Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރީތިރަށް ރިސޯޓު

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017 | ހޯމަ 12:29

ރީތިރަށް ރިސޯޓުން ކުރިއަށް ގެންދިޔަ މިފަދަ 6 ވަނަ ޕްރޮގްރާމް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 ޖެނުއަރީ 2017 | ހޯމަ 12:29
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިއަކަށް ސެޓްފިކެޓް ހަވާލުކުރަނީ

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިއަކަށް ސެޓްފިކެޓް ހަވާލުކުރަނީ

ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމުގެ ގޮތުން ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި، ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މިޕްރޮގްރާމްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޒުވާނަކަށް ހޮވިފައިވަނީ މުހައްމަދު މިސާލް އެވެ. ޖުމްލަ ހަތް ކުދިން މި ޕްރޮގްރާމް ފުރިހަމަކުރިއިރު، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ

Advertisement - newsAdvertisement

ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކަށް މުޅިން އަލަށް ވަންނަން ބޭނުންވާ ޒުވާނުން އަހުލުވެރިކުރުވުމަށް ވަން އޮން އެންޑް އޮންލީ ރީތިރަށް ރިސޯޓުން މިދިޔަ އަހަރު ހިންގި ޕްރޮގްރާމްގެ ބައިވެރިން ވަނީ 1 އަހަރު އެރިސޯޓުގައި ހޭދަކޮށް ކަމާ ގުޅޭ އެކި ދާއިރާތަކުން ތަމްރީނު ހޯދާފައިވެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ކޮންމެ ޒުވާނަކީ ހުނަވެރިވި ޒުވާނަކަށް ހަދައި ޒުވާނުން ބާރުވެރިކުރުވާއި އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން 94،000 ވަޒީފާ މިފަސް އަހަރުގެ ތެރޭގައި އުފެއްދުމަށް ވެވަޑައިހެންފައިވާ ވައުދު ފުއްދެވުމަށް ކުރަމުންގެންދާ މަސައްކަތަށް ވަން އެންޑް އޮންލީ ރިސޯޓުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރުއަދާކުރެއްވި އެވެ. އަދި މިފަދަ ތަމްރީނާއި ތަޖްރިބާ އެހެން ދާއިރާތަކުން ވެސް ކުރިއަށް ގެންދުމަށް އިލްތިމާސްކުރެއްވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރީތި ރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޖޯނލޫކް ނަރެޓް ވިދާޅުވީ، އެ ރިސޯޓުން ވަޒީފާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަމްރީނު ލިބިފައި ތިބި ޒުވާނުންނަށް ކަމަށާއި މި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެރިސޯޓުން ވަޒީފާގެ ފުރުޞަތު މިހާރު ދެއްވާފައިވާ ކަމަށެވެ. އަދި އެންމެ ހާއްސަ އެއް ކަމަކީ މިފަދަ ޕްރޮގްރާމެއް މެދު ނުކެނޑީ ކާމިޔާބުކަމާ އެކު ކުރިއަށްގެންދެވި މިދާއިރާއަށް ޒުވާނުން ތަމްރީން ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރާއި އެކި އެކި ފަރާތްތަކުން ފޯރުކޮށްދޭ އެހީތެރިކަން ކަމަށް ޖޯނލޫކް ވިދާޅުވި އެވެ.

އެއް އަހަރުގެ މުއްދަތަށް ރީތި ރަށް ރިސޯޓުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ވަޒީފާގެ މައިދާނުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ގަޑިއަށް ފަރުވާތެރިވުމާއި، ލީޑަރޝިޕާއި، އެންމެނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި ތަމްރީނު މި ޕްރޮގްރާމްގެ ބައިވެރިންނަށް ދީފައިވާ ކަމަށް ރިސޯޓުން މައުލޫމާތު ދެއްވާފައި ވެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިން ބުނީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އަލަށް ގުޅެން ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. މިއީ ރީތިރަށް ރިސޯޓުން ކުރިއަށް ގެންދިޔަ މިފަދަ 6 ވަނަ ޕްރޮގްރާމެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

30 މެއި 2017

ހީލަމާ ޕްރޮގްރާމް މިފަހަރު ވެސް ހުށަހަޅައިދޭނީ މަހްލޫފު!

30 މެއި 2017
ހީލަމާ ޕްރޮގްރާމް މިފަހަރު ވެސް ހުށަހަޅައިދޭނީ މަހްލޫފު!
29 މެއި 2017

މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް މިއަހަރު ނުބާއްވާނެ

29 މެއި 2017
މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް މިއަހަރު ނުބާއްވާނެ
16 މެއި 2017

ކައުންސިލް އިންތިހާބު ނިމިއްޖެ، ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ވެސް ކަނޑާލަނީ

16 މެއި 2017
ކައުންސިލް އިންތިހާބު ނިމިއްޖެ، ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ވެސް ކަނޑާލަނީ
14 މެއި 2017

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ

14 މެއި 2017
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ
30 އެޕްރީލު 2017

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

30 އެޕްރީލު 2017
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ
07 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް