Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައިންނަށް ވޯޓްނުލެވުން

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

އިދާރާތަކުގެ ވޯޓު ލިބޭނީ އެމްޑީޕީއަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 4 މާރިޗު 2017 | ހޮނިހިރު 01:26
އެމްޑީޕީގެ ޖަލްސާއެއްގައި އިމްތިޔާޒް ފަހުމީ ވާހަކަދައްކަވނީ

އެމްޑީޕީގެ ޖަލްސާއެއްގައި އިމްތިޔާޒް ފަހުމީ ވާހަކަދައްކަވނީ

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ކިތަންމެ މަސައްކަތެއްކުރި ނަމަވެސް އެކަން ނާކާމިޔާބުކޮށްލާނެ ކަމަށާއި، އެކަން ކުރުމަށް އުޅެނީ ސިފައިންގެ ތާއީދު ސަރުކާރަށް ގެއްލުމުގެ ސަބަބުން ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު އިމްތިޔާޒް ފަހުމި ވިދާޅުވެއްޖެ އެވެ.

ށ. ފޯކައިދޫގައި އިދިކޮޅު އެމްޑީޕީން ބޭއްވި ކައުންސިލް އިންތިހާބުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަސައްކަތްކުރަނީ، ސިފައިންގެ ތާއީދާއި، އިތުބާރުވެސް ވެރިކަން ކުރާ ޕީޕީއެމްއަށް ނެތުމުން ކަމަށެވެ. އަދި އެ ތާއީދު ގެއްލިފައި ވާއިރު ކުރިއަށް އޮތްތަނުގައި އެ އިދާރާތަކުގެ ހުރިހާ ވޯޓެއް ލިބޭނީ އެމްޑީޕީއަށް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތްކުރިކަމުގައިވީ ނަމަވެސް އެކަން ކާމިޔާބުވުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އެ މުއްސަސާގެ އިތުބާރު ގެއްލިއްޖެ. އެ މުއައްސަސާގެ 100 އިންސަތަ ވޯޓް ލިބިގެންދާނީ އަޅުގަނޑުމެންނަށް." އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް ފަހުމީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި ސަރުކާރަށް ބޮޑު ބަޖެޓެއްދީފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތާރީހުގައިވެސްދީފައިވާ އެންމެ ބޮޑު ބަޖެޓުކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. ނަމަވެސް ބޮޑު ބަޖެޓެއް ސަރުކާރަށްދިންކަމުގައިވިޔަސް އެކަމުގެ ނަތީޖާ ނުފެންނަކަން ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ރަށްތަކާއި، ފަރުތައް ވިއްކި އަދަދު ގުނާ އަދަދުކުރަންވެސް ނޭނގޭ ކަމަށެވެ. އަދި ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ އިދިރިކަމުގެ ތެރެއިން ކަމަށާއި، އެހެންވެ ރަށްތައް ވިއްކުމުގައި ހިންގާފައިވާ ޒަރީމާތައްވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ނޫން ކިތައް ފަރު ރަށްތައްތޯ ވިއްކަން އެ އޮތީ އިއުލާންކޮށްފައި. ބިޑަކަށްލުމެއް ނެތި ވިއްކާލުމަށްޓަކައި އިއުލާންކޮށްފައިނުވޭތޯ. މިކަމުގެ ހަޤީޤަތް އެނގޭ ރައްޔިތަކުވެސް އެބަހުރިތޯ. މި ރާއްޖޭގައި ވިއްކީ ކޮންރަށެއްކަން، ކޮން ފަޅެއްކަންކޮން ޖަޒީރާއެއްކަން ރަނގަޅަށް އެނގޭ ރައްޔިތަކުން މިވަގުތު އެބަހުރިތޯ. މި ހިންގާ ޒަރީމާތައް މި ހިނގާލެއް އަނދިރިކާއި، ދެފުށްފެންނަ ގޮތަށް ނުހިންގާ ކަމާއި، އޭގައި ވައްކަމާއި ފަސާދަ އެކުލެވިފައިވާލެއް މަތިކަން. މިކަމުގެ ހަޤީޤަތް އެބަ ރަނގަޅަށް ސާފުވޭތޯ." މާފަންނު އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.

ށ. ފޯކައިދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ސަރުކާރުން ފާސްކުރާ ޓެކްސް ބިލްތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، އެކި ނަންނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ކޮންމެ ޓެކްސް ބިލަކީ މި ސަރުކާރުން ރައްޔިތުން "ފޭލުމަށްޓަކައި" ހުށައަޅާ ބިލްތަކެއް ކަމަށެވެ. އެގޮތުން އިމްތިޔާޒް ވިދާޅުވީ، ލޮލުފިޔަ ޖަހާލި ނަމަވެސް ޓެކްސް ނަގާ ހިސާބަށް ކަންތައްތައް ގޮސްފައިވާކަމަށެވެ. އަދި މިއަދު ޓެކްސް ނުނަގާ އެއްވެސް ހިދުމަތެއް، އެއްވެސް މުދަލެއް ނެތްކަން އިމްތިޔާޒް ފާހަގަކުރެއްވި އެވެ.

"ރައްޔިތުންގެ މަޖިލީހަށް ތިން ކިޔުން އެއްކޮށްލާފައި، ނުގަޑީގައި ވައްދާ ކޮށްމެ ބިލަކީ ރައްޔިތުން ފޭލާލާ ބިލެއް. ޓެކްސްގެ މިންވަރު މަތިކުރުމަށް ހުށައަޅާ ބިލެއް. ރައްޔިތުން ފެލާލާ ބިލެއް. ޑަބަލް ޓެކްސް ނަގަމުންދަނީ. އިމްޕޯޓް ޑިއުޓީ ނަގަމުންދަނީ. އެ ނޫން ޓެކްސްތައް ނަގަމުންގެންދަނީ. މަތިމަތިން އެކި ޓެކްސްތައް ނަގަމުންދަނީ" އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ، މި ސަރުކާރުގެ ތެރެއިން ފެނިގެންދަނީ، އަނިޔާވެރި ހުދުމުތާރު ވެރިކަމެއްގެ ސިފަތައް ކަމަށެވެ. އެހެންކަމުން އެފަދަ ވެރިކަމެއް ބަދަލުކުރުމަކީ ވާޖިބެއް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. އަދި މި ވެރިކަން ބަދަލުކުރާނެ ކަމަށާއި، ވެރިކަން ބަދަލުކުރާނީ "ވޯޓުން ތަޅާ ބަލިކޮށްގެންކަމަށް" އިމްތިޔާޒް ވިދާޅުވި އެވެ.

ފ. އަތޮޅު މައްސަލަ އާއި ގުޅޭގޮތުން އިމްތިޔާޒް ވިދާޅުވީ، ފ. އަތޮޅު ވިއްކާ ނުލާކަމަށް ސަރުކަރުން ބުނަމުންގެންދާއިރު، އެކަން ނޫސްވެރިންނަށާއި، އާންމުންނަށް ފޮރުވަމުންގެންދާދިއުމުންވެސް ސަރުކަރުން ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭކަން ހާމަވާ ކަމަށެވެ. އިމްތިޔާޒް ވަނީ ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން އެއްބަސްވެފައިވާ އެއްބަސްވުމުގެ ތަފްސީލްތައް ހާމަކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު