Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މަޖިލިސް މެމްބަރުން އެވަރަށް ތިރިވީމާ އޭސީސީ ރައީސް ހާޒިރެއް ވެސް ނުކުރެވޭނެ: މައުރޫފް

މަޖިލިސް މެމްބަރު އަޒާން މިހާރު ހުންނަނީ ބާކީކޮށްލައިފައި

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 10 މާރިޗު 2025 | ހޯމަ 20:54
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މިނިވަން މުޢައްސަސާތަކުގެ މެމްބަރުން ޖަވާބުދާރީކުރުވަން އޮތްތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވިޔަސް ގޮނޑިގެއްލޭ އިސްލާހާ ގުޅިގެން މަޖިލިސް މެމްބަރުން އެވަރަށް ތިރިވެވަޑައިގެން ތިއްބެވީމާ މަޖިލީހަށް ވެސް އޭސީސީގެ ރައީސް ހާޒިރުކޮށް ޖަވާބުދާރީކުރުވަން ޕީއެންސީ މެމްބަރުން ފުރުޞަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ. މައުރޫފު އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މައުރޫފު ވިދާޅުވީ އޭސީސީގެ ރައީސް މިހާރު ސިޔާސީ ނުފޫޒުގައި ހުރެގެން އެކުރެއްވީ ކޮންކަމެއްކަން އެންމެނަށް އެނގޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ ޖަވާބުދާރީކުރުވަން މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުކޮށްގެން ވެސް ޖަވާބުދާރީކުރުވުމަށް މަޖިލީހުގައި ތިއްބެވި ޕީއެންސީ މެމްބަރުން ހުރަސްއަޅުއްވާނީ ގޮނޑިގެއްލުވާލަފާނެ ކަމުގެ ބިރަށް ކަމަށް ވިދާޅުވިއެވެ.

ޤާނޫނު އަސާސީއަށް މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭނެ ގޮތްކަމަށް ބުނެ ފަހުން މިގެނެވުނު އިސްލާހު ޤާނޫނު އަސާސީއަށް ގެނައިނަމަވެސް އަދި އޭގެދަށުން ހަދަންޖެހޭ ޤާނޫނެއް ވެސް އޮއްވާ މަޖިލީހުގައި ތިއްބެވި ޕީއެންސީ މެމްބަރުން އެހާވަރަށް ތިރިވެވަޑައިގެން ކުޑަކަކޫ ޖައްސަވަން އަދި ނުޖެހޭ ކަމަށް މައުރޫފު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީ މެމްބަރުން އެމްޑީޕީ މެމްބަރުންނާ ދައްކަނީ ކޮންވާހަކަތަކެއްތޯ ވެސް އަހާ ކަމަށާ ، މެމްބަރުންގެ ފޯނު ބަލާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް މައުރޫފު ވިދާޅުވިއެވެ. އަދި އެމްޑީޕީ މެމްބަރުންނާ ވާހަކަދައްކާ ޕީއެންސީގެ މެމްބަރުން ތަޅުމުގައި ބާކީކުރަން ފަށައިފި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ މަޖިލީހުގެ މެމްބަރު އަޒާނާމެދު މިހާރު ކަންތައްކުރަނީ އެގޮތަށް ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު