Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ އީރާން

އީރާނަށް ބޮޑު ކަންތައް ގަނޑެއް ކުރިމަތިވާނެކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

މެކްރޮން ގެންދަވަނީ އީރާނާއިއެކު ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް ބާރުއަޅުއްވަމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 24 އެޕްރީލު 2018 | އަންގާރަ 23:38
ރައީސް ޓްރަމްޕްވަނީ އަންގާރަ ދުވަހު އޯވަލް އޮފީހުގައި ރައީސް މެކްރޮންއާއި ބައްދަލުކުރައްވާފަ

ރައީސް ޓްރަމްޕްވަނީ އަންގާރަ ދުވަހު އޯވަލް އޮފީހުގައި ރައީސް މެކްރޮންއާއި ބައްދަލުކުރައްވާފަ

ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް 2015 ވަނަ އަހަރު އީރާނުން ވި ބައިނަލްއަގްވާމީ އެެއްބަސްވުމާއި ޚިލާފުވެ އެ ގައުމުން ނިއުކްލިއަރ ޕްރޮގްރާމް އަލުން ފަށައިފިނަމަ އެކަން "ބޮޑު މައްސަލައަކަށް" ވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ކުރައްވައިފިއެވެ.

ވައިޓް ހައުސްގައި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮންއާއި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ އީރާނާއިއެކު ވެފައި އޮތް އެއްބަސްވުމަކީ މޮޔަ ކަމެއް ކަމަށެވެ.

އީރާނާއިއެކު ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް ބާރުއަޅުއްވަމުންގެންދަވާ މެކްރޮން ވިދާޅުވީ އީރާނާއިއެކު އިތުރު އެއްބަސްވުމަކަށް ދިއުމަށް ފުރުސަތު އެބައޮތްކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަވަނީ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އިރާނާއިއެކު ވެފައިވާ ނިއުކްލިއަރ އެއްބަސްވުން މެއި މަހުގެ 12 ވަނަ ދުހަށްފަހު އުވާލައްވަފާނެކަމުގެ އިންޒާރު ދެއްވަމުންނެވެ.

އިރާނާއި އެކު ހަދާފައިވާ އެއްބަސްވުމުން އެމެރިކާ ބޭރުނުވުމަށް ރައީސްޓްރަމްޕްއަށް ދަންނަވައި މަޝްވަރާ ކުރެއްވުމަށް ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކެލްވެސް ހުކުރު ދުވަހު އެމެރިކާގެ ވެރިރަށަށް ވަޑައިގަންނަވާނެއެވެ.

"އެކަމަކީ އެމީހުންނަށް އެހާ ފަސޭހައިން ފަށައިގަނެވޭނެ ކަމެއްނޫން" އެއްބަސްވުން އުވާލައިފިނަމަ އީރާނުން އަލުން ނިއުކްލިއަރ ޕްރޮގްރާމް ފަށާފާނެ ނޫންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޯވަލް އޮފީހުގައި އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވިއެވެ.

އިރާންގެ ޚަރިޖީ ވަޒީރު، ޖަވާދް ޒާރިފް އެސޯސިއޭޓެޑް ޕްރެސްގައި ފަހުން ވިދާޅުވެފައިވަނީ އެމެރިކާއިން އެއްބަސްވުމުން ބޭރުވެެއްޖެނަމަ އެންމެ ގާތީ އީރާނުން އެއްބަސްވުން ދޫކޮށްލުން ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ވޮޮޝިންގޓަނުން އެ ކުރާ ކަމަކީ އެމެރިކާއަކީ ވައުދާ ޚިލާފުވާ ބައެއްކަން ސާބިތުކޮށްދީ އުތުރު ކޮރެއާއާއިއެކު އެމެރިކާއިިން ބާއްވަން ހަމަޖެހިފައިވާ ވާހަކަތަކަށް ބުރޫއެރުވުން ކަމަށެވެ.

އަންގާރަ ދުވަހު ރައީސް ޓްރަމްޕްވަނީ "އީރާނުން އަހަރެމެންނަށް އެއްވެސްގޮތަކުން އިންޒާރު ދީފިނަަމަ މަދު ގައުމަކުން މީގެ ކުރިން ދައްކަން ޖެހުނުފަދަ އަގެއް އެގައުމުން ދައްކަންޖެހޭނެ" ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއާއި، ރަޝިއާ، ޗައިނާ، ފްރާންސް، އިނގިރޭސިވިލާތް، އަދި ޖަރުމަނުވިިލާތުން އީރާނާއިއެކުވީ ނިއުކްލިއަރ އެއްބަސްވުން ގާއިމް ކުރީ 2015 ވަނަ އަހަރުއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު