Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓް ތަރައްޤީކުރުން

ކާށިދޫ އާއި ކެލާ ފަޅުގައި ރިސޯޓު ހަދަން ބީލަމަށް ހުޅުވާލައިފި

1 އެޕްރީލު 2025 | އަންގާރަ 08:49

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަށްޓަކާ ނިމިދިޔަ އެމްޑިޕީ ވެރިކަމުގައި ވެސް އެ ތަނުގައި ރިސޯޓެއް ތަރައްގީކުރަން ބީލަމަށް ހުޅުވާލާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އެޕްރީލު 2025 | އަންގާރަ 08:49
ކާށިދޫ މަތިން ނަގާފައިވާ އޭރިއަލް މަންޒަރެއް

ކާށިދޫ މަތިން ނަގާފައިވާ އޭރިއަލް މަންޒަރެއް

ކ. ކާށިދޫ އާއި ހއ. ކެލާ ފަޅު ތެރޭގައި ރިސޯޓު ތަރައްޤީ ކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

އޭގެ ތެރެއިން ކާށިދޫގައި، ރަށުގެ ފަޅުގައި ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލާފައި ވަނީ 31 މާރޗް 2025ގައެވެ. އަދި ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރަން ބީލަމަށް ހުޅުވާލާފައި ވަނީ 1 އެޕްރިލް 2025ގައެވެ.

Advertisement - newsAdvertisement

މި ބިޑުތައް ހުށަހަޅާ ފަރާތުން ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 ޑޮލަރު ދައްކަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރުމަށް ބީލަން ހުށަހެޅުމަށް ދިން މުއްދަތު ޖޫން 5، ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ހަމަވާނެއެވެ. އަދި ކެލާ ފަޅުން ދެ ރިސޯޓު ތަރައްގީކުރަން ބީލަން ހުށަހެޅުމަށް ދިން މުއްދަތު ހަމަވާނީ ޖޫން 5 ވަނަ ދުވަހު 13:00 އަށެވެ.

މި ދެ ރަށުގައި ރިސޯޓު ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށް ވާއިރު އެ މަސައްކަތް ކުރާނެ ގޮތުގެ ތަފްސީލް ހާމަ ނުކުރާތީ އާއްމުން އައީ އެކަމާއި މެދު ސުވާލުކުރަމުންނެވެ. މި މަސައްކަތް ފެށުމަށް ރިސޯޓް ތަރައްޤީކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފައި މި ވަނީ މި މަޝްރޫޢު ނުފެށި ލަސްވާތީ ސަރުކާރަށް ފާޑުކިޔުން އިތުރުވެފައި ވަނިކޮށެވެ.

ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކެލާ ފަޅުން 12.19 ހެކްޓަރުގެ ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން އެއް ރަށަކީ 156.2 ހެކްޓަރުގެ ރަށެކެވެ. އަދި ދެވަނަ ރަށަކީ 169.3 ހެކްޓަރުގެ ރަށެކެވެ.

މި ދެ ރިސޯޓް ތަރައްޤީކުރަން ޖެހެނީ 200 އެނދުގެ ޖާގަ އާއި އެކުގައެވެ. އަދި އެ ރަށް ކުއްޔަށް ނަގަން ޖެހެނީ 50 އަހަރަށްކަން ފާހަގަކޮށްލެވެއެވެ.

މި ދެ ރަށުގެ ތެރެއިން 156.2 ހެކްޓަރުގެ ރަށުގެ ބިޑު ކާމިޔާބުވާ ފަރާތަކުން ދެ މަސް ދުވަސް ތެރޭގައި މަދުވެގެން 1.99 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭނެކަން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ މީގެ ތެރެއިން 169.3 ހެކްޓަރުގެ ރަށުގެ ބިޑު ކާމިޔާބުވާ ފަރާތުން، ދެ މަސް ދުވަސް ތެރޭގައި ސަރުކާރަށް 2.03 މިލިއަން ޑޮލަރު ދައްކަން ޖެހޭނެކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން އިއުލާންކޮށްފައި ވަނީ ކާށިދޫ ފަޅުން 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުމަށެވެ. އެގޮތުން އެ ރަށު ފަޅުން ވިއްކަނީ 115.21 ހެކްޓަރުގެ ރަށެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުން އެ ރަށުގައި ތަރައްގީކުރުމަށް ނިންމާފައި ވަނީ 100 އެނދުގެ ރިސޯޓެކެވެ. އަދި އެ ރަށް ވެސް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބިޑު ކާމިޔާބުވާ ފަރާތުން، ބިޑު ކާމިޔާބު ކުރާތާ ދެ މަސް ދުވަސް ތެރޭގައި ސަރުކާރަށް 2.25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަށްޓަކާ ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ވެސް އެ ތަނުގައި ރިސޯޓެއް ތަރައްގީކުރަން ބީލަމަށް ހުޅުވާލާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް