Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ކުއްލި އެއްވުން

ފުލުހުންނާއި ސިފައިންގެ މައިބަދައިގައި ބޭއިންސާފަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަން ޖެހޭ: މާޒް ސަލީމް

13 މާރިޗު 2025 | ބުރާސްފަތި 18:45

އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅާ ބާރުގެ ބޭނުން ކުރަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 މާރިޗު 2025 | ބުރާސްފަތި 18:45
ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ބުރާސްފަތި ދުވަހުގޭ ރޭ 13-03-2025 ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަނީ

ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ބުރާސްފަތި ދުވަހުގޭ ރޭ 13-03-2025 ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަނީ

ފުލުހުންނާއި ސިފައިން މައިބަދައިގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަންޖެހޭނެ ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ފުލުހުންނާއި ސިފައިން މިއަދު ހެޔޮ އެދެނީ އަނިޔާވެރި ވެރިކަމުގައި ހުންނެވި ވަލިޔުލްއަމުރަށް ކަމަށާއި ރައްޔިތުންނަށް ދަނީ އަނިޔާވެރިވަމުން ކަމަށެވެ.

ފުލުހުންގެ ހުވާ އިއްވަމުން މާޒް ސަލީމް ވިދާޅުވީ، ފުލުހުންނާއި ސިފައިން ކޮށްގެން ތިބި ހުވަޔާއި ޚިލާފްވެފައިވާ ކަމަށާއި ފުލުހުންނާއި ސިފައިން ބޭއިންސާފަށް ނޫނެކޭ ބުނަން ޖެހޭނެ ކަމަށެވެ.

އަދި ރާއްޖޭގެ ރައްޔިތުންނާއި މެދު މިސަރުކާރުން ވަމުންދާ ނާއިންސާފުގެ ކަންކަން ހަމަ މަގަށް އަޅުވާނީވެސް ފުލުހުންނާއި ސިފައިން ކަމަށް ވިދާޅުވި އެވެ.

މިއަދު ޤާނޫނު އަސާސިގެ 27 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަންކަން މިސަރުކާރުން ނިގުޅައިގެންފައިވާއިރު، މިއީ ސަރުކާރު ޤަނޫނީ އިމުން ބޭރުވެ، ރައްޔިތުން މަގުމައްޗަށް ނިކުނަން މަޖުބޫރުކުރުވި ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ އަށް އިސްލާހް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ދެބައި ކުޅަ އެއްބައި މެމްބަރުންގެ އަޣްލަބިއްޔަތު ލިބިގެން ކަމަށްވާއިރު، އެހެންކަމުން މިއަދު މިރާއްޖޭގައި ޤާނޫނީ ސަރުކާރެއް ނެތް ކަމަށާއި، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމުންދާ މަންޒަރު ބަލަން އެމްޑީޕީން މަޑުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނާއި ޚިލާފަށް މުޒާހަރާކުރި ކަމަށް ބުނެ މާޒް ސަލީމް މިހާރު ފުލުހަށް 14 މާރޗް ވާ ހުކުރު ދުވަހުގެ 16:00 އަށް، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށް އަންގާފައި ވެއެވެ. އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓުގައި، އޭނާ ފުލުހަށް ހާޒިރުވެ ބައްދަލުކުރަން ޖެހޭ ފުލުސް އޮފިސަރގެ ތަފްސީލް ހިއްސާކޮށްފައިވެއެވެ. އެ ޗިޓުގައި ބުނާ ގޮތުން އެ ބައްދަލުވުމަށް ހޭދަ ވާނީ އެއް ގަޑި އިރާއި ތިރީސް މިނިޓެވެ.

އެ ޗިޓުގައި ބުނެފައި ވަނީ މާރޗް 12 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި މާޒް ސަލީމާއި އިތުރު ބަޔަކު ބައިވެރިވެގެން، ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް މާލޭ ސިޓީގެ އެކި މަގުތަކަށް އެއްވެ، އަޑުގަދަކޮށް އާއްމު ދަތުރުފަތުރަށް ހުރަސް އަޅާ އާއްމު މަސްލަހަތު ނަގާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މާޒް ސަލީމް ފުލުހަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާ އާއި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ވެސް އެ ޗިޓުގައި ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ

02 އެޕްރީލު 2017
ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
24 ފެބުރުއަރީ 2017

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް