Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް - އީރާން

އީރާނަށް ޖާސޫސުކޮށްދިން އިސްރާއީލުގެ ކުރީގެ ވަޒީރަކު 11 އަހަރަށް ޖަލަށްލައިފި

27 ފެބުރުއަރީ 2019 | ބުދަ 02:58

އިސްރާއީލުން ތުހުމަތު ކުރާގޮތުގައި ގޯނެން ވަނީ އިސްރާއީލުގެ ހަކަތައިގެ ބާޒާރާއި، އެ ޤައުމުގެ ސަލާމަތީ އެކިއެކި ސައިޓްތަކާއި ގުޅޭގޮތުން އީރާނަށް މައުލޫމާތު ފޯރުކޮށްދީފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 27 ފެބުރުއަރީ 2019 | ބުދަ 02:58
ގޯނެން ސެގޭވް

ގޯނެން ސެގޭވް

އީރަނަށް ޖާސޫސުކޮށްދިނުމުގެ ކުށުގައި އިސްރާއީލުގެ ކުރީގެ ވަޒީރަކު 11 އަހަރަށް ޖަލަށް ލުމަށް އިސްރާއީލުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

އިސްރާއީލުގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމު 1995 ން 1996 ށް އަދާކުރެއްވި ގޯނެން ސެގޭވްގެ މައްޗަށް ކުރި ތުހުމަތުތައް ޖަނަވަރީ މަހު ސާބިތުވެފައިވާއިރު، އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

މި މައްސަލަ އާއި ގުޅިގެން އިސްރާއީލުގެ ޖަސްޓިސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގޯނެންގެ މައްޗަށް ކުރި 11 އަހަރުގެ ޙުކުމަކީ އޭނާ ކުށަށް އިއުތިރާފް ވުމުން، އަދަބު ލުއިކޮށްދިނުމަށް ފަހު ކޮށްފައިވާ ޙުކުމެއް ކަމަށެވެ. އެ ބަޔާނުގައި އިސްރާއީލަށް ގެއްލުން ދިނުމުގެ ނިޔަތުގައި ހަތުރުވެރި ޤައުމަކަށް އޭނާ ޖާސޫސުކޮށްދީ، މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ.

މި މައްސަލައިގައި ގޯނެންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ނިމިގެންދިޔަ އަހަރުގެ ޖޫން މަހުއެވެ. އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި އީރާނުން ގޯނެން ރެކްރޫޓް ކޮށްފައިވަނީ އޭނާ ނައިޖީރިއާގައި ދިރިއުޅެމުން ދިޔައިރުއެވެ. އެގޮތުން 2012 ވަނަ އަހަރު ނައިޖީރިއާގައި ހުންނަ އީރާނުގެ އެމްބަސީއަށް އެކި ފަހަރުމަތިން ގޮސްފައިވާ ކަމަށާއި، ދެ ފަހަރެއްގެ މަތިން އޭނާ އީރާނަށްވެސް ގޮސްފައިވާކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުން ތުހުމަތު ކުރާގޮތުގައި ގޯނެން ވަނީ އިސްރާއީލުގެ ހަކަތައިގެ ބާޒާރާއި، އެ ޤައުމުގެ ސަލާމަތީ އެކިއެކި ސައިޓްތަކާއި ގުޅޭގޮތުން އީރާނަށް މައުލޫމާތު ފޯރުކޮށްދީފައެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްޞީލު ހާމަކުރުން އިސްރާއީލުގެ ސަރުކާރުން ވަނީ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ތަރުޖަމާނުންނަށް މަނާކޮށްފައެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް