Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަމާސްގެ ކޮމާންޑަރު މަރާލުން

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

މާޒިން ފަޤްހާ މަރާލީ މާޗް މަހުގެ 24 ވަނަ ދުވަހު ޣައްޒާގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 16:30
ހަމާސްއިން ބުނި ގޮތުގައި ފަޤްހާގެ ބޮލަށް ހަތަރުފަހަރަށް ބަޑި ޖަހާފައިވަނީ އަޑު ނީވޭ ބަޑިއަކުން

ހަމާސްއިން ބުނި ގޮތުގައި ފަޤްހާގެ ބޮލަށް ހަތަރުފަހަރަށް ބަޑި ޖަހާފައިވަނީ އަޑު ނީވޭ ބަޑިއަކުން

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން އާދީއްތަ ދުވަހު މަރުގެ ހުކުމް އިއްވައިފިއެވެ.

ހަތަރު ދުވަހުގެ ޝަރީއަތަށް ފަހު އަސްކަރީ ކޯޓުން ކުރިއިރު ދެ މީހެއްގެ މައްޗަށް ހުކުމް ކުރީ ދަންޖައްސައިގެން މަރުގެ އަދަބު ދިނުމަށެވެ. ތިން ވަނަ މީހާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ބަޑި ޖަހައިގެން މެރުމަށެވެ.

ހަމާސްގެ ކޮމާންޑަރ މާޒިން ފަޤްހާ މާޗް މަހުގެ 24 ވަނަ ދުވަހު ޣައްޒާގައި މާރާލުން ވެގެން ގޮސްފައިވަނީ ހަމާސް އަށް ޝޮކެއް ލިބިގެން ދިޔަކަމަކަށެވެ.

މާޒިންގެ މަރުގެ ތުހުމަތު ހަމާސްއިން އިސްރާލުގެ މައްޗަށް ކުރާއިރު މި ހާދިސާ ވެގެން ގޮސްފައި ވަނީ ފަލަސްތީ އިސްރާއީލާ ދެމެދު އަނެއްކާ ވެސް ހަމަނުޖެހުންތަކުގެ އިތުރު ބުރެއް ފެށިގެން ދިއުމުގެ ފުރުސަތު ބޮޑުވެގެން ދިޔަކަމަކަށެވެ.

އާދީއްތަ ދުވަހު އިއްވި ހުކުމުގައި އުމުރުން 38 އަހަރުގެ އަޝްރަފް އަބޫ ލީލާގެ މައްޗަށް އިއްވާފައިވަނީ ދަންޖައްސާ ހުކުމް ކުރުމަށެވެ.

ދަންޖައްސައިގެން މެރުމަށް ހުކުމް އިއްވުނު އެކަކު އެނގިފައިވަނީ އުމުރުން 44 އަހަރުގެ ހިޝާމް އޭ ގެ ގޮތުގައެވެ. އަދި ބަޑި ޖަހައިގެން މެރުމަށް ހުކުމް އިއްވުނު މީހާ އެނގިފައިވަނީ އަބްދުﷲ އެން ގެ ގޮތުގައެވެ.

އެ މީހުންގެ މައްޗަށް ސާބިތުވެފައި ވަނީ އިސްރާއީލާ ގުޅިގެން ޖަރީމާ ހިންގިކަމަށެވެ.

ފަޤްހާގެ މައްޗަށް ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަމާސްގެ އަސްކަރީ ގޮފިން ސެލްތައް އުފައްދިކަމުގެ ތުހުމަތު ކުރެވިފައެވެ. އަހަރު ތަކެއްވަންދެން ޖަލުގައި ގެންގުޅުމަށްފަހު ޣައްޒާ ސިޓީއަށް އޭނާ ދޫކޮށްލާފައިވަނީ 2011 ވަނަ އަހަރު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ހަމާސްއިން ބުނި ގޮތުގައި ފަޤްހާގެ ބޮލަށް ހަތަރުފަހަރަށް ބަޑި ޖަހާފައި ވަނީ އަޑު ނީވޭ ބަޑިއަކުންނެވެ.

ހަމާސްގެ އަސްކަރީ ކޯޓުގެ ވެރިޔާ ސުލައިމާން އަވާދު ބުނީ އެ ހުކުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެ ނިންމުން އިސްތިއުނާފް ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި

01 މާރިޗު 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

28 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު