Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާ

ރާއްޖޭގައި މިވަގުތު މިއޮތީ އެއްވެސް މިނިވަންކަމެއް ނެތް ދިމްޔާތުގެ މަޖިލީހެއް: ރައީސް ޔާމީން

ރާއްޖޭގައި މިވަގުތު މިއޮތީ އެއްވެސް މިނިވަން ކަމެއް ނެތް، ރައްޔިތުން ތަމްސީލު ނުކުރެވޭ، މަޖިލީހެއް ކަމަށް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 7 މާރިޗު 2025 | ހުކުރު 06:17
ޕީއެންއެފް ފްރޮންޓް ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ޕީއެންއެފް ފްރޮންޓް ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި މިވަގުތު މިއޮތީ އެއްވެސް މިނިވަން ކަމެއް ނެތް، ރައްޔިތުން ތަމްސީލު ނުކުރެވޭ ދިމްޔާތުގެ މަޖިލީހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ މި ސަރުކާރުން ކޯޓުތަކަށް އަތްބާނައި ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުންދާތީ، އެކަމަށް އިޝާރާތް ކުރައްވާ ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ގައުމުގައި ބަޔަކު ޤުރުބާނީތަކެއް ވެގެން ޤާނޫނުތަކެއް ހަދާފައި ވަނީ ވަރަށް މަތިވެރި މަޤްސަދެއްގައި ތިންބާރު ވަކިވާނޭ ގޮތަށް ކަމަށެވެ.

އަދި އެ ތިން ބާރު ވަކިވެގެން އަންނައިރު، އެ ތިންބާރު ގައި ވެސް ތިއްބަވާނީ ވަރަށް ތަހުޒީބު ބައެއް ކަމަށާއި އެގޮތުން ތިންބާރުގެ ތެރެއިން އެއްބާރު އަނެއްބާރަށް ނުފޫޒު ނުފޯރުވޭ ގޮތަށާއި އެއްބާރު އަނެއް ބާރަށް ނުފޫޒު ފޯރުވައިފި ނަމަ ފިޔަވަޅުވެއް އެޅޭނެ ގޮތަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެން ނަމަވެސް ރާއްޖޭގެ ޤާނޫނު އަސާސީ ފަރުމާކުރިއިރުގައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ހުރިހާ ބާރުތަކެއް ދޫކޮށްލާފައި ކަމަށެވެ.

މި ގަމުގައި ޤާނޫނުތަކެއް ހަދާފައި ވަނީ ބަޔަކު ޤުރުބާނީތަކެއް ވެގެން ވަރަށް މަތިވެރި މަޤްސަދެއްގަ. ތިންބާރު ވަކިވާ ގޮތަށް. އަދި އެ ތިން ބާރުވަކިވެގެން އަންނައިރު، އެ ތިންބާރުގައިވެސް ތިއްބަވާނީ ވަރަށް ތަހުޒީބު ބައެއް. އެއްބާރު އަނެއްބާރުގެ ތެރެއަށް ނުފޫޒު ނުފޯރުވޭ ގޮތަކަށް. އެއްބާރު އަނެއްބާރަށް ނުފޫޒު ފޯރުވައިފި ނަމަ ފިޔަވަޅުވެއް އެޅޭނެ ގޮތަށް.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޖުޑިޝަރީގެ ބާރާއި ޖުޑީޝަރީ ހޮވުމާއި ޖުޑިޝަރީ ވަކިކުރުން ފަދަ ހުރިހާ ބާރެއް ދީފައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އެއްވެސް ކަހަލަ މިނިވަންކަމެއް، އެއްވެސް ގޮތަކަށް ރައްޔިތުން ތަމްސީލުކޮށްދިނުމެއް އޮންނަ މަޖިލީހެއް ނޫން ކަމަށެވެ.

އަދި މިވަގުތު ރާއްޖޭގައި މިއޮތީ ދިމްޔާތުގެ މަޖިލީހެއް ކަމަށާއި މަތިގެއަކީ ދިމްޔާތު ކަމަށާއި އަދި ދަށުގެއަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރު މި ނުކުންނަ މައްސަލަތަކަކީ މިފަދައިން ކަންކަން ވެގެން ދިއުމުން ނުކުން މައްސަލަތައް ކަމަށް ވެސް ޔާމީން ވިދަޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު