Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަންގާރަ ދުވަހުން ފެށިގެން އަލުން ހަމަލާދޭން ފަށާފައިވާއިރު، މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާ އިން ބުނެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މާރިޗު 2025 | ބުރާސްފަތި 05:43
ޣައްޒާ ސިޓީގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލް އިން ހަމަލާ ދިނުމާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުން އެތަނުގައި

ޣައްޒާ ސިޓީގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލް އިން ހަމަލާ ދިނުމާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުން އެތަނުގައި

އިސްރާއީލުން ޣައްޒާ އަށް ދޭ "އެންމެ ފަހުގެ އިންޒާރު" އާއެކު ހަނގުރާމަ އަލުން ފެށި ފަހުން، މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައިފި އެވެ.

އިސްރާއީލުން ޣައްޒާ އަށް ދިން "އެންމެ ފަހުގެ އިންޒާރު" ގައި، ހަމާސްގެ ބާރު ނައްތާލުމަށާއި، ހިފެހެއްޓިފައިވާ ހަނގުރާމައިގެ ރަހީނުން ދޫކޮށްލުމަށް ވަނީ އަންގައިފަ އެވެ.

މިއާއެކު، ބުރާސްފަތި ދުވަހު އިސްރާއީލުން ވަނީ ޣައްޒާގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދިނުމުގެ އިތުރުން، އެއްގަމުގެ އޮޕަރޭޝަންތައް ފުޅާ ކޮށްފަ އެވެ.

މިއަހަރުގެ ޖެނުވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމަށް ފަހު، އަންގާރަ ދުވަހުން ފެށިގެން އަލުން ހަމަލާދޭން ފަށާފައިވާއިރު، މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާ އިން ބުނެ އެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ޚާން ޔޫނިސްގައި ދިން ހަމަލާއެއްގައި އިތުރު 10 މީހަކު ވަނީ ޝަހީދު ކޮށްލައިފަ އެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވީ، "މިއީ އެންމެ ފަހުގެ އިންޒާރު" ކަމަށާއި، ރަހީނުން ދޫކޮށްލައި ހަމާސް ނައްތާލައިފި ނަމަ، އެހެން ގައުމުތަކަށް ހިޖުރަ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ހަމާސް އިން ބުނެފައި ވަނީ މަޝްވަރާތަކަށް ތައްޔާރަށް ތިބި ކަމަށާއި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ނަމަވެސް، މިޞްރު، ޤަތަރު އަދި އެމެރިކާގެ މެދުވެރި ކަމާއެކު ކުރިން އެއްބަސްވެފައިވާ ތިން މަރުހަލާގެ އެއްބަސްވުމަށް އަލުން މަޝްވަރާ ކުރުމަށް އިސްރާއީލުން ހުށަހަޅާފައިވާ ހުށަހެޅުމަށް، ހަމާސް އިން ވަނީ ދެކޮޅު ހަދާފައި އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު، ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތަކާ ގުޅިގެން، އިސްރާއީލުން ފެށި ހަނގުރާމަގައި މިހާތަނަށް ފަލަސްތީނުގެ 49،000 (ސާޅީސް ނުވަ ހާސް) އަށް ވުރެ ރައްޔިތުން ޝަހީދު ކޮށްލާފައިވެ އެވެ. އަދި ހަމާސްގެ ހަމަލާތަކުގައި އިސްރާއީލްގެ 1218 މީހަކު ވަނީ މަރުވެފަ އެވެ. 

މިހާރު އަލުން ފެށިފައިވާ ހަމަލާތަކާ އެކު، ހަނގުރާމައިގެ ނިމުން ކައިރި ވެފައިވާ ކަމުގެ އުއްމީދުތައް ވަނީ ނެތިގޮސްފައި އެވެ.

އިޒްރޭލްޣައްޒާހަމާސްރަހީނުންޝަހީދުންހަނގުރާމަޣައްޒާ ހަނގުރާމަ ހަމާސް-އިސްރާއިލް ހަނގުރާމަފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު