Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

 ޔުކްރެެއިން ހަނގުރާމައާ ގުޅޭ މަޝްވަރާ ސައުދީގައި ފަށައިފި

ރަޝިޔާއާ އެކު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު އެވެ. ނަމަވެސް، ރަޝިޔާ އިން ބުނެފައި ވަނީ މަޝްވަރާ ތަކުން އަވަސް ހައްލެއް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މާރިޗު 2025 | ހޯމަ 05:01
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހިމެނޭ ގޮތަށް، މާޗު މަހުގެ 11 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހިމެނޭ ގޮތަށް، މާޗު މަހުގެ 11 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ޔުކްރެއިން އާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ވަގުތީ ހުއްޓުމެއް ގެނައުމަށްޓަކައި އެމެރިކާގެ އިސް ބައިވެރިވުމާ އެކު، ސައުދީ އަރަބިއްޔާގައި ބާއްވާ މަޝްވަރާތައް ފެށިއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަވަސް މުއްދަތެއްގެ ތެރޭގައި މި ހަނގުރާމަ ނިންމުމަށް މަސައްކަތް ކުރަމުންދާ އިރު، ސައުދީގެ ރިޔާދުގައި ބާއްވާ މި މަޝްވަރާ ތަކުގައި އެމެރިކާގެ އޮފިޝަލުން ޔުކްރެއިން އާއި ރަޝިޔާއާ ވަކި ވަކިން ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

މަޝްވަރާތައް ފެށުނީ އާދިއްތަ ދުވަހުގެ ރޭ ޔުކްރެއިންގެ ދިފާއީ ވަޒީރު ރުސްތަމް އުމެރޯވްގެ އިސް ނެންގެވުމުގެ ދަށުން، އެމެރިކާގެ ޓީމާއެކު އެވެ.

އުމެރޯވް ވިދާޅުވި ގޮތުގައި މަޝްވަރާ ތަކުގައި ހަކަތައިގެ ވަސީލަތްތަކާއި، މުހިންމު އިންފްރާސްޓްރަކްޗަރ ހިމާޔަތްކުރުމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ހިމެނެ އެވެ.

ރަޝިޔާއާ އެކު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު އެވެ. ނަމަވެސް، ރަޝިޔާ އިން ބުނެފައި ވަނީ މަޝްވަރާ ތަކުން އަވަސް ހައްލެއް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.

ރަޝިޔާގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޯވް ވިދާޅުވީ، މިއީ ދަތުރުގެ ފެށުން އެކަނި ކަމަށާއި، ކުރިއަށް އޮތީ އުނދަގޫ މަޝްވަރާތަކެއް ކަމަށެވެ.

 ދެފަރާތުން އެކި ހުށަހެޅުންތައް ހުށަހަޅަމުން ދިޔަ ނަމަވެސް، ހަމަލާތައް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ. އާދިއްތަ ދުވަހު ޔުކްރެއިންގެ ވެރި ރަށަށް ދިން ހަމަލާއެއްގައި ތިން ރައްޔިތުން މަރުވެފައިވާ އިރު، ޔުކްރެއިންގެ ޑްރޯން ހަމަލާއަކުން ރަޝިޔާގެ ދެ މީހަކު މަރުވި އެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު