Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ސިޔާސީ ހަރަކާތްތައް

ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ރައްޔިތުންނަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައި، ސަރުކާރު ވަނީ ބަލިވެފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 2 އެޕްރީލު 2017 | އާދީއްތަ 02:44
އިދިކޮޅު އިއްތިހާދުގެ ނައިބް ލީޑަރު ޝިފާ މުހައްމަދު - ސަރުކާރަށް ތާއީދު ނެތްކަމަށް ޝިފާ ވިދާޅުވި

އިދިކޮޅު އިއްތިހާދުގެ ނައިބް ލީޑަރު ޝިފާ މުހައްމަދު - ސަރުކާރަށް ތާއީދު ނެތްކަމަށް ޝިފާ ވިދާޅުވި

ނިމިދިޔަ ހަފްތާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ބަލިވެފައިވާ ސަރުކާރަށް ނޫނެކޭ ބުނެފައިވާކަމަށް އިދިކޮޅު އިއްތިހާދުގެ ނައިބް ލީޑަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝިފާ މުހައްމަދު ވިދާޅުވީ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ، ބުނެ އިތުބާރު ނުކުރާކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން ނިމުނު ހަފްތާގައި ބޮޑު މަދަނީ ބަސްނޭހުމަކަށް ގޮސްފައިވާކަމަށް ޝިފާ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައޮ ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދަނިކޮށް، ސިޔާސީ މަޤްސަދަކަށްޓަކައި ސުކޫލް ކުދިންނާއި، ޓީޗުން ބޮޑު ނުރައްކަލަކާއި ކުރިމަތިކުރުމަށް ސަރުކާރުން މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންނަށް ފެނިގެން މިދަޔައީ މިއަދުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތްކަމާއި، މިއަދުގެ ސަރުކާރުން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާކަން" މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަންވެސް ކުރައްވާ ޝިފާ މުހައްމަދު ވިދާޅުވި އެވެ.

ޝިފާ އިޝާރަތްކުރައްވާފައިއެވަނީ، ސްކޫލުތައް ހުޅުވުމަށް ސަރުކާރުން ނިންމި ނިންމުން ގަބޫލުނުކޮށް، ދަރިން ސްކޫލަށް ނުފޮނުވުމަށް ސަރުކާރުން ނިންމި ނިންމުމަށެވެ. އެގޮތުން އާދިއްތަ އަދި ހޯމަ ދުވަހު ސުކޫލުތަކަށް ގޮސްފައިވަނީ ވަރަށް މަދު އަދަދެއްގެ ކުދިންނެވެ. އަދި ރައްޔިތުން ދަރިން، ސްކޫލަށް ނުފޮނުވުމަށް ނިންމުމުން، ސްކޫލުތައް ބަންދުކުރުމަށް ސަރުކާރަށް މަޖުބޫރުވެގެންދިޔައެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝިފާ ވިދާޅުވިގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތައްކަށް ރައްޔިތުންގެ 85 އިންސައްތަ ތާއީދު އެބައޮތެވެ. އަދި ސަރުކާރަށް ރައްޔިތުން ތާއީދު ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ ހޯމަ ދުވަހު ނެގި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށެވެ. އަދި އެ ދުވަހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ބޭރުކޮށް، ވޯޓަށް އަހަންޖެހުމުން ސަރުކާރު، ބަލިކަށިވެފައިވާ މިންވަރު ހާމަވެގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު