Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހަމާސް އާއެކު ކުރެވުނު މަޝްވަރާތަކަކީ "އެއް ފަހަރުގެ" ކަމެއް: ރޫބިއޯ

މި މަޝްވަރާތަކުން މިހާތަނަށް އެއްވެސް ނަތީޖާއެއް ނުނިކުންނަކަން ވެސް ރޫބިއާ ވަނީ ފާހަގަ ކުރައްވާފައި. އެހެން ނަމަވެސް، އެކަން ކުރަން މަސައްކަތް ކުރުމަކީ ގޯސްކަމެއް ނޫން ކަމަށް ރުބިއޯ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2025 | އަންގާރަ 06:24
އެމެރިކާގެ ސްޓޭޓް އޮފް ސެކްރެޓަރީ މާކޯ ރޫބިއޯ، ދަތުރުފުޅެއްގައި ފުރާ ވަޑައިގެންނެވުމަށް ބޯޓަށް އަރާ ވަޑައިގަންނަވަނީ

އެމެރިކާގެ ސްޓޭޓް އޮފް ސެކްރެޓަރީ މާކޯ ރޫބިއޯ، ދަތުރުފުޅެއްގައި ފުރާ ވަޑައިގެންނެވުމަށް ބޯޓަށް އަރާ ވަޑައިގަންނަވަނީ

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހޮސްޓޭޖް އެންވޮއި އާއި ހަމާސްއާ ދެމެދު ކުރެވުނު މަޝްވަރާތަަކަކީ، "އެއް ފަހަރުގެ" ކަމެއް ކަމަށް އެމެރިކާގެ ސްޓޭޓް އޮފް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސްޕެޝަލް އެންވޮއި ފޯ ހޮސްޓޭޖް އެފެއާޒް އާދަމް ބޯލާ، ޤަތަރުގެ ވެރި ރަށް ދޯހާގައި ހަމާސްގެ މެމްބަރުންނާ ބައްދަލު ކުރައްވާފައިވެ އެވެ. އަދި އެއީ، އިސްރާއީލުން އެކަމާ ނުރުހުން ފާޅު ކޮށްފައި ވަނިކޮށް ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގައި މީޑިއާތަކާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، އެއީ ހަމައެކަނި އެއް ފަހަރުގެ ކަމެއްގެ ގޮތުގައި ކުރެވުނު މަސައްކަތެއް ކަމަށެވެ.

"އެއީ ހަމައެކަނި އެއްފަހަރުގެ ކަމެއް. ހޮސްޓޭޖުން ދޫކޮށްލުމަށް މަސައްކަތްކުރާ އަޅުގަނޑުމެންގެ އެންވޮއި އަށް، މި މީހުންގެ ކޮންޓްރޯލް އޮތް ބަޔަކާ ސީދާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނު. އެކަމަށް ހުއްދަ އާއި ހިތްވަރުވެސް ލިބުނު،" ރޫބިއޯ ވިދާޅުވި އެވެ.

މި މަޝްވަރާތަކުން މިހާތަނަށް އެއްވެސް ނަތީޖާއެއް ނުނިކުންނަކަން ވެސް ރޫބިއޯ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެހެން ނަމަވެސް، އެކަން ކުރަން މަސައްކަތް ކުރުމަކީ ގޯސްކަމެއް ނޫން ކަމަށް ރުބިއޯ ފާހަގަ ކުރެއްވި އެެވެ.

މީގެ ފަހުން މަޝްވަރާތައް ކުރިއަށް ގެންދާނީ ޓްރަމްޕްގެ ގާތް ރަހުމަތްތެރިޔާ އަދި މެދުއިރުމަތީގެ ސްޕެޝަލް އެންވޮއި ސްޓީވް ވިޓްކޮފް މެދުވެރިކޮށް ޤަތަރާ އެކު ކަމަށް ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ހަފުތާ ގައި ޓީވީ އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ޓްރަމްޕުގެ ޚާއްސަ އެންވޮއި ބޯލާ ވަނީ ފާޑު ކިޔުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.

އޭނާ ސީއެންއެން އަށް ވިދާޅުވެފައި ވަނީ، އިސްރާއީލްގެ ކަންބޮޑުވުން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެމެރިކާ އަކީ އިސްރާއީލްގެ އޭޖެންޓެއް ނޫންކަމަށާއި، އެމެރިކާގެ އަމިއްލަ މަސްލަހަތުތަކެއް އެބަހުރި ކަމަށެވެ. 

އިތުރަށް ކިޔާލަން

12 ޖުލައި 2017

އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު

12 ޖުލައި 2017
 އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު
10 ޖުލައި 2017

މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް

10 ޖުލައި 2017
މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް
21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު