Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑުއްވަރީ މާރާމާރީ

މަޑުއްވަރީގައި ދެބެއިންގެ ދެމެދުގައި ހިނގި މާރާމާރީ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

1 އެޕްރީލު 2025 | އަންގާރަ 08:39

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އެޕްރީލު 2025 | އަންގާރަ 08:39
ރ.މަޑުއްވަރި މަތިން ނަގާފައިވާ ފޮޓޯ އެއް

ރ.މަޑުއްވަރި މަތިން ނަގާފައިވާ ފޮޓޯ އެއް

ރ. މަޑުއްވަރީގައި ދެބެއިންގެ ދެމެދުގައި ހިނގި މާރާމާރީ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މަޑުއްވަރީގައި އެއްބަނޑު އެއްބަފާ ދެބެއިން މާރާމާރީ އެއް ހިންގި މައްސަލަ ފެންމަތިވީ 31 މާރޗް ވީ ހޯމަ ދުވަހުއެވެ. ފުލުހުން މީޑީއާތަކަށް އާއްމުކޮށްފައިވާ މެސެޖެއްގައި ބުނެފައި ވަނީ މަޑުއްވަރީގައި ދެމީހެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލަ އެއް އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާފައި ވަނީ ހޯމަ ދުވަހުގެ ރޭ 11:28 ހާއިރު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މަޑުއްވަރިން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހަކު ކިޔާދިން ގޮތުގައި މި މާރާމާރީ އާއި ގުޅިގެން އެކަކަށް އަނިޔާވެ، އޭނާ އަށް އެ ރަށު ސިއްހީ މަރުކަޒުގައި ވަނީ ފަރުވާދީފައެވެ. އެނގިފައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހަކީ ރ.މަޑުއްވަރީ ބީޗްހައުސް އަށް ނިސްބަތްވާ އިސްމާއިލް އާސިފްއެވެ. އޭނާ ހަމަލާ ދީފައި ވަނީ އޭނާގެ އެއްބަނޑު އެއް ބަފާ ބޭބެ އަށް ކަަމަށް މި ނޫހަށް މައުލޫމާތު ދިން މީހާ ވަނީ ކިޔާދީފައެވެ.

އެ ރަށު އިތުރު މީހަކު ކިޔާ ދިން ގޮތުގައި މި ދެ މީހުންގެ މެދުގައި މާރާމާރީ ހިނގަން މެދުވެރިވީ އަމިއްލަ ސަބަބުތަކާއި ހުރެއެވެ. އެގޮތުން ބޭބެ ފައިސާ އަށް ކިޔާތީ ރުޅި އައިސްގެން ހަމަލާ ދިން ކަމަށް ރަށު ތެރޭގައި ވާހަކަދެކެވެމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ. ރާއްޖެ އެމްވީ އާއި ވާހަކަދެއްކި މީހާ ވަނީ އާސިފްގެ ނަފްސާނީ މައްސަލަ އެއް ހުންނަ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން ވަކި އެއްޗެއް ހާމަކޮށްފަ އެއް ނުވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ އަކީ މި ފަދަ މައްސަލައިގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ. އެގޮތުން 2019 ވަނަ އަހަރު ރ.މަޑުއްވަރީގައި މީހަކަށް ވަޅިން ހަމަލާ ދިން މައްސަލައިގައި އޭނާ ޖަލަށް ލުމަށް 2022 ވަނަ އަހަރު ހުކުމް ކުރިއެވެ. އޭނާ ޖަލުން މިނިވަންވެފައި ވަނީ ދާދި ފަހުންނެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް