Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިންފިނިޓީ ޕޯޓަލް

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

މީގެ ކުރިން އުރީދޫ އައިޕީއޯވެސް ވަނީ ހުޅުވާލާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2017 | އާދީއްތަ 11:34
އިންފިނިޓީ ޕޯޓަލް މެދުކޮށް ސުކޫކު އިއުލާނު ކުރުން ފަށަނީ

އިންފިނިޓީ ޕޯޓަލް މެދުކޮށް ސުކޫކު އިއުލާނު ކުރުން ފަށަނީ

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އިންޕިނިޓީ ފޯޓަލް މެދުވެރިކޮށް މީގެ ކުރިން ވަނީ އުރީދޫ ކުންފުނީގެ ހިއްސާ ވިއްކާފަ އެވެ. އެ ފަހަރު އުރީދޫގެ 5 ލައްކަ 60 ހާހަށް އަށް ވުރެ ގިނަ ޝެއާ ގަނެފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

Advertisement - businessAdvertisement

ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިން ޑިރެކްޓަރ ހަސަން މަނިކު ވިދާޅުވީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން، އުރީދޫގެ ހިއްސާ އަލަށް ވިއްކުމަށް ހާއްސަކޮށްގެން ހުޅުވާލި އޮންލައިނު ޕޯޓަލްގައި، ގާތްގަނޑަަކަށް 2100 މީހުން އެކައުންޓް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން 17 މިލިއަން ރުފިޔާގެ ޓްރާންސްސެކްޝަން އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ހިނގާފައިވާ ކަމަށް ހަސަން މަނިކު ވިދާޅުވި އެވެ.

"މިއީ ސްޓޮކް އެކްސްޗޭންޖަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ހިއްސާގަންނަ ފަރާތްތަކުން ފަސޭހަކަމާ އެކު ހިއްސާގެ ބާޒާރުން ހިއްސާ ގަނެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދިއުން އެއީ ވަރަށް އުފާކުރާ ކަމެއް. އިންފިނިޓީ ޕޯޓަލް އެޗްޑީއެފްސީގެ ސުކޫކަށް ހުޅުވާލާފައިވާ އިރު ފޯޓަލްއިން އެއާ ގުޅޭ މައުލޫމާތުތައް ލިބެން ހުންނާނެ،" ހަސަން މަނިކު ވިދާޅުވި އެވެ.

ސްޓޮކް އެކްސްޗޭންޖުގެ ހެޑް އޮފް ސްޓޮކް އެކްސްޗޭންޖު އޮޕަރޭޝަންސް ފާތިމަތު ލަމްހާ ވިދާޅުވީ، އުރީދޫގެ އައިޕީއޯއަށް ހުޅުވާލި ފުރުސަތު މިހާރު ބަންދުކޮށްފައިވާ އިރު، އިންފިނިޓީ ޕޯޓަލް އަނެއްކާވެސް ހުޅުވިގެންދަނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ސުކޫކު ވިއްކިމަށް ކަމަށެވެ. ސުކޫކު ވިއްކުމަށް 24 އޮގަސްޓުން ފެށިގެން 18 އޮކްޓޫބަރުގެ ނިއަލަށް ކުރިއަށްދާނެ އެވެ.

އޮންލައިން ޕްލެޓްފޯމެއްގެ ތެރެއިން، އެކައުންޓް ހުޅުވުމަށް އެކްޓިވޭޓް ކުރުވުމަށް ދެ ދުވަސް ނުވަތަ ތިން ދުވަސް ވާނެ ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނެ އެވެ.

" މިހާރު އަޅުގަނޑުމެން ސުކޫކަށް އޯޕަންކޮށްލީމަ، ގިނަ ބޭފުޅުންނަށް ދިމާވެފައިވާ ދައްޗަކީ، އަޮފީހަކަށް ގޮސް ހިއްސާ ގަތުމުގެ ކަންކަން ކުރުން. އޮންލައިން ކޮށް މިގޮތަށް ހުޅުވާލީމަ، ކުރިއަށް އޮތްތަނުގައިވެސް މިހާރަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެ ކަމަށް ބެލެވޭ. ކެޕިޓަލް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު މިވަނީ ވަރަށް ބޮޑަށް ހުޅުވާލާފައި." ލަމްހާ ވިދާޅުވި އެވެ.

މި ޕޯޓަލް މެދުވެރިކޮށް، ސެކަންޑްރީ ޝެއާ ގަނެވޭނެ ފުރުސަތުގެ އިތުރަށް، ހިއްސާ ގަނެފައިވާ ފަރާތްތަކުގެ ބެލެންސް އާއި މައުލޫމާތުތައް އެނގޭނެގޮތެއް ހެދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނެ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު ވުޖޫދަށް އައިސްފައިވަނީ 2008 ވަނަ އަހަރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

އާރުއޯއެލް ގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

12 އޯގަސްޓު 2017
އުރީދޫގެ ހިއްސާ ސްޓޮކް އެކްސްޗޭޖްގައި ޖަމާކޮށްފި

އުރީދޫގެ ހިއްސާ ސްޓޮކް އެކްސްޗޭޖްގައި ޖަމާކޮށްފި

06 އޯގަސްޓު 2017
މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

02 އޯގަސްޓު 2017
ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް

ސަބްމެރިން ކޭބަލް މައްސަލަ ޖެހި އުރީދޫ އާއި އާރުއޮންލައިންގެ އިންޓަރނެޓް ލިބުމުގައި ދަތިތަކެއް

06 ޖޫން 2017
އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި

އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި

23 މެއި 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު