Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރުގެ މައްސަލަ

އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު

ކައުންޓަރ ޓެރެރިޒަމަށް ފައިސާ ޚަރަދުކުރުން ހުއްޓުވުމަށް ވޮޝިންގޓަނާއެކު ސޮއިކުރި ގަލްފުގެ ފުރަތަމަ ގައުމަކީ ޤަތަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 12 ޖުލައި 2017 | ބުދަ 04:34
ކައުންޓަރ ޓެރެރިޒަމަށް ފައިސާ ޚަރަދުކުރުން ހުއްޓުވުމަށް ވޮޝިންގޓަނާއެކު ސޮއިކުރި ގަލްފުގެ ފުރަތަމަ ގައުމަކީ ޤަތަރު

ކައުންޓަރ ޓެރެރިޒަމަށް ފައިސާ ޚަރަދުކުރުން ހުއްޓުވުމަށް ވޮޝިންގޓަނާއެކު ސޮއިކުރި ގަލްފުގެ ފުރަތަމަ ގައުމަކީ ޤަތަރު

ޓެރެރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމަށް އެމެރިކާއާއެކު ޤަތަރުން އެއްބަސްވުމެއްގައި ސޮއި ކުރުމުން "ނުފުދޭ" ކަމަށް ޤަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އަރަބި ހަތަރު ގައުމުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނެފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރސަން ދޯހާއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާނު ކުރެވުނު އެއްބަސް ވުމަކީ ޓެރެރިޒަމަށް ވާގިވެރިވުން ހުއްޓާލުމަށް އެ ހަތަރު ގައުމުން މި ވޭތުވެދިޔަ ދުވަސްތަކުގައި ބާރު އަޅަމުންދިއަ ދިއުމުގެ ނަތީޖާ އެވެ.

ސައުދީ އަރަބިއްޔާ ބަހްރެއިން، މިސްރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިންދަނީ ޤަތަރުން ޓެރެރިޒަމަށް ފައިނޭސްކޮށް ވާގިވެރިވަމުންދާ ކަމަށް ތުހުމަތުކުރަމުންނެވެ. ޤަތަރުން ދަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

"މި ފިޔަވަޅަކީ އެކަށީގެންވާ މިންވަރެއް ނޫން" ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާ އެސްޕީއޭއިން އާއްމުކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޓެރެރިޒަމަށް ވާގިވެރިވުމާއި، ޓެރެރިސްޓުންނަށް އެގައުމުން ހިމާޔަތް ދިނުމާއި ހުރިހާ ގޮތަކުން ޓެރެރިސްޓުންނަށް ފައިސާ ޚަރަދު ކުރެވޭ ހުރިހާ ގޮތްތަކަކާ ދެކޮޅަށް އެ ގައުމުގެ އިދާރާތަކުން މަސައްކަތް ކުރަނީ ކިހާ ސީރިއަސްކަމާ އެކުތޯ ހަތަރު ގައުމުން ބަލަމުން ގެންދާނެ ކަމަށް ބުނެފައި ވެއެވެ.

ހަތަރު ގައުމުން ޤަތަރަށް ހުށަހަޅާފައިވާ ޑިމާންޑްތައް ފުރިހަމަ ކުރަން އެއްބަސްވަންދެން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކުރިޔަށް ގެންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެ ޑިމާންޑްތަކުގެ ތެރޭގައި ޓެރެރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމާއި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތް ގާއިމްކުރުން ހިމެނެއެވެ.

ޖޫން މަހުގެ 5 ވަނަ ދުވަހު ހަތަރު ގައުމުން ޤަތަރާ ގުޅުން ކަނޑާލާފައި ވަނީ އެ ގައުމުން ޓެރެރިޒަމަށް ވާގިވެރިވާ ކަމަށް ތުހުމަތުކޮށް އީރާނާ އެކު ގާތް ގުޅުން އޮންނާތީ އެވެ. ޓެރެރިޒަމާ ބެހޭ ގޮތުން ކުރާ ތުހުމަތު ގަތަރުން ދޮގުކުރެއެވެ.

ސައުދީ އިސްވެ އޮވެ ޖޫން މަހުގެ 22 ވަނަ ދުވަހު ޤަތަރަށް ހުށަހެޅި 13 ޑިމާންޑަށް އެ ގައުމުންވަނީ ދެކޮޅު ހަދާފައެވެ. އެ ޑިމާންޑްތަކުގެ ތެރޭގައި އަލްޖަޒީރާ ބަންދު ކުރުމާއި، އިރާނާއެކު އޮންނަ ގުޅުން ކުޑަ ކުރުމާއި ދޯހާގައި އޮންނަ ތުރުކީގެ އަސްކަރީ ބޭސް ބަންދުކުރުން ހިމެނެއެވެ.

ދޯހާގައި އަންގާރަ ދުވަހު ޤަތަރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ފަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރސަން އާއި ޤަތަރުގެ ފޮރިން މިނިސްޓަރ ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލްޘާނީ ވަނީ "ޓެރެރިޒަމަށް ފައިނޭންސްކުރުމަށް" އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކުރެއްވިކަން އިއުލާނުކުރައްވާފައެވެ.

ދެ ބޭފުޅުން ގުޅިވަޑައިގެން ދޯހާގައޮ ބޭއްވި ނޫސްކޮންފަރެންސްގައި ޓިލަރސަން ވިދާޅުވީ އެއްބަސްވުން ބިނާކޮށްފައިވާނީ މެއި މަހު ބޭއްވުނު ރިޔާޟް ސަމިޓްގައި އެއްބަސްވެވުނު ގޮތަށް ދުނިޔެއިން ޓެރެރިޒަމް ފޮހެލުމަށް ކަމަށެވެ.

ޓިލަރސަން ވިދާޅުވީ ޓެރެރިޒަމަށް ފައިސާ ޚަރަދުކުރާ ފަރާތްތައް ހޯދުމަށް ޤަތަރާއި އެމެރިކާއިން ގުޅިގެން އިތުރަށް މަސައްކަތް ކޮށް އަދި ސަރަހައްދުގެ ސަލާމަތާއި ގައުމުގެ ސަލާމަތަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ޤަތަރުގެ ފޮރިން މިނިސްޓަރ ޝެއިޚް މުހައްމަދު ވިދާޅުވީ ކައުންޓަރ ޓެރެރިޒަމަށް ފައިސާ ޚަރަދުކުރުން ހުއްޓުވުމަށް ވޮޝިންގޓަނާ އެކު އެ ސަރަހައްދުން ފުރަތަމަ ސޮއިކުރި ގައުމަކީ ޤަތަރު ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔޫއޭއީގެ މައްސަލަ ހިފައިގެން ގަތަރުން އދގެ ކޯޓަށް

ޔޫއޭއީގެ މައްސަލަ ހިފައިގެން ގަތަރުން އދގެ ކޯޓަށް

12 ޖޫން 2018
ތައިފޫން ފައިޓަރ ޖެޓް ގަތުމަށް ގަތަރުން އިނގިރޭސިންނާއެކު 8 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް

ތައިފޫން ފައިޓަރ ޖެޓް ގަތުމަށް ގަތަރުން އިނގިރޭސިންނާއެކު 8 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް

11 ޑިސެމްބަރު 2017
ގަތަރުން އިރާނާ އެކު އޮންނަ ގުޅުން އަލުން ފުރިހަމައަށް ގާއިމުކޮށްފި

ގަތަރުން އިރާނާ އެކު އޮންނަ ގުޅުން އަލުން ފުރިހަމައަށް ގާއިމުކޮށްފި

25 އޯގަސްޓު 2017
ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނެރުނު އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ސިފަކޮށްފި

ގަތަރާއި ގުޅުން ކަނޑާލި ބައެއް ގައުމުތަކުން ނެރުނު އާ ބްލެކްލިސްޓަކީ "ހިތާމަވެރި ހައިރާންކަމެއް" ކަމަށް ގަތަރުން ސިފަކޮށްފި

27 ޖުލައި 2017
އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

24 ޖުލައި 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު