Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވިޒިޓް މޯލްޑިވްސް

ލިވަޕޫލް އެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ

13 މާރިޗު 2025 | ބުރާސްފަތި 11:21

ލިވަޕޫލް ފުޓްބޯލް ކްލަބާއި އާއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ފުޓްބޯޅަ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖެއްސުމަކީ ރާއްޖޭގެ ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ، ފަތުރުވެރިން ގެނައުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 13 މާރިޗު 2025 | ބުރާސްފަތި 11:21
ލިވަޕޫލް އެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖެއްސުން

ލިވަޕޫލް އެފްސީގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖެއްސުން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ފުޓްބޯޅަ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ނެރުނު ނޫސް ބަޔާނެއްގައެވެ.

ބުރާސްފަތި ދުވަހު ނެރުނު މި ނޫސްބަޔާނުގައި ބުނެފައި ވަނީ ލިވަޕޫލް ފުޓްބޯލް ކްލަބާއި އާއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ފުޓްބޯޅަ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސުމަކީ ރާއްޖޭގެ ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ، ފަތުރުވެރިން ގެނައުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށް ކަމަށެވެ.

އަދި މި ޕާޓްނާޝިޕް ރަސްމީކޮށް އިފްތިތާޙްކުރާނީ އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށާއި މިގޮތުން މި މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާރޓްނާޝިޕާއި ދިވެހިރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ހަމަޖެހިފާ ކަމަށް ވެސް މި ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މި ޕާޓްނަރޝިޕްގެ ޒަރިއްޔާއިން ވިޒިޓް މޯލްޑިވްސްއަށް އެލްއެފްސީގެ ބައިނަލްއަޤްވާމީ އޯޑިއަންސުން ނުހަނު ބޮޑު ތަރުޙީބެއް ލިބިގެންދާނެ ކަމަށާއި އަދި ކްލަބުގެ މަޤްބޫލުކަމުގެ ބޭނުން ހިފައި، މި ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއަޅާނެ ކަމަށް ވަނީ ބުނެފައެވެ. މި އެއްބަސްވުމުގެ ސަބަބުން މި އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100 މިލިއަންނަށް ވުރެ، ގިނަ ޑޮލަރު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ޕާޓްނާޝިޕްގެ ދަށުން އެންފީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނަން ހުންނާނެ ކަމަށާއި އަދި މިއާއެކު ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ބްރޭންޑިންގް ޖަހާ، އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓު ކުރުންވެސް ހިމެނެއެވެ. މީގެ އިތުރުން، އެލްއެފްސީއާ ގުޅިގެން ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިންމު މާކެޓުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލާނެއެވެ.

އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޯވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޯވަރުން ހިމެނެއެވެ. ވިޒިޓް މޯލްޑިވްސްގެ މައި މާކެޓުތަކުގައި އެކަނިވެސް 22 މިލިއަން ލިވަރޕޫލް ސަޕޯޓަރުން ތިބޭ ކަމަށް ލަފާކޮށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެއެވެ. މި އޯޑިއަންސްގެ ތެރެއިން އެންމެ 2 އިންސައްތަ މީހުން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް ޕާޓްނަރޝިޕްގެ ޓާގެޓް ހާސިލްކުރެވިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ލިވަޕޫލް އެކަޑަމީއެއް ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭންޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތައް ވެސް މި ޕާޓްނާޝިޕްގައި ހިމެނެއެވެ. ފޭން ޒޯންތަކާއި އެކްޓިވޭޝަންތައް ވިޒިޓް މޯލްޑިވްސްގެ އިވެންޓްތަކާއި ބައިވެރިވާ ފެއަރތަކާއި ރޯޑްޝޯތަކުގައި އިންޓަގްރޭޓް ކުރުމަށް ހަމަޖެހިފައިވާއިރު، އެލްއެފްސީ ލެޖެންޑުންނާއި ޑިޖިޓަލް އެންގޭޖްމަންޓް ކެމްޕެއިންތަކުގެ ސަބަބުން ހޭލުންތެރިކަމާއި ބުކިންތައް އިތުރުވެގެންދާނެއެވެ. އަދި ޕްރިމިއަމް ބްރޭންޑިން، ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރިޗް ކޮންމެ ސީޒަނަކަށް 397 މިލިއަނަށް ވުރެ މައްޗަށް އަރާ، އަހަރެއްގެ މައްޗަށް 17 މިލިއަން ޑޮލަރަށް ވުރެ މަތީގެ މީޑިއާ ވެލިއު ލިބޭނެކަމަށް ބެލެވޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިއީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓެޖިކް ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ އަކީ ލީޑިންގ ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންކުރިއަށްދާ ކެންޕޭނެއް ކަމަށާއި އެލްއެފްސީގެ ބައިނަލްއަޤުވާމީ ނުފޫޒުގެ ބޭނުން ހިފައިގެން ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓުބޯޅަ ސަޕޯޓަރުންނާއި ގުޅުން ބަދަހިކޮށް، ރާއްޖެ އިޚްތިޔާރު ކުރުމަށް ހިތްވަރު ދިނުން ކަމަށް ބުނެފައިވެއެވެ.

"ފުޓުބޯޅަ އާއި ދަތުރުފަތުރުގެ ސަބަބުން މީހުން އެއްތަނަކަށް ޖަމާވެ، ހަނދާން ނައްތާނުލެވޭ ފަދަ އިހުސާސްތަކެއް އުފައްދައިދޭ." ވިޒިޓް މޯލްޑިވްސްގެ ސީއީއޯ/ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ. "މި ޕާޓްނާޝިޕްއިން އަޅުގަނޑުމެންގެ އަމާޒަކީ ހުވަފެންތައް ހަގީގަތަކަށް ވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަޖުރިބާ ކުރުމަށް އެތައް މިލިއަން ސަޕޯޓަރުންނަށް ހިތްވަރު ދިނުން."
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް)

މި ޕާޓްނަރޝިޕް ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގް އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާއިރު، ލަގްޒަރީ، އެޑްވެންޗަރ އަދި ތަފާތު ތަޖުރިބާތައް ހޯދުމަށް ބޭނުންވާ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް ގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2020

ރާއްޖެއަކީ ޑްރީމް ޑެސްޓިނޭޝަން - ފަސް ލައްކަ ވަނަ ފަތުރުވެރިޔާ

17 ޑިސެމްބަރު 2020
ރާއްޖެއަކީ ޑްރީމް ޑެސްޓިނޭޝަން - ފަސް ލައްކަ ވަނަ ފަތުރުވެރިޔާ
15 ނޮވެމްބަރު 2020

އެސްޑީއެފްސީގެ ކައުންޓަރުން ފޯމު ބަލައިގަތުން ހުއްޓާލާ، އެކަމަށް ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފި

15 ނޮވެމްބަރު 2020
އެސްޑީއެފްސީގެ ކައުންޓަރުން ފޯމު ބަލައިގަތުން ހުއްޓާލާ، އެކަމަށް ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފި
27 އޯގަސްޓު 2020

އެސްޑީއެފްސީގެ ލޯނުތައް ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދީފި

27 އޯގަސްޓު 2020
އެސްޑީއެފްސީގެ ލޯނުތައް ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދީފި
06 ޖެނުއަރީ 2020

"ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން"ގެ ޝޯވގައި ބައިވެރިވުމުގެ ފުރުޞަތު!

06 ޖެނުއަރީ 2020
"ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން"ގެ ޝޯވގައި ބައިވެރިވުމުގެ ފުރުޞަތު!
27 ޑިސެމްބަރު 2018

ވިދިވިގެން ތިންވަނަ ފަހަރަށް ދުނިޔޭގެ ލީޑިން ޑައިވް ޑެސްޓިނޭޝަންއަކަށް ރާއްޖެ

27 ޑިސެމްބަރު 2018
ވިދިވިގެން ތިންވަނަ ފަހަރަށް ދުނިޔޭގެ ލީޑިން ޑައިވް ޑެސްޓިނޭޝަންއަކަށް ރާއްޖެ
19 އޯގަސްޓު 2018

ޓޫރިސްޓް އެރައިވަލް: ޗައިނާ ފިޔަވައި އެހެން ބޮޑެތި މާކެޓްތަކުން ކުރިއެރުން

19 އޯގަސްޓު 2018
ޓޫރިސްޓް އެރައިވަލް: ޗައިނާ ފިޔަވައި އެހެން ބޮޑެތި މާކެޓްތަކުން ކުރިއެރުން
17 މެއި 2018

ވަން ޕްލަސް 6 އޮފިޝަލްކޮށް ލޯންޗްކޮށްފި

17 މެއި 2018
ވަން ޕްލަސް 6 އޮފިޝަލްކޮށް ލޯންޗްކޮށްފި
06 ޖެނުއަރީ 2018

ޕޭރޯލް ޓެކްސް ސިސްޓަމަކަށް މަރުހަބާ ކިޔަން ނިއުޔޯކް ކުންފުނިތަކުން އޮތީ ތައްޔާރަށް: ސްޓޭޓް އޮފިޝަލް

06 ޖެނުއަރީ 2018
ޕޭރޯލް ޓެކްސް ސިސްޓަމަކަށް މަރުހަބާ ކިޔަން ނިއުޔޯކް ކުންފުނިތަކުން އޮތީ ތައްޔާރަށް: ސްޓޭޓް އޮފިޝަލް
06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
17 އެޕްރީލު 2017

ޓޫރިސްޓް ވިސާއާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ނިންމައިފި

17 އެޕްރީލު 2017
ޓޫރިސްޓް ވިސާއާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް