Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެރަރިޒަމް

ފްރާންސްގެ މިސްކިތްތަކަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 9 ފިރިހެނުންނާއި އެއް އަންހެނެއް، މީގެ ތެރޭގައި ކުޑަ ދެކުދިންވެސް ހިމެނޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 18 އޮކްޓޯބަރު 2017 | ބުދަ 20:46
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 9 ފިރިހެނުންނާއި އެއް އަންހެނެއް، މީގެ ތެރޭގައި ކުޑަ ދެކުދިންވެސް ހިމެނޭ

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 9 ފިރިހެނުންނާއި އެއް އަންހެނެއް، މީގެ ތެރޭގައި ކުޑަ ދެކުދިންވެސް ހިމެނޭ

ފްރާންސްގެ ޕެރިސް އަދި މާސޭގައި އަންގާރަ ދުވަހު އެޤައުމުގެ އެންޓިޓެރަރ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރުކަށި ސިޔާސީ ފިކުރުގެ 10 މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން ހައްޔަރު ކުރިއިރު އެމީހުން މަސައްކަތް ކުރަމުން ދިޔައީ ފްރާންސްގެ މިސްކިތްތަކަށާއި، އެ ޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި އެ ޤައުމުގެ ކުރީގެ ރިޔާސީ ކެނޑިޑޭޓަކަށް ހަމަލާ ދިނުމަށެވެ.

ފުލުހުންނާއި ހަވާލާދީ ފްރާންސްގެ M6 ޓީވީން ބުނީ، ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 9 ފިރިހެނުންނާއި އެއް އަންހެނެއް ކަމަށާއި، މީގެ ތެރޭގައި ކުޑަ ދެކުދިންވެސް ހިމެނޭ ކަމަށެވެ. އެގޮތުން ހައްޔަރުކުރެވިފައިވަނީ 17 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުން ކަމަށް ފުލުހުންނާއި ހަވާލާދީ އެ ޓީވީން ވަނީ ބުނެފައެވެ.

ހައްޔަރުކުރެވުނު މީހުން ހަމަލާއެއް ދިނުމަށް ފުރިހަމައަށް ރާވާފައިވާކަން މީޑިއާއަށް ކަށަވަރުކުރެވިފައި ނުވާއިރު، ފްރާންސްގެ ކޯޓު އޮފިޝަލަކާއި ހަވާލާދީ ރޮއިޓަރޒްއިން ބުނެފައިވަނީ ހައްޔަރުކުރެވުނު މީހުން ފްރާންސްގެ މިސްކިތްތަކަށާއި، އެ ޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި އެ ޤައުމުގެ ކުރީގެ ރިޔާސީ ކެނޑިޑޭޓަކަށް ހަމަލާ ދިނުމަށް ރާވާފައިވާ ކަމުގެ ހެކި ހޯދިފައިވާ ކަމަށެވެ.

ހައްޔަރު ކުރެވުނު މީހުން ހަމަލާއެއް ދޭން ރާވަމުން ދިޔަ ކަމަށް ރަސްމީ ފަރާތްތަކުން ބުނި ނަމަވެސް، އެ ފަރާތްތަކުން ދޭން އުޅުނީ ކޮންކަހަލަ ހަމަލާއެއްކަން އެފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ފްރާންސްގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ހައްޔަރުކުރެވުނު މީހުން ހަމަލާދޭން ރާވަމުންދިޔަ ފަރާތްތަކުގެ ތެރޭގައި އެޤައުމުގެ ރައީސް އިމަނުއެލް މެކްރޮންގެ ތަރުޖަމާނު ކްރިސްޓޯފް ކާސްޓޭނާ އާއި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އެ ޤައުމުގެ ވެރިކަމަށް ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގަތް ޖީން ލުކް މެލެންޗޯންއެވެ. މީގެ ތެރެއިން މެލެންޗޯންއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުވުމުން، އޭނާއަށް ހަމަލާ ނުދިނުމަށް ހައްޔަރު ކުރެވުނު ގްރޫޕުން ވަނީ ނިންމާފައެވެ.

މި ޚަބަރު އާންމު ވުމާއި ގުޅިގެން މެލެންޗޯން ވަނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ބަޔަކު އުޅޭކަމަށް ތުޙުމަތުކުރެވޭ މައްސަލައެއް ތަޙުޤީޤު ކުރަމުންދާއިރު އެކަން އެމަނިކުފާނާއި ހިއްސާ ނުކުރައްވާކަން ފާހަގަކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ފްރާންސްގެ އެންޓިޓެރަރ ފުލުހުން ހިންގި އޮޕަރޭޝަނަކީ، މި އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރި، ހަރުކަށި ސިޔާސީ ފިކުރުގެ އެކްޓިވިސްޓް، ލޯގަން އެލެގްޒެންޑަރ ނީސިންއާއި މެދު ހިންގާ ތަޙުޤީޤުގެ ތެރެއިން ހާމަވި މަޢުލޫމާތަށް ބުރަވެ ހިންގި އޮޕަރޭޝަނެކެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
01 މާރިޗު 2017

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު