Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

ވިދިވިގެން ތިންވަނަ ފަހަރަށް ދުނިޔޭގެ ލީޑިން ޑައިވް ޑެސްޓިނޭޝަންއަކަށް ރާއްޖެ

27 ޑިސެމްބަރު 2018 | ބުރާސްފަތި 13:13

މި އެވޯޑް ހަފްލާގައި ރާއްޖޭގެ ރިސޯޓުތަކަކުންނާއި ޓީއެމްއޭއިން ވެސް ވަނީ އެވޯޑް ހާސިލްކޮށްފައި

އަމަން ހަލީމް
އަމަން ހަލީމް | 27 ޑިސެމްބަރު 2018 | ބުރާސްފަތި 13:13
ރާއްޖޭގައި ފަތުރުވެރިންތަކެއް ފީނަނީ

ރާއްޖޭގައި ފަތުރުވެރިންތަކެއް ފީނަނީ

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވިދިވިދިގެން ތިން ވަނަ ފަހަރަށް ދުނިޔޭގެ ލީޑިން ޑައިވް ޑެސްޓިނޭޝަންއަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

ޕޯޗުގަލްގެ ލިސްބަންގެ ޕެޓިއޯ ޑަ ގާލޭގައި ބޭއްވި ހަފްލާގައި ރާއްޖެއަށް މި އެވޯޑު ލިބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 12 ގައުމަކާއި ވާދަކޮށްގެންނެވެ. މީގެ ތެރޭގައި މެކްސިކޯ، އޮސްޓްރޭލިއާ، ތައިލެންޑް، ފީޖީ އަދި މޮރިޝަސް ގައުމުތައް ހިމެނެއެވެ.

މި އެވޯޑް ހަފްލާގައި ރާއްޖޭގެ ރިސޯޓުތަކުން ވެސް ވަނީ ރަން ވަނަތަކެއް ހޯދާފައެވެ. ރާއްޖޭގެ ރިސޯޓުތަކުން ފަސް ކެޓަގަރީއަކުން އެވޯޑު ހޯދި އިރު ގިނައީ ކުރިން މި އެވޯޑް ހާސިލްކޮށްފައިވާ ރިސޯޓުތަކެވެ. އެގޮތުން ދުނިޔޭގެ ލީޑިންގް ލަކްޒަރީ އައިލެންޑް ރިސޯޓުގެ ލަގަބު ދިފާއުކުރީ ދަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓަށެވެ. ދުނިޔޭގެ ލީޑިންގް ހަނީމޫން ރިސޯޓުގެ ލަގަބު ލިބުނީ ޖުމެއިރާ ވިޓަވެލިއަށެވެ. ދުނިޔޭގެ ލީޑިންގް ލަކްޒަރީ އައިލެންޑްގެ ރިސޯޓުގެ ލަގަބު ލިބުނީ ޝެވަލް ބްލޯންކް ރަންދެލިއަށެވެ.

މީގެ އިތުރުން ސަން އަކުއާ ވިލުރީފްއިން ވަނީ ދުނިޔޭގެ ލީޑިންގް ވޯޓަރ ވިލާ ރިސޯޓުގެ ލަގަބު ޖެހިޖިހިގެން ތިންވަނަ ފަހަރަކަށް ދިފާއުކޮށްފައެވެ. އަދި ބަރޮސް މޯލްޑިވްސްއިން ދުނިޔޭގެ އެއްމެ ރޮމޭންޓިކް ރިސޯޓުގެ ލަގަބު ހަތަރު ވަނަ ފަހަރަކަށް ދިފާއުކޮށްފައެވެ.

އިތުރު އެވޯޑުތަކަށް ބަލާއިރު، 2012 ވަނަ އަހަރުން ފެށިގެން ހުޅުލޭ އައިލެންޑް ހޮޓެލްއިން ހޯދަމުން އައި ދުނިޔޭގެ ލީޑިންގް އެއަރޕޯޓު ރިސޯޓުގެ އެ ތަނުން ވަނީ ހަތް ވަނަ ފަހަރަކަށް ދިފާއުކޮށްފައެވެ. އަދި ރާއްޖޭގައި އޮޕަރޭޓް ކުރާ ޓީއެމްއޭއިން ވެސް ވަނީ މި ހަފްލާގައި ދުނިޔޭގެ ލީޑިންގެ ސީޕްލޭން އޮޕަރޭޓަރުކަން ދެވަނަ ފަހަރަކަށް ދިފާއުކޮށްފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރު، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ތައާރަފްކުރި އެވޯޑެކެވެ. މި އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ޓްރެވަލް އިންޑަސްޓްރީގައި މަސައްކަތް ކުރާ ތަޖުރިބާކާރުންނާއި މުޅި ދުނިޔެއަށް ހުޅުވާލެވިގެން ބޭއްވޭ އޮންލައިން ވޯޓުގެ ނަތީޖާ އެއްކޮށްލައިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2018

މުޅި ދުނިޔޭގެ އެންމެ އިންސްޓްގްރާމް ކުރަން ރީތި ތަނަކަށް އަނަންތަރާ ކިހަވައް!

17 އެޕްރީލު 2018
މުޅި ދުނިޔޭގެ އެންމެ އިންސްޓްގްރާމް ކުރަން ރީތި ތަނަކަށް އަނަންތަރާ ކިހަވައް!
14 މާރިޗު 2018

ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !

14 މާރިޗު 2018
ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !
13 ޑިސެމްބަރު 2017

ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ

13 ޑިސެމްބަރު 2017
ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ދުނިޔޭގެ ފާޑުކިޔުން އަމާޒުވެއްޖެ
03 ޑިސެމްބަރު 2017

ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ގައިސަރަށް!

03 ޑިސެމްބަރު 2017
ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ގައިސަރަށް!
29 ނޮވެމްބަރު 2017

ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮބައިލް ގޭމް ސްޓޯރެއް އޫރީދޫ އިން ތައާރަފުކޮށްފި

29 ނޮވެމްބަރު 2017
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮބައިލް ގޭމް ސްޓޯރެއް އޫރީދޫ އިން ތައާރަފުކޮށްފި
03 ނޮވެމްބަރު 2017

އައިފޯން 10 ދުނިޔޭގެ ބާޒާރަށްނެރި ވިއްކަން ފަށައިފި

03 ނޮވެމްބަރު 2017
އައިފޯން 10 ދުނިޔޭގެ ބާޒާރަށްނެރި ވިއްކަން ފަށައިފި
05 އޮކްޓޯބަރު 2017

!ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑެއް ނުވޭ

05 އޮކްޓޯބަރު 2017
!ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑެއް ނުވޭ
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
30 ޖޫން 2017

އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

30 ޖޫން 2017
އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި
12 ޖޫން 2017

ސަން އެކުއާ ޕަސިކުޑާއަށް ސްރީލަންކާގެ ލީޑިން ބީޗް ރިޒޯޓްގެ އެވޯޑް ލިބިއްޖެ

12 ޖޫން 2017
ސަން އެކުއާ ޕަސިކުޑާއަށް ސްރީލަންކާގެ ލީޑިން ބީޗް ރިޒޯޓްގެ އެވޯޑް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް