Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ ހެވިކަން

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 1 މާރިޗު 2017 | ބުދަ 03:59
ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތުގެ ތެރެއިން

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތުގެ ތެރެއިން

ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާދައިގެ ތަށްޓަށް ބާއްވާ ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތު ފެށިގެންދިޔައީ ޤައުމީ ސަލާމަށްފަހު ޑިފެންސް މިނިސްޓަރ ލަޝްކަރު ބަލާ ފާސްކޮށްދެއްވުމުންނެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި މަރްޙަބާއާއި ޝުކުރު ދެންނެވީ މުބާރާތް ހިންގާ ކޮމެޓީގެ ޗެއަރމަން ކާނަލް ޙާމިދު ޝަފީޤެވެ. އަދި އެއަށްފަހު 12 ވަނަ ހެވިކަމުގެ މުބާރާތުގެ ތަށި ހެވިކަމުގެ މައިދާނަށް ގެނެވުނެވެ. މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިރަސްމިއްޔާތުގައި ބައިވެރިވާ ގެމަތަކުގެ ޝަރަފުގެ ހިނގާލުމެއް ދައްކާލުމާއި އޮފިސަރުންގެ ޑްރިލް ޑިސްޕްލޭއެއް ޕައިޕް ބޭންޑާއެކު އޮތެވެ. މީގެ އިތުރުން އެމްއެންޑީއެފް ޑްރިލް ސްކޮޑުގެ ޑްރިލް ޑިސްޕްލޭއެއް ވެސް ވަނީ ހުށަހަޅައި ދީފައެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާދައިގެ ތައްޓަށް ބާއްވާ ހެވިކަމުގެ މުބާރާތަކީ އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެމަތީ ޝަރަފުވެރި މުބާރާތެވެ. މިފަހަރުގެ މުބާރާތުގައި ސިފައިންގެ އެކި ޔުނިޓްތަކުން 13 ގެމަ ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އަންހެން ސިފައިންގެ ގެމައެއް ވެސް ވަނީ ބައިވެރިވެފައެވެ. މިމުބާރާތް އެންމެ ފަހުން ބޭއްވިފައި ވަނީ 2010 ވަނަ އަހަރުގައެވެ.

މި މުބާރާތުގެ މަޤްޞަދަކީ ސިފައިންގެ ހެވިކަމުގެ ފެންވަރު ރަނގަޅު ކުރުމާއި އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމު ކުރުމުގެ އިތުރުން ސިފައިންނަކީ ސިފަވަންތަ އަމުރަށް ކިޔަމަންތެރި ބައެއްގެ ގޮތުގައި ބިނާކުރުމެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކާއި ސިފައިންގެ އާއިލާތަކުގެ މެމްބަރުން ބައިވެރިވެލެއްވިއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު