Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވަން ޕްލަސް

ވަން ޕްލަސް 6 އޮފިޝަލްކޮށް ލޯންޗްކޮށްފި

ވަން ޕްލަސް 6 ގެ ސްކްރީނަކީ 6.28 އިންޗްގެ އެމޮލެޑް ޑިސްޕްލޭއެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 17 މެއި 2018 | ބުރާސްފަތި 11:47
ވަން ޕްލަސް 6

ވަން ޕްލަސް 6

ދުނިޔޭގެ ސްމާޓްފޯން މާކެޓްގެ އެންމެ ކުރީގައި ފައިތިލަ ސާބިތުކޮށްފައިވާ ޗައިނާގެ "ވަން ޕްލަސް" ކުންފުނިން އެ ކުންފުނީގެ އައު ފްލެގްޝިޕް ކަމަށްވާ "ވަން ޕްލަސް 6" އޮފިޝަލްކޮށް ލޯންޗްކޮށްފިއެވެ.

ވަން ޕްލަސް 6 ގެ ސްކްރީނަކީ 6.28 އިންޗްގެ އެމޮލެޑް ޑިސްޕްލޭއެކެވެ. މި ޑިސްޕްލޭއިން ފުލް އެޗްޑީ ޕްލަސްކޮށް 2280 X 1080 މަންޒަރު ފެންނާނެއެވެ.

މި ފޯންގެ އެންމެ ހާއްސަ ސިފައަކީ ފޯނުގެ ސްޕީޑެވެ. އެގޮތުން ފޯންގައި އަޅުވާފައިވާ ކުއަލްކޮމް ސްނެޕްޑްރެގަން 845 ޕްރޮސެސަރާއި އެޑްރެނޯ 635 ޖީޕީޔޫގެ ސަބަބުން ފޯން ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ހުއްޓުމެއްނެތި ފޯން ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން ވަން ޕްލަސްއިން ވަނީ ދީފައެވެ.

މި ފޯން ގަންނަ ފަރާތްތަކަށް 6 ޖީބީ ރެމް ނުވަތަ 8 ޖީބީ ރެމްގެ ވާރޝަން އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ހަމައެހެންމެ ވަން ޕްލަސްއިން ތިން ސްޓޯރޭޖް ރޭންޖެއް ބާޒާރަށް ނެރޭނެއެވެ. އެއީ 64 ޖީބީ އާއި 128 ޖީބީ އާއި 256 ޖީބީގެ ފޯންތަކެވެ.

ވަން ޕްލަސް 6 ގައި ފޭޝަލް ރިކޮގްނިޝަން އަދި ފިންގަރޕްރިންޓް އަންލޮކް ވެސް ހިމެނިފައިވެއެވެ. މީގެއިތުރުން އިންފިނިޓީ ޑިސްޕްލޭއެއް ހުންނައިރު ފޯނުގެ މޫނުމަތިން ޖާގަ ދެވިފައިވަނީ ސެންސަރު ތަކަށާއި ފްރޮންޓް ކެމެރާއަށް އެކަންޏެވެ. މި ޖާގަ ދިނުމުގެ ގޮތުން އައިފޯން 10 އެއްގައި ހުންނަ ވަރުގެ ނޮޗެއް މި ފޯންގެ ޑިސްޕްލޭގައި ވެސް ހުންނާނެއެވެ. މިފަހަރުގެ ފޯންގައި ވެސް ޔޫއެސްބީ ޓައިޕް ސީ ޕޯޓެއްގެ އިތުރުން ހެޑްފޯން ޖެކެއް ވެސް ހުންނާނެއެވެ.

ވަން ޕްލަސްގެ ފޯންތަކަކީ ވަރުގަދަ ކެމެރާތަކާއެކު ނެރޭ ފޯންތަކަށްވާއިރު ވަން ޕްލަސްގައި ވަންގެ ފްރޮންޓް އަދި ބެކް ކެމެރާއަކީ ވެސް މާކެޓުގައި ހުރި އެންމެ ކޮލިޓީ ކެމެރާތަކާއި ވާދަކުރާނެ ކެމެރާތަކެކެވެ. ފްރޮންޓް ކެމެރާއިން 2.0 އެޕާރޗާރ ގައި 20 މެގަޕިކްސެލްގެ ފޮޓޯ ނެގޭނެއެވެ. ފޯންގެ ފަހަތުގައި ޑުއަލް ކެމެރާ ހަރުކުރެވިފާއިރު އޭގެތެރެއިން އެއް ކެމެރާއަކީ 1.7 އެޕާރޗާރ ގައި 16 މެގަޕިކްސެލްގެ ފޮޓޯ ނެގޭނެ ކެމެރާއެކެވެ. ދެވަނަ ކެމެރާއިން ހަމަ އެ އެޕާރޗާރގައި 20 މެގަޕިކްސެލްގެ ފޮޓޯ ނެގޭނެއެވެ.

ވަން ޕްލަސްގެ ވަންގެ އެތެރޭގައި ވަނީ އެންޑްރޮއިޑް އޯރިއޯއަށް ބޭސްކޮށްފައިވާ އެ ކުންފުނީގެ އަމިއްލަ އޯއެސް ކަމަށްވާ އޮކްސިޖެން އޯއެސްއެވެ. ފޯންގެ ފަހަތުގައި އެއްކޮށް ހުންނާނީ ބިއްލޫރިއެވެ.

މިފަހަރު ފޯން ނެރުމަށް ހަމަޖެހިފައިވަނީ ތިން ކުލަ އަކުންނެވެ. އެއީ މިރާރ ބްލެކް އާއި މިޑްނައިޓް ބްލެކް އަދި ސިލްކް ވައިޓްއެވެ. ހަމައެހެންމެ އެ ކުންފުނިން ވަނީ މާވެލްއިން ނެރެފައިވާ ހިޓް ފިލްމް ކަމަށްވާ "އެވެންޖަރސް އިންފިނިޓީ ވޯ" އަށް ހާއްސަކޮށް އެވެންޖަރސް އެޑިޝަންގެ ފޯންތަކެއް ވެސް ނެރުމަށް ނިންމާފައެވެ.

މާކެޓުގައި މި ފޯންގެ އަގުތައް ފެށޭނީ 469 ޕައުންޑްއިންނެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި
29 މާރިޗު 2017

ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް ލޯންޗްކޮށްފި

29 މާރިޗު 2017
ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް ލޯންޗްކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު