Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަންގައި ޝޯވ

"ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން"ގެ ޝޯވގައި ބައިވެރިވުމުގެ ފުރުޞަތު!

މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޖެނުއަރީ 2020 | ހޯމަ 08:25
ރާއްޖެ

ރާއްޖެ

ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯވ ގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޓުއަރިޒަމުން ހުޅުވާލައިފިއެވެ.

ފުރުޞަތު ހުޅުވާލާ އެމިނިސްޓްރީން ޢާންމުކޮށްފައިވާ އިޢުލާނުގައި ވަނީ ރާއްޖެ ފަތުރުވެރިމަންޒިލެއްގ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރިޔަށްގެންދާ ޝޯވް ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ފަންނާނުންނަށާއި، ރާއްޖޭގެ ރަށްތަކަށް ހުޅުވާލާކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި، ޝޯވް ގައި ބައިވެރިވުމަށް އެދޭ ފަންނާނުންނަށް ރާއްޖެއިން ބޭރުގައި މިނިސްޓްރީން ކުރިޔަށްގެންދާ އެކި ޙަރަކާތްތަކުގައްޔާއި، ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މިނިސްޓަރ ކުރައްވާ ދަތުރުފުޅުތަކުގައި ހުށަހެޅުމުގެ ފުރުޞަތު ވަކި އުޞޫލަކުން ދެމުން ގެންދާނެކަމަށެވެ.

މީގެ އިތުރުން ފަތުުރުވެރިކަން އިޝްތިހާރު ކުރުމަށް ރާއްޖޭގައި ބާއްވާ ޝޯވްތައް ހޮސްޓުކުރުމުގެ ފުރުޞަތު ރަށްރަށަށްވެސް ދޭން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މި ޝޯވ ގައި ބައިވެރިވާން ބޭނުންވާ ފަންނާނުންނާއި، ރަށްތަކަށް ޖެނުއަރީ 05 އަކުން ފެށިގެން 19 ވަނަ ދުވަހުގެ 14:00 ޖެހުމުގެ ކުރިން އެ މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ރަށްތަކުން ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯވ ހޯސްޓުކުރުމަށް ރަޖިސްޓްރީކުރާއިރު ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ދޭ ފޯމެއް ފުރަން ޖެހެއެވެ. މި ފޯމުގައި އެ ރަށެއްގެ ވަނަވަރުގެ އިތުރުން ޕްރޮޕޯސަލެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

"ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯވ" އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު މަންޒިލްތައް ސިންދަފާތުކޮށް، ދިވެހި ފަންނާނުންގެ ހުނަރުތަކާއެކު، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެ މިނިސްޓްރީން އިންތިޒާމުކޮށްގެން ސިލްސިލާކޮށް މިއަހަރުކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތެކެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
12 އެޕްރީލު 2017

ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

12 އެޕްރީލު 2017
ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
03 އެޕްރީލު 2017

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

03 އެޕްރީލު 2017
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު