Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެރެލާއިން އައިސިސް ބަޔަކު ހައްޔަރުކުރުން

ކެރެލާާއަށް ހަމަލާދޭން އުޅުނު އައިސިސް އަށް ތާއިދުކުރާ ތިން މީހަކު ހައްޔަރުކޮށްފި

1 މެއި 2019 | ބުދަ 09:54

އެ މީހުންނާއި ޒަހްރާން ހާޝިމްއާ ގުޅުން ހުރި ކަމަށް ބެލެވޭ

އަމަން ހަލީމް
އަމަން ހަލީމް | 1 މެއި 2019 | ބުދަ 09:54
ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނޭ ރިޔާސް އަބޫބަކުރު

ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނޭ ރިޔާސް އަބޫބަކުރު

ލަންކާ އަށް ދިން ފަދަ ޓެރަރިސްޓް ހަމަލާއެއް ކެރެލާއަށް ދޭން ރޭވިކަމުގެ ތުހުމަތަށް، އިންޑިއާގެ ތިން ރައްޔިތަކު އެ ގައުމުގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން ހައްޔަރުކޮށްފިއެވެ.

ކެރެލާގެ ކަސަރްގޮޑް ޑިސްޓްރިކްޓާއި ޕަލައްކަޑް ޑިސްޓްރިކްގައި އެންއައިއޭއިން ހިންގި އޮޕަރޭޝަންތަކުގައި، ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އެ މީހުން ދިރިއުޅޭ ގެތައް ބަލާފާސްކުރުމަށް ފަހުގައެވެ. އައިސިސްއާ ގުޅެން ސީރިޔާއަށް ދިޔަ އިންޑިއާގެ ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކާ، ކެރެލާއިން ހައްޔަރުކުރެވުނު ތިން މީހުންނާ ގުޅުމެއް އޮންނަ ކަމަށް ވެސް ވަނީ ތުހުމަތުކުރެވިފައެވެ. އިންޑިއާ އިން ހައްޔަރުކުރެވުނު މީހުންނާއި، އީސްޓަރ ސަންޑޭގައި ލަންކާއަށް ދިން ބޮމުގެ ހަމަލާގެ މޭސްތިރި ޒަހްރާން ހާޝިމްއާ ވެސް ގުޅުން އޮންނަ ކަމަށް އިންޑިއާ ޓުޑޭ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

އާދިއްތަ ދުވަހު އެންއައިއޭ އިން ހިންގި އޮޕަރޭޝަންތަކުގައި މޯބައިލް ފޯނާއި، ސިމް ކާޑާއި، މެމޮރީ ކާޑުތަކާއި، ޕެން ޑްރައިވްތަކާއި، ދީނީ ފަތުވާދޭ ސީޑީތަކާއި، ޑީވީޑީތަކެއް ވަނީ އަތުލައިގަނެފައެވެ. އޭގެ އިތުރުން ޒާކިރް ނައިކް އަދި ސައިދް ކުތުބް ލިޔެފައިވާ ފޮތްތަކަކާއި އަރަބި ބަހުންނާއި މަޅަޔާލަމް ބަހުން ލިޔެފައިވާ ޑައިރީތަކެއް ވެސް ފެނިފައިވެއެވެ.

އިންޑިއާގެ ނިއުސްއެކްސް އިން ރިޕޯޓްކޮށްފައި ވަނީ، ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އެކަކީ ރިޔާސް އަބޫބަކުރު ނަމަކަށް ކިޔާ މީހެކެވެ. އެންއައިއޭގެ ކޯޓަށް ހާޒިރުކުރުމަށް ފަހު އޭނާގެ ބަންދުގެ މުއްދަތު ވަނީ މޭ 29 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފައެވެ. އޭނާގެ މައްޗަށް ކުރެވެނީ ކެރެލާގައި ބޮމުގެ ހަމަލާތަކެއް ދޭން އުޅުނު ކަމުގެ ތުހުމަތެވެ. ރިޔާސް އަބޫބަކުރު ހައްޔަރުކުރެވުނީ ޕަލައްކަޑް ޑިސްޓްރިކްޓުންނެވެ.

އެންއައިއޭގެ ތަހުގީގުގައި، ލަންކާގައި ދިން ފަދަ ހަމަލާތަކެއް ކެރެލާގައި ދޭން އުޅުނު ކަމަށް ރިޔާޒް އެއްބަސްވެފައިވާ ކަަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ޑީއެންއޭއިންޑިއާ ނޫހުން ރިޕޯޓްކޮށްފައިވަނީ ޒަހްރާންއާ މުއާމަލާތް ކޮށްފައިވާ ކަމަށާއި، ސީރިޔާގައި ހަރަކާތްތެރިވާ އައިސިސްގެ ހަނގުރާމަވެރިއެއް ކަމުގައިވާ އަބްދުލް ހައްޔޫމްއާ މުއާމަލާތް ކޮށްފައިވާ ކަމަށް ތަހުގީގުގައި ރިޔާސް އިއުތިރާފްވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ތެރޭގައި ޒަހްރާން ހާޝިމް ދެ މަސް ދުވަސް އިންޑިއާގެ ދެކުނުގެ ދެ ސްޓޭޓް ކަމުގައިވާ ކެރެލާއާއި ޓަމިލް ނާޑޫގައި ހޭދަކޮށްފައިވާ އިރު، އިންޑިއާގެ ރައްތިތުންންތަކަކާ މުއާމަލާތު ކޮށްފައިވާ ކަމަށް އެންއައިއޭއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ރިޔާސް އަބޫބަކުރު ވެސް ހިމެނެއެވެ. މި އެންމެން އައިސިސްއާ ގުޅެން އެއްބަސްކުރުވީ ޒަހްރާން ހާޝިމް ކަމަށް ވެސް އެ އެޖެންސީއިން ވަނީ ހާމަކޮށްފައެވެ. ޒަހްރާންއާ ގުޅުން ހުރި ކަމަށް ބެލެވޭ، އައިސިސްއާ ގުޅުން ހުރި އިތުރު ބަޔަކަށް އެންއައިއޭއިން ފާރަލަމުންދާ ކަމަށް ވެސް ނިއުސްއެކްސްއިން ވަނީ ރިޕޯޓްކޮށްފައެވެ. މި މީހުންގެ އިތުރުން، ކެރެލާގައި އޮންނަ "ތައުހީދީ ޖަމާއަތަށް" ނިސްބަތްވާ ތިރީހަށް ވުރެން ގިނަ މީހުންނާ އެންއައިއޭއިން ދަނީ ސުވާލުކުރަމުންނެވެ.

ހައްޔަރުކުރެވުނު މީހުންނަކީ ލަންކާގެ ވެރިރަށް ކޮލޮމްބޯއާއި ކެރެލާއާއި ދެމެދު ބަދަލުކުރެވިފައިވާ ފޯނު ކޯލުތަކެއް ޓްރޭސް ކުރަމުން ދަނިކޮށް ލިބުނު މައުލޫމާތުގެ އަލީގައި ހައްޔަރުކުރެވުނު ބަޔަކުކަމަށް އެންއައިއޭއިން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 މެއި 2017

އަންހެނަކު ރޭޕްކުރަން އުޅުނު ފިރިހެނެއްގެ ކުރިމަތިފަރާތް އެއަންހެން މީހާ ބުރިކޮށްލައިފި

21 މެއި 2017
އަންހެނަކު ރޭޕްކުރަން އުޅުނު ފިރިހެނެއްގެ ކުރިމަތިފަރާތް އެއަންހެން މީހާ ބުރިކޮށްލައިފި
17 މެއި 2017

އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި

17 މެއި 2017
އުތުރު ކޮރެއާގެ އަމަލުތަކަށް ތާއިދުކުރާ ގައުމުތަކަށް އެމެރިކާ އިން އިންޒާރު ދީފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
06 އެޕްރީލު 2017

އައިސިސް އިން ސީރިޔާގައި 33 މީހުން ގަތުލުކޮށްފި

06 އެޕްރީލު 2017
އައިސިސް އިން ސީރިޔާގައި 33 މީހުން ގަތުލުކޮށްފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
22 މާރިޗު 2017

އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ

22 މާރިޗު 2017
އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް