Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޓޫރިޒަމް ތަފާސް ހިސާބު

ޓޫރިސްޓް އެރައިވަލް: ޗައިނާ ފިޔަވައި އެހެން ބޮޑެތި މާކެޓްތަކުން ކުރިއެރުން

19 އޯގަސްޓު 2018 | އާދީއްތަ 13:58

ޗައިނާއިން ޖުލައި މަހުގެ ނިޔަލަށް އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 8.6 އިންސައްތަ ވަނީ ދަށްވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 19 އޯގަސްޓު 2018 | އާދީއްތަ 13:58
ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް

ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ 10 ޤައުމުގެ ތެރެއިން ޗައިނާ ފިޔަވައި އެހެން ޤައުމުތަކުން ފަތުރުވެރިން އައި މިންވަރު އިތުރުވެއްޖެއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 8.6 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާއި ހަމަޔަށް ޗައިނާއިން 175،771 ފަތުރުވެރިން އައިއިރު، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އައީ 160،639 ފަތުރުވެރިންނެވެ.

ޗައިނާ މާކެޓް ދަށަށް ދިޔަނަމަވެސް، އެންމެ ގިނައިން ފަތުރުވެރިން އަންނަ އަނެއް 9 މާކެޓުން ވަނީ ކުރިއެރުން ހޯދާފައެވެ. އެގޮތުން އިނގިރޭސިވިލާތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު އައި ފަތުރުވެރިންގެ އަދަދު 65،956 އަށް އަރާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޖަރުމަންވިލާތުންވެސް މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު 64،759 ފަތުރުވެރިން އައިއިރު، އެއީ މިދިޔަ އަހަރުގެ ފުރަތަމަ 7 މަސްދުވަހާއި އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެެއަށް އެއް ޤައުމަކުން އެންމެ ގިނަ ފަތުރުވެރިން މީގެ ކުރިން އައި ޤައުމުކަމަށްވާ އިޓަލީ ވިލާތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު އައިސްފައިވަނީ 61،016 މީހުންނެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ 7 މަސްދުވަހާއި އަޅާބަލާއިރު 18.7 އިންސައްތައިގެ ކުރިއެރުމެކެވެ.

އަވަށްޓެރި އިންޑިއާއިންވެސް ވަނީ މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު 9 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު އެޤައުމުން ރާއްޖެއަށް 46،776 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ޖެނުއަރީއިން ޖުލައިއަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ 5.5 އިންސައްތައެވެ.

ރަޝިޔާއިންވެސް 23 އިންސައްތައިގެ ކުރިއެރުމެއް ހޯދިއިރު ފަރަންސޭސީވިލާތުން ވަނީ 23.9 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި އެމެރިކާއިން އަންނަ ފަތުރުވެރިންގެ އަދަދު 11.5 އިންސައްތަ އަހަރުގެ ފުރަތަމަ 7 މަސްދުވަހު އިތުރުވިއިރު، ޖަޕާނުން އައި ފަތުރުވެރިންގެ އަދަދު އެމުއްދަތުގައި ވަނީ 2.6 އިންސައްތަ އިތުރުވެފައެވެ. އޮސްޓްރޭލިއާއިން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 40.6 އިންސައްތަ އިތުރުވެފައެވެ.

މިއަހަރުގެ ޖުލައިގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 848،847 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ 7 މަސްދުވަހާއި އަޅާބަލާއިރު 10.1 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި

15 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށައިފި
08 ސެޕްޓެމްބަރު 2017

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ

08 ސެޕްޓެމްބަރު 2017
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ އިތުރު މަންޒިލަކަށް ފަށަނީ
08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
12 ޖޫން 2017

ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ

12 ޖޫން 2017
ޗައިނާގެ ކުންމިން ފެއާގައި 86 ގައުމަކުން ބައިވެރިވޭ: އިކޮނަމިކް މިނިސްޓްރީ
17 އެޕްރީލު 2017

ޓޫރިސްޓް ވިސާއާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ނިންމައިފި

17 އެޕްރީލު 2017
ޓޫރިސްޓް ވިސާއާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަން ނިންމައިފި
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް