Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުން ވަރުގަދަ ރައްދެއް

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

އެމެރިކާ އިން ވިސާ ދިނުން މަނާ ކުރި ގައުމުތެރޭގައި މުސްލިމް 7 ގައުމު ހިމެނޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 29 ޖެނުއަރީ 2017 | އާދީއްތަ 04:12
އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން އެއްކޮށް މަނާ ކޮށްފި އެވެ.

މިއީ އެމެރިކާގެ ވެރިކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ރައީސް ޑޮނާލްޑް ޓްރަމްޕު 90 ދުވަސް ވަންދެން މުސްލިމް ހަތް ގައުމަކަށް ވިސާ ނުދޭން ނިންމި ނިންމުގައި ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީން އެޅި ފިޔަވަޅެވެ.

އެމެރިކާ އިން ނިންނި މި ނިންމުގެ ތެރޭގައި ހިމެނޭ ހަތް ގައުމުގެ ތެރޭގައި އީރާނުވެސް ހިމެނެ އެވެ.

އީރާނުގެ ޚާރިޖިއްޔާ އިން އާއްމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން އެމެރިކާ އިން މުސްލިމު ބައެއް ގައުމުތަކުން އެގައުމަށް ވަނުން މަނާ ކުރި ކުރުމަކީ އިސްލާމީ ގައުމުތަކަށް ކުރި ފުރައްސާރައެއް ކަމަށެވެ.

މިއީ ޓެރަރިޒަމާއި ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އެމެރިކާއިން ސިފަކުރި ނަމަވެސް މިއީ ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް އެމެރިކާ އިން ދޭ ހަދިޔާއެއްގެ ގޮތުގައި މުޅި ދުނިޔޭގެ ތާރީހުގައި ލިޔެވިގެންދާނެ ކަމެއް ކަމަށް އީރާނުގެ ބަޔާނުގައި ބުނެފައިވެ އެވެ. އެމެރިކާ އިން ނިންނި ނިންމުން ބަދަލުނުކުރާހާ ހިނދެއްގައި އިރާނުގެ ނިންމުން ދެމި އޮންނާނެ ކަމަށް އެ ގައުމުން ބުނެ އެވެ.

އެމެރިކާ އިން ވިސާ ދިނުން މަނާ ކުރި ގައުމުތަކަކީ އިރާގު، ސީރިޔާ، ލީބިޔާ، ސޯމާލިޔާ، ސޫދާންގެ އިތުރުން ޔަމަނާއި އީރާނެވެ. މި ނިންމުމުގެ ތެރޭގައި އެ ގައުމުތަކަށް ނިސްބަތްވާ ޑިޕްލޮމެޓުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާ ތަކަށް ނިސްބަތްވާ ފަރާތްތަކަށް ނުހިމެނޭނެ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު