮތީ ހަނގުރާމައިގެ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރެލާާއަށް ހަމަލާދޭން އުޅުނު އައިސިސް އަށް ތާއިދުކުރާ ތިން މީހަކު ހައްޔަރުކޮށްފި

ކެރެލާާއަށް ހަމަލާދޭން އުޅުނު އައިސިސް އަށް ތާއިދުކުރާ ތިން މީހަކު ހައްޔަރުކޮށްފި

01 މެއި 2019
އީރާނަށް ޖާސޫސުކޮށްދިން އިސްރާއީލުގެ ކުރީގެ ވަޒީރަކު 11 އަހަރަށް ޖަލަށްލައިފި

އީރާނަށް ޖާސޫސުކޮށްދިން އިސްރާއީލުގެ ކުރީގެ ވަޒީރަކު 11 އަހަރަށް ޖަލަށްލައިފި

27 ފެބުރުއަރީ 2019
ޔަމަން ހަނގުރާމަ: ސައުދީއާއި ގުޅިފައިވާ ފައުޖުތަކުން ހުދައިދާ ބަނދަރަށް ހަމަލާދޭންފަށައިފި

ޔަމަން ހަނގުރާމަ: ސައުދީއާއި ގުޅިފައިވާ ފައުޖުތަކުން ހުދައިދާ ބަނދަރަށް ހަމަލާދޭންފަށައިފި

13 ޖޫން 2018
އީރާނަށް ބޮޑު ކަންތައް ގަނޑެއް ކުރިމަތިވާނެކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

އީރާނަށް ބޮޑު ކަންތައް ގަނޑެއް ކުރިމަތިވާނެކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

24 އެޕްރީލު 2018
އަޅުކަންކުރާ ތަންތަން ކެމްޕޭނުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނަން: އިލެކްޝަންސް ކޮމިޝަން

އަޅުކަންކުރާ ތަންތަން ކެމްޕޭނުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނަން: އިލެކްޝަންސް ކޮމިޝަން

07 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު